ޚަބަރު / ލޯކަލް އިންތިހާބު

އަދާލަތާއި އެމްޑީޕީގެ ނިންމުން ތަފާތު: ފައިދާ އާއި ގެއްލުން!

އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.--ފޮޓޯ:އަދާލަތު ޕާޓީ

ކުޑަ ޕާޓީއަކުން އިންތިހާބު ބޮއިކޮޓްކޮށްގެން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިއީ، އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ލޯކަލް ކައުންސިލް އިންތިހާބު އަދާލަތު ޕާޓީން ބޮއިކޮޓްކުރުމުން އެ ޕާޓީ އަށް އަމާޒު ކުރި ފާޑުކިއުމެވެ.

އަދާލަތުގެ ރައްދަކީ މިއެވެ؛ "ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، ގާނޫނުއަސާސީއާ ހިލާފަށް ހިންގާ ޖަރީމާއެއްގައި ބައިވެރިވުމަކީ ބޭއިންސާފަށް ތާއީދުކުރުމެ"ވެ. އެކަން ކުރަން އެ ޕާޓީން ތައްޔާރެއް ނޫނެވެ.

އަދާލަތުން ކުރިން ނިންމާފައި އޮތީ، އެ ޕާޓީން ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ)އާ ގުޅިގެން އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށެވެ. އެކަމަކު އަދާލަތުގެ ވިސްނުން ބަދަލުކޮށް އިންތިހާބުގައި ވާދަނުކުރަން ނިންމި އިރު، އެމްޑީޕީގެ ހިޔާލު މުޅިން ތަފާތެވެ. އެކަމަކު އަދާލަތު ޕާޓީ ނިންމުން ގޯސް ކަމަށް ވެސް އެ ޕާޓީން ނުދެކެ އެވެ.

އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކޯލިޝަންގައި އޮވެ، އެ ޕާޓީން ނިންމީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު އެ ނިންމުން ނިންމީ، ގައުމާއި ރައްޔިތުންގެ ހައްގުގައި، މުސްތަގުބަލަށް ވިސްނުމަށް ފަހު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އަދާލަތު ޕާޓީގެ މި ނިންމުމާ ހެދި އެމްޑީޕީ ތެރޭގައި ވެސް ހިޔާލުތައް ވަނީ ދެކަފި ވެފަ އެވެ. އަދާލަތުގެ ނިންމުމަށް ތާއީދުކޮށް އެއް ބަޔަކު އިންތިހާބުގައި ބައިވެރި ނުވާން ތިބި އިރު އަނެއް ބައެއްގެ ވިސްނުން ހުރީ އިންތިހާބުގައި ބައިވެރިވުމަށެވެ.

"އަދާލަތުން ނިންމީ ހިތްވަރު ގަދަ ނިންމުމެއް. ރައްޔިތުންނަށް ގެއްލުން ބޮޑު މި އިންތިހާބު ބޮއިކޮޓްކުރަންވީ،" އަދާލަތުގެ ނިންމުމަށް ތާއީދުކުރި އެމްޑީީޕީގެ އިސް އެކްޓިވިސްޓަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.

ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ލިބެން އޮތީ ކައުންސިލް އިންތިހާބަށް ކޮށްފައިވާ ގާނޫނާ ހިލާފު ހުރިހާ ކަމަކަށް ނޫނެކޭ ބުނެގެން ކަމަށް އަދާލަތުން ދެކޭ އިރު، އެމްޑީޕީގެ ވިސްނުމަކީ ކިތަންމެ ހަނި ފުރުސަތެއް ލިބުނަސް އިންތިހާބުގައި ވާދަކުރުމެވެ. ޑިމޮކްރަސީގައި އިންތިހާބަކީ އެންމެ މުހިއްމު އަސާސް ކަމަށް ވާއިރު އެ ފުރުސަތު ދޫކޮށްލުން ބުއްދިވެރި ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވާ ހުރިހާ ގޮތަކަށް އިންތިހާބު ގެންދިޔަސް ވޯޓުން ބަލިކުރެވޭނެ އެވެ. އެ ހައްގު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓުލަނީ ލޯ ކުރިމަތީގައި، ވޯޓު ގުނަނީ ލޯ ކުރިމަތީގައި. އެހެންވީމަ މި ހަނި ޖާގައިގެ ތެރޭގައި ވެސް އެންމެން ނިކުމެ ވޯޓުލުން ވަރަށް މުހިއްމު،" އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ދެކޭ ގޮތުގައި، ގާނޫނުއަސާސީގައި ބުނާ އިންތިހާބު ރައްޔިތުންނަށް ފޯރުކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ އިހުމާލުވެފަ އެވެ. ފުރަތަމަ އިއުލާންކުރި އިންތިހާބު ބާތިލްކޮށް، އާ އިންތިހާބެއް އިއުލާންކޮށްފައި ވަނީ ގާނޫނީ އިމުން ބޭރުގައި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މީގެ ސަބަބަކީ، އެ ޕާޓީން ބުނެފައިވާ ގޮތުގައި، ވެރިކަން ކުރާ ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކޮށްދިނުމެވެ. އިންތިހާބުގެ މާ ކުރިން، މުއައްސަސާތައް މެދުވެރިކޮށް އިންތިހާބު ކާމިޔާބުކުރާނެ ސިއްރުތަކާއި އުކުޅުތައް އެ ޕާޓީ އަށް އޮތީީ އެނގިފައި ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ހުރިހާ މުއައްސަސާތައް ބޭނުންކޮށްގެން އިންތިހާބުގެ ހައްގު ނިގުޅައިގަނެ، އިންތިހާބުގެ ނަމުގައި ކުރިއަށް ގެންދާ ކަންތައްގަނޑެއްގައި ބައިވެރިވުމަކީ ގާނޫނާ ހިލާފަށް ހިންގާ ކަމަކަށް އެއްބާރުލުން ދިނުން ކަމަށެވެ. މަކަރާއި ހީލަތް ހަދައިގެން ވެސް އިންތިހާބު ކާމިޔާބުކުރަން ކުރެވެން އޮތް ކަމެއް ކުރާނެ ކަން އެނގި ތިބެ، އިންތިހާބުގައި ބައިވެރިވުމަކީ ރައްޔިތުންގެ ހައްގަކަށް އަރައިގަތުން ކަމަށް ވެސް ކަމަށް އެ ޕާޓީން ދެކެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރިއަސް އިންތިހާބު ތާރީހު ވެސް ކަނޑައެޅީ ސަރުކާރުންނެވެ. އިންތިހާބާ ގުޅިގެން ފުރިހަމަކުރަން ގާނޫނުގައި ކަނޑައަޅާފައި ހުރި ހުރިހާ ކަމެއް ވެސް ސަރުކާރު ބޭނުންވާ ގޮތަށް ކުރިއަށް ގެންދާއިރު އިންތިހާބުގެ ނަތީޖާ ވެސް ފެންނާނީ އެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހާލަތު މިހެން އޮވެ އިންތިހާބުގައި ބައިވެރިވެއްޖެ ނަމަ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވެސް ވަރަށް ނުބައި މެސެޖެއް ބައިނަލްއަގުވާމީ ދުނިޔެ އަށް އެ ދެވެނީ. ހަގީގަތް މުޅިން އޮޅުވާ ލެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ޕާޓީތައް ބައިވެރިވެގެން ނުކުންނަ ނަތީޖާއާ ހެދި ދިވެހި ރައްޔިތުންގެ ހިތްވަރުގެއްލި، މުޅިން މާޔޫސްވާނެ އެވެ.

30 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 7%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން

14 January 2017

އަދާލަުގެ ވިސްނުން އެހާގޯސް ނުން. ޔަޤީނުން އެނގޭއެއްޗެކީ އިންސާފުވެރި އިންތިޚާބެއް ނޯންނާނެކަން. ޕޕ ބާރުބޭނުން ކޮށްގެންގެން ވޯޓްތައް ކާމިޔާބުކުރަން ދޫކޮށްލުން ހަމަބުއްދިވެރި.

The name is already taken The name is available. Register?

ޢަހުމަދު

13 January 2017

ޢަޅުގަޑަކީ އެމްޑީޕީގެ އެކުޓިވެސްޓެއް. ޕާޓީގެލީޑަރ ޝިޕަށް ވަރަށް ސަލާން ތިބޭފުޅުން ތިގޮތަށް 2013 ވަނައަހަރު ވެސް ބުނިނުންތޯ. ފަހުވަގުތު ކޯޓުމެދުވެރި ވެގެން ނުންތޯ އިންތިހާބު އެބޭފުޅުން ކާމިޔާބުކުރީ މިފަހަރުވެސް ބަލަން ތިބޭ އިންތިހާބުގެ %95 ޕީޕީޢެމް އިން ކާމިޔާބު ކުރާނެ. އެމްޑީޕީ ގެލީޑަރ ޝިޕުގައި ހަރުދަނާ ވިސްނުމެއް ނެތުމުން ޤަވްމު މިއަދަވަޅަށް މިވެއްޓުނީ. އަދާލަތުގެ ވިސްނުމަށް މަރުހަބާ.

The name is already taken The name is available. Register?

އަލީ

13 January 2017

ޓަކާ ޓަކާ ގްރޫޕް ހޭލައިފި. މުޅި ރާއްޖޭގެ ހުރިހާއެއްމެން މަސައްކަތް ހުއްޓާފަ އަޑުއަހާ އެވެރިން ދައްކާ ވާހަކަ ތަކައް. އެއީ ގައުމުގެ އޯނަރުން. ހެހެހެ..

The name is already taken The name is available. Register?

ހަނިއްކެ

12 January 2017

އަދާލަތުގެ ނިންމުން ރަނގަޅު. މިކަމުން ހުރިހާ މޮޅެއް ސަރުކާރަށް. މީތި ވިން ވާނީ ސަރުކާރަށް. ބޯގޯސް އަދާލަތު

The name is already taken The name is available. Register?

ހަޑިގިއްލާ

12 January 2017

އިލެކްޝަންކޮމިޝަނުން ބާއްވާ އިންތިހާބެއްގައި ބައިވެރިވާން ރަނގަޅު، އެކަމަކު ޕީޕީއެމުން އިލެކްޝަންކޮމިޝަން ލައްވާ މިހާރު ބާއްވަންއުޅޭ އިންތިހާބުގައި ބައިވެރިވާކަށް ނުފެނޭ! އަދާލަތުގެ ނިންމުމަށް ތާއީދު....

The name is already taken The name is available. Register?

އާދަން ހުސެން

12 January 2017

ހުރިހާ ގޮތަކަށް ބެލިޔަސް އަދާލަތުގެ ނިންމުން ރަގަޅު. އިންތިޚާބު ރަގަޅު ގޮތުގަ ނުހިންގާ ކަމުގަ ގަބޫލު ކުރަމުން އެ އިންތިޚާބުގަ ބައިވެރިވުމަކީ ދެއްކިވާހަކަ ތެދުނޫންކަމުގަ ބުނުން ނުވަތަ ދައްކާވާހަކަ ތާކުންތާކު ނުޖެހޭކަން ދޭހަވާނެ ކަމެއް. އިންތިޚާބު ހިންގުމުގަ ގާނޫނުތަކާ، ގަވާއިދުތަކާ އެހެނިހެން އުސޫލުތަކާ ޚިލާފަށް ވަކިބައެއްގެ އަމިއްލަ މަސްލަހަތައް ތަންދޭގޮތައް ހިންގަން ރާވާ އިންތިޚާބެއްގަ އެގޮތް ގޯސްކަމުގަ ބުނާބަޔަކު ބައިވެރި ނުވުމުން އެދެވެނީ ވަރަށް ބާރުގަދަ މެސެޖެއް. އިދިކޮޅު އިއްތިހާދުގެ އެކަކުވެސް ނުނެރި ދޫކޮށްލިނަމަ ޕީޕީއެމް މީހުން ހުރިހާ ގޮނޑިޔަކަށް އަރާނެ އެހެން ނަމަވެސް މުޅި ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޚީގަ އޮތީހީ މިވާހަކަ. އޭރުން އިތުރު ކުރިއެރުމެއް ލިބޭނެ މިތަނުގަ ހަމަޔާ ލަމަ ނެތްވަރު ބުނެދިނުމަށް. އަމިއްލަ އެދުން ކުރިޔަށް ނެރުމުން މަސްލަހަތު ރަގަޅުވާނެ ކަަމުގަ ނުދެކި މަސައްކަތް ކުރުން މުހިންމު. ސާބަސް އަދާލަތު ޕާޓީ އަށް

The name is already taken The name is available. Register?

އަލީ

12 January 2017

އިދިކޮޅު ހުރިހާ ފަރާތަކުން ތިއިންތިހާބު ބައިކޮޓުކުރުމަކީ އެއްގޮތަކައްވެސް ބުއްދިވެރިކަމެއްނޫން. ކޮންމެ ގޮތަކައްވެސް ކަންކަން ގެންގޮއްސާނެކަން ދެނެތިބެ ތިއިންތިހާބުގަ ބައިވެރިވާންޖެހޭ އޭރުން އެކުރާކަމެއްވެސް އެގޭނީ އަދި ދެންއަންނަ މިއައްވުރެ މުހިންމު އިންތިހާބުތަކުގަ އެކަންކަން ހައްލުކުރެވޭނެ ގޮތެއް އޮތްތޯބެލޭނީވެސް. ތިކައުންސިލްތަކައް ހޮވޭ ހުރިހާ އެންމެންނަކީ ސަރުކާރުފަޅިންހޮވޭބަޔަކައްވެއްޖެނަމަ ދެންވެދާނެ ގޮތެއްހަމަ ވިސްނާލަންވެސް ނޭގެ. މިވެނިކަމެއް އެވެނިކަމެއް ދެންނިންމާނީ ކައުންސިލުންކަމައްފާސްކޮއް ގާނޫނާ ގަވާއިދުގެ ތެރޭންކަމައްދައްކާ މިހާރުއެހެންކަންކަން ކުރާއުސޫލުން ކޮންމެފަދަ ކަމެއްކުރުމައްވެސް ދެވޭ އިތުރު ފުރުސަތަކައް ވާނީ.

The name is already taken The name is available. Register?

ފުނޯސް

12 January 2017

އަދާލަތު ޕާޓީގެ މި ނިންމުން ރަގަޅު އަދި ތާއިދުވެސް ކުރަން. އެމްޑީޕީ ގެ ވިސްނުން ބަދަލް ކުރަންޖެހޭ. މިކައުންސިލް އިންތިޚާބުގަ ވޯޓެއް ނުލާނަން.

The name is already taken The name is available. Register?

އިންތިޚާބު

12 January 2017

އަދާލަތުގެ ނިންމުން ބަރާބަރު. ޝިފާޒު މެންނަށް ހީވާހަކަލަ މިއީ ފުރުޞަތެކޭ. ނޫން އެއަށްވުރެ މާ ވަރުގަދައަށް ރާވާ ނިންމާފަ އިންތިޚާބަށް އިޢުލާން އެ ކުރީ. ދެން މިހާރު އޮންނާނީ ވޯޓްލާ މީހުންގެ ދަފްތަރު ގަޑުބަޑުކޮށް، ރީރަޖިސްޓަރީ ވެސް ގަޑުބަޑުކޮށްފަ. އެ ހިސާބުން ލޯކުރިމަތީ ވޯޓް ގުނިޔަސް އެމްޑީޕީއަށް ލިބޭނީ ހަމަ ލަޑު. ގިނަ މީހުންނަށް ވޯޓް ނުލެވޭނެ. އަދި ހުރިހާ ކުންފުނި ތަކުގެ މުވައްޒަފުންނާއި ޢާއިލާތަކުން ވޯޓް ކަރުދާހުގައި އެމީހުންގެ ސޮއިކުރާނެ. އެއީ ޕީޕީއެމް ގެ މީހުންނަށް ވޯޓް ދިން ކަން ޔަޤީންކޮށްދިނުމަށް. އެހެންނޫނީ އެ މީހެއް ގެ ވަޒީފާގެއްލޭނެ. މިފަދަ ގޮތަކަށް ހިންގާ އިންތިޚާބަކުން ސާފު ނަތީޖާއެއް ނުފެންނާނެ. އެހެންވީމާ އަދާލަތަށް ހަމަ ސާބަސްދެން. ޝިފާޒަށް ހަމަ ނުވިސްނެނީ. ނޫނީ ނަޝީދު ވަނީ މުޅިން ބަދެފައި.

The name is already taken The name is available. Register?

އެމްއޯޔޫ

12 January 2017

އެމްއޯޔޫ އަށް އެންމެ ފައިދާ ވާނީ މި އިންތިޚާބު ގައި ބައިވެރި ނުވުން. އޭރުން ކަތީބުން ލާހެން އަމިއްލަ ކައުންސިލް ހިނގަން މަސައްކަތް ކުރާނެ ޕީޕީއެމް އިން. ހުރިހާ ރަށަކުން ޕީޕީ ކައުންސިލުން ކަންކަމަށް އެދެންފެށީމާ މައި ސަރުކާރަށް އޮންނަނީ ބުރަހެލިވެ. އިސާހިތަކު އަމިއްލަ ޕީޕީ ކައުންސިލްތަކުން ފޫހިވެ ޕީޕީ އާދެކޮޅުވެދާނެ . އަދާލަތުގެ ދުރު ވިސްނުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454