އެމްޓީސީސީން ޗައިނާގައި ބަންނަމުންދާ ޑްރެޖަރު. --ފޮޓޯ: އެމްޓީސީސީ
12 ޖެނުއަރީ 2017 - 19:13
ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަންނަމުން އަންނަ ޑްރެޖަރު (މަހާ ޖައްރާފް) ޓެސްޓްކުރަން މިއަދު ކަނޑަށް ބާލައިފި އެވެ.
މި ޑްރެޖަރު ކަނޑަށް ބާލަން ނަންޓޮންގު ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތާއި ޗެއާމަން އަހްމަދު ނިޔާޒުގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޓީސީން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީގެ ޑްރެޖަރު ކަނޑަށް ބާލާފައި: މި ޑްރެޖަރު މާޗް މަހުގެ ތެރޭގައި މާލެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނޭ. --ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ ސީއީއޯ ޒިޔަތާ ހަވާލާދީ އެ ކުންފުނިން ބުނީ ދުނިޔޭގެ ފެންވަރުގެ ކޮންނަ ބޯޓު މާޗް މަހުގެ ކުރިން ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޑްރެޖަރާއެކު އެމްޓީސީސީ އާ ހަރުފަތަކަށް މިސްރާބު ޖަހާނެ ކަމަށް ޒިޔަތު ވިދާޅުވި ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ވެސް މި ޑްރެޖަރާއެކު، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެ، އެމްޓީސީސީން ބުނިގޮތުގައި، ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ އެވެ.
މި ޑްރެޖަރުގެ ސައިޒާއި ފެންވަރަށް ބަލާއިރު، މިހާރު ބިން ހިއްކަން ނަގާ މުއްދަތު އެތައް ގުނައެއް އަވަސްވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔާ
14 January 2017
ނިކަން ބާރަށް ތިޔަ ޑުރެޖަރުން ތަންތަން ހިއްކާލާފަ އަހަރުމެން ކަހަލަ ނިކަމެތި މަގުމަތިވެފަ ތިބި ދިވެހި ރައްޔިތުން ނަށް ގޯތި ގެދޮރު ދީބަލަ.
މަހާ
14 January 2017
ހިންދީ ނަމެއްކިޔަންޖެހުނީތީ ލަދުވެތިވާންޖެހޭ. ދިވެހި ބަސް މުއްސަނދި ތަ ހަމަ؟
ހަރަދު
14 January 2017
ކިހާވަރެއްތޯ މިޔަށް ޙަރަދުކުރީ؟ އޭރުންތާ އެނގޭނީ ތިއީ އަސްލު އިންވެސްޓްމަންޓްއެއްކަން ކުރަން ހުރި މަސައްކަތްތަކަށް ބަލާިރު. އެހެން ނޫނީ ބެލެވެނީ ހަމަ އެއްކަލަ ގޮތަށް ޗައިނާޔަށް ކޮށްލި ހަރަދެއްކަމަށް!
މަގޭގައުމު
14 January 2017
ކޮންމެ ސަރުކާރަކުން ކުރިޔަސް ރަގަޅޫކަމެއްވާނީ ރަގަޅުކަމަކަށް. މިއީ މިސަރުކާރުން ކުރިރަގަޅު އިންވެސްޓްމަންޓެއް. އެކަމަކު މިސަރުކާރުން ކުރާ ގިނަކަންކަން ކުރަނީ ބަލައިގަނެވޭގޮތަކަށްނޫން. އަދި ސަރުކާރަކީ ރަގަޅު ކާމިޔާބުސަރުކާރެކޭ ބުނެވޭކަށްނެތް.
ސަމުގާ
13 January 2017
ދިވެހި ބަހަށް އިސްކަންދޭ ގާނޫނެއްގައި އޮވޭ ދިވެހި ބަހުން ނަން ލިޔެފައި އޭގެ ތިރީގައޭ ބޭރު ބަހަކުން ނަން ޖަހަންޏާ ޖަހަން ޖެހޭނީ، ސަރުކާރުގެ ކުންފުނިތަކުން ގާނޫނަށް ކަމޭ ނުހިތާއިރު ދެން ކޮބަޔެއްބާ ކަމޭ ހިތާނީ! އަނެއް ކަމަކީ ޖައްރާފު ކިޔަނީ ޑްރެޖަރަކަށް ނޫން. ޖައްރާފާއަކީ އަސްލު އަރަބި ލަފުޒެއް، އޭގެ އިނގިރޭސި ލަފުޒަކީ ބުލްޑޯޒަރު.
ވިލޭއަލި
13 January 2017
ކުރީ ސަރުކާރުތަކުން އާ އުޅަނދު ފަހަރު ބަނދެގެން ގަނެގެން، 3 މަސް ދުވަހު ތެރޭގާ މާލެ ގެންނައިރު އޮންނަނީ ބާ ދަގަނޑުގެ ގޮތުގައި ޖަޕާނަށް ވިއްކާލަން ޖެހިފައި. އެކަހަލަ ކަމެއް މިސަރުކާރުން ނުކުރައްވާނެކަމަށް ޔަޤީން ކުރަން.
ސުވާދީބު ކަލޯ
13 January 2017
ސާބަހޭ ރައީސް ޔާމީން ތިކުރައްވާ ހިތްވަރަށް ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް އަދި ވަކިން ހާއްސަކޮށް ކުންފުނިތައް ކުރިއަރަމުންދާތީ މަނިކުފާނުގެ އިގްތިސާދީ އެޖެންޑާ ރަގަޅުކަން ފާހަގަ ކޮށް ތިކުރައްވާ މަސައްކަތަށް ޝުކުރުދަންނަވަން
ޖަަަައްރާފު
13 January 2017
މެއެކީ އެއްވެސް ބޭނުން ހުރި ކަމެއް ނޫން. ހިކިފަސް ތަންތަން މަދީތަ!
ކޮބާ
13 January 2017
ކޮބާތަ މިތާނގަ މިސަރުކާރާ ދެކޮޅަށް ކޮމެންޓު ކުރަން ބައިތިއްބާފައި ތިބޭ ކުދިންކޮޅު؟ މިޚަބަރު އިވުމުން އެއްޗެއް ބުނެލާނެ ހިތްވަރުވެސް ނެތީ ދޯ؟ ރަނގަޅު. ޙަޤީޤަތާ ކުރިމަތިލާންވާނެ. ޔާމީނަކީ ތޯތޯ މީހެއްނޫން. ރާއްޖެއަށް ބޭނުންވަނީ ޔާމީން ފަދަ ލީޑަރުން. މިފަދަ ވެރިންގެ ކިބައިގައި ޑެޝިޝަން މޭކް ކުރުމާއި، އޭގެ ރިސްކު ނެގުން. އަދި ޕްލޭން އޭބީސީ އެއް އޮތުން ހިމެނޭ. އެޗީވްމަންޓަކީ ލީޑަރޝިޕަށް ފަހު އަންނަ އެއްޗެއް. ލީޑަރޝިޕަކީ ތަސްވީރަކުން، ބައެއްގެ ވާހަކައަކުން ވަކި މީހަކަށް ހިބަވާ އެއްޗެއް ނޫން. އެއީ ނަފްސީ އަށަގަތުމެއް. މިހެންވެ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވިޔަސް ޔާމީނަށް ތާޢީދު ކުރެވެނީ.
ކިޔުންތެރިޔާ767
13 January 2017
ރައްޔިތުންގެ ފައިސާއިން ކޮންމެ ވެރިޔަކު ހުއްޓަސް ބޭނުންކަމެއް ކުރާނެ.
ޙަސަން
13 January 2017
މިކޮންނަ ބޯޓަކީ ވަހީދު ސަރުކާރުގަ ބަންނަށްފެށި އުޅަނދެއް
ޙަލީމް
13 January 2017
ހަސަނަށް މާބޮޑަށް ތި އިގެނީ.
ޕިސްޕިސް
14 January 2017
ހުވާ ކޮށްބަލަ ތިމަންނަ އެްވެސް ސިޔާސީޕާޓީއެއްގެ މީހެނޫންކަމަށް!
ހަސަން
13 January 2017
ޑުރެޖަރުގެ ސައިޒު މާކަބޮޑޭ ނުދެންނެވޭނެ ނަމަވެސް ޑުރެޖަރުގެ ޑީ ޕީ ސީސްޓަމައް ބަލާކަމައްވާނަމަ ދެންނެވޭނީ ޑީ ޕީ 1 ( ޑީ ޕީ ވަން ) ކަންމިހެންހުރި އިރު ކަނޑުގެ ވަކި ޕޮޒިޝަނެއްގައި އޮތުމުގެ ފުރުސަތު ކުޑަ... ބޯޓު ބަނދެމުން ދިޔައިރު ޑީ ޕީ 2 އައް ސިސްޓަމު ބަދަލު ކުރެވުނު ނަމަ ތިޔަ ބޯޓު އިތުރައް ފުރިހަމަވީސް... ރާއްޖޭގެ އެކި ރައްތައް ހިއްކުމައް މިހާތަނައް ގެނަސްފައިވާ ބޯޓުތަކުގެ ސައިޒުތަކައް ބުރަވާނަމަ ތިޔަ ބޯޓު ކުޑަކަމަކައް ނުދެންނެވޭނެ ނަމަވެސް އެބޯޓުފަހަރުގައި ޑީ ޕީ 3 ވަނީ ހަރުކޮށް އޮޕަރޭޝަނުގައި ބޭނުންކޮށްފައި މަސައްކަތް ހަލުވިވެ އޮޕަރޭޝަނައް އިތުރު ކުރިއެރުމާއި އަވަސްކަން ލިއްބައިދީ... ދިވެހި ޑީ ޕީ މެއިންޓަނަސް ކޮލިފައިޑު ޗީފް އިންޖިނޭރެއް ތިޔަ ބޯޓައް ބޭނުންފުޅުވާނަމަ އަޅުގަނޑު މިހުރީ ޚިޒުމަތައް ދިއުމައް ތައްޔާރުގައި....
ީިިި އިބްރާހިމް
13 January 2017
ޑީޕީކްލާސް 1 ގެ ބޯޓަކަށް ކަނޑުގެ ވަކި ޕޮސީށަނެއްގާ އޮތުމުގެ ގާބިލުކަން ނުލިބެންވާ ސަބަބު ޢޮޅުން ފިލުވާ ދިނިއްޔާ ރަނގަޅު. ހީވާގޮތުން ޑީޕީ ކްލާސް ތަކުގެ މެދުގައި ހުރި ތަފާތު ނޭގޭ ހެން ހީވަނީ. މި ކޮމެން ލިއުނީ ޑީޕީ އަންލިމިޓެޑް ސަރޓިފިކެޓް އޮތް 19000 ވުރެ ގިނަ ޑީޕީ އަވަރސް ޑީޕީ ލޮގް ފޮތުގައި އޮތް ދިވެހި ކެޕްޓަނެއް...