އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައެއްގައި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ: ޕީޕީއެމް
12 ޑިސެމްބަރ 2022 - 12:37
އިންޑިއާގެ ސަރުކާރުގެ ބޮޑު އެހީއަކާއެކު ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ އިންޖިނިއަރިން ޑިޒައިން އާންމުނުކުރާތީ އިދިކޮޅުން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ އިންޖިނިއަރިން ޑިޒައިން އަމިއްލަ ބަޔަކަށް ނުފެންނައިރު، ހައުސިން މިނިސްޓްރީގެ އެއްވެސް ބަޔަކަށް ވެސް އެ ޑިޒައިން އަދި ނުފެންނަކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސައީދު ވިދާޅުވިގޮތުގައި، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމަށް މި ސަރުކާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ނުކުރެވޭނެކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ގަބޫލު ކުރައްވަ އެވެ.
ހައުސިން މިނިސްޓަރު ވެސް ގަބޫލުކުރޭ. މިކަން ދޮގެއް ނުކުރެވޭނެ. ހައުސިން މިނިސްޓަރު އެބަ ގަބޫލުކުރައްވާ އިންޑިއާއަށް މިކަން ނުވާކަން: ސައީދު، މާވަށު ދާއިރާގެ މެމްބަރު
"ހައުސިން މިނިސްޓްރީގެ މިކަމާ ބެހޭ ބޭފުޅަކާ އަޅުގަނޑު ވާހަކަ ދެއްކިން. އިންޖިނިއަރިން ޑިޒައިން ނުދައްކާތީ އެ ބޭފުޅުން ވެސް ތިބީ ކަންބޮޑުވެފައި. އިންޖިިނިއަރިން ޑިޒައިން އުޅެއުޅެ ނުފެނުނު. ހެދި ކަމަށް ވޭ އިންޖިނިއަރިން ޑިޒައިނެއް،" ޖަލްސާގައި ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައެއްގައި (ކ-ވ) މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު. -- ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވީ ކަނޑު ހުރަސްކޮށް އަޅާ ބްރިޖެއްގެ އިންޖީނިއަރިން ޑިޒައިން ހެދުމުގެ ގާބިލުކަމާއި ޓެކްނޮލޮޖީ ވެސް އިންޑިއާގައި ނެތް ކަމަށް ރާއްޖޭގައި ތިބި އިންޖީނިއަރިން ދާއިރާގެ ތަޖުރިބާކާރުން ވެސް ބުނަމުންދާ ކަމަށެވެ. އަދި އެފްކޮންސް ކުންފުނިން މީގެ ކުރިން ކަނޑު ހުރަސްކޮށް ބްރިޖެއް އަޅައިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.
"ހައުސިން މިނިސްޓަރު ވެސް ގަބޫލުކުރޭ. މިކަން ދޮގެއް ނުކުރެވޭނެ. ހައުސިން މިނިސްޓަރު އެބަ ގަބޫލުކުރައްވާ އިންޑިއާއަށް މިކަން ނުވާކަން،" ސައީދު ވިދާޅުވި އެވެ.
މި ސަރުކާރުން ތިލަމާލެ ބްރިޖު ހަދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ސިނަމާލެ ބްރިޖު ހަދަން ދިޔަ އަގުގެ، ދެގުނަ އިތުރަށް ހަރަދުކޮށްގެން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ތިލަމާލެ ބްރިޖު ހަދަން 600 މިލިއަނަށް ވުރެ ގިނަ ޑޮލަރު މި ސަރުކާރުން ހަރަދުކޮށްފި ކަމަށާއި އެ އަގުގައި ސިނަމާލެ ބްރިޖު ކަހަލަ 10 ބްރިޖު ވެސް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ https://t.co/Yit5z2QWPD
— Mihaaru (@Mihaarunews) August 2, 2022
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ. އޭގެ އިތުރުން ބްރިޖު މަޝްރޫއު ހިމެނޭ ގޮތަށް އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން ސަރުކާރުން 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ނަގާފައިވެ އެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއު ފެށުމުގެ ކުރިން އެ ބްރިޖުގެ އެނިމޭޑެޓް ކުރެހުންތަކެއް ޕްލޭނިން މިނިސްޓްރީން އާންމުކުރި އެވެ. އޭރު ސަރުކާރުން ބުނެފައި ވަނީ އެ ބްރިޖުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނުނިމޭ ކަމަށެވެ. މި އަހަރު ޖެނުއަރީ މަހު އެ މަސައްކަތް ފެށި ކަމަށް ބުންޏަސް، ފަހުން އެ ވާހަކައެއް ނުދައްކަ އެވެ.
ޕްލޭނިން މިނިސްޓްރީގެ ބަހެއް ނުލިބޭތީ ބްރިޖުގެ އިންޖީނިއަރިން ޑިޒައިންއާ ގުޅޭ މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.
ތިލަމާލެ ބްރިޖު: އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ނިމިއްޖެ https://t.co/SnlGXcHmBd
— Mihaaru (@Mihaarunews) November 30, 2022
ބްރިޖާ ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރިއިރު، އެ މަސައްކަތް ލަސްވާތީ ވެސް އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. އަދި ބްރިޖުގެ މަސައްކަތްކުރަނިކޮށް މިފަހުން ހިނގި ބައެއް އެކްސިޑެންޓުތަކާ ގުޅިގެން އެފްކޮންސް ކުންފުނީގެ ގާބިލުކަމާ މެދު ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ބޮޑު ގެއްލުމާ ގުޅިގެން ކުރި، 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ އިސްތިއުނާފުކޮށްދިމުން އެކަމަށް ވެސް އާންމުން ދަނީ ފާޑުކިޔަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasn
14 December 2022
ސަލާން ބުނި މޯޑީ ! ތިކަމެއް ނުވާނެ ! މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެ ! ފެންވަރެއް ނެތޭ ، ތީ ކަލްދޯ ބަޖެއޭ . ނުވިތާކަށް ފޮޓޯ ގަޑެއް ވެސް ނުފެނޭ !
އެހެ
13 December 2022
ދަތްކޮއްޓާ އިލޮށިކޮޅެއް ކަނޑަށް ޖަހާލާފަ އޭގެ މަތީ ކުނަލެއް ފަތުރާލާފަ ބްރިޖެއް ދައްކާލާނެ. ހާސްނުވޭ.
ވަޅިހަނުލާ ކަލޭގަ
13 December 2022
މަބުނީ ދެން ކޮންމެއަކަސް ސިނަމާލެ ބުރިޖު އެޅީ މައުމޫނު ކޮއްކޮތަ ނޫނީ ޗައިނާމީހުންތަ، ވާތުފިޔައިގެ ގޭގޭގަ މިކަމުގަ ދެގޮތަކަށް އެބަ ވާހަކަދެކެވޭ.
ގެދޮރު ނެތް މާލޭމީހާ
12 December 2022
އިިންޑިއާ އާއި ދެކޮޅުވެގެން ނުވާނެ. އެކަމަކު އަޅުވެތިވެގެންވެސް ނުވާނެ. މިހާރު އަޅަން ތި އުޅޭ ބްރިޖް ގެ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް. ބަރިޖްގެ ޑިޒައިން ނުފެނޭ.ޖަހައި ނިންމި ކަމަށް ބުނާ ތަނބުތަކެއް.ނުފެނޭ. ތިމާވެށްޓަށް ގެއްލުންލިބޭ އެތައްކަމެއް ހިނގައިފި.
މަ ބުނީ
12 December 2022
މަ ބުނީ ސިނަމާލެ ބްރީޖުގެ ކުރެހުން އޭރުގެ ހައުސިންގ މިނިސްޓަރާ އި އެކޮނޮމިކް މިނިސްޓަރ ބަ އިވެރިވެ ވަޑަ އިގެން ރަ އްތިތުންނަށް ދެ އްކެވި އޭ ' އެކަމަކު ބްރުޖުންވެސް ދަރުމަ ވަ އްތަ ހޮސްޕިޓަލުންވެސް ދެ އްކި މަ އްޒަރާ އި ލިބުނު މި އްވަރު ތަފާތެވެ. މިފަހަރު މަ އްޒަރު ނުދަ އްކާ މި އްވަރު ދެ އްކި އަސް އޯކޭވާނެ.
ކަހޯނާ ޕިޔާރުހޭ
12 December 2022
ބްރިޖް އަޅަން ކީއްވެބާ ރައީސް ފެނަކައާއި ހަވާލު ނުކުރީ؟ އެއިރުން ޖީބަށް ލެވޭނެ އެފްކޮމްއަށް ވުރެން ގިނައިން. ފެނަކަވީ މަލްޓި ސްޕެޝަލަޓީ ހަސްފަތާލެއް ފަދަ ކުންފުންޏެކެވެ. ރައީސް އެއްމެ ގަޔާވަނީ އެެެއްމެގިނަ މެމްބަރުން ކޮރަޕްޓްކުރާ އެމްޑީންނާއެވެ. ހައްތާހާވެސް ޔާމީނުއެވެ. ދެން އަންނާން އޮތީވެސް އަންނާނީވެސް ޔާމީނުއެވެ. 5 އަހަރެއްވުރެން އެެއްމެ ދުވަހެއްވެސް މިއިން އެއްވެސް ވެރިޔަކަށް ނުދޭން ގަދައަޅާށެވެ. ވޯޓް ހޯދަން މަސްވެރިކަމޭ ކިޔަމުން ނާންނާށެވެ.
ޢެމެރިކާ
12 December 2022
ހިޔެއްނުވޭ އިންޑިޔާއައް މިކަން ވާނެހެން. މި ކަމަކީ ރޭވިގެން ހިގަމުންދާ އަޑި ނުބައި ކަންތައްގަޑެއް.
ކައްކާ
12 December 2022
ތިބުރިޖު މެދާހަމައިން ދެކޮޅު ދިމާވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު.
މަ ބުނޫ
12 December 2022
ދިމާ ނުވެ އްޖެ އްޔާ ކަ އްކާ ދާނީ ލޮނު ހެޔޮވަރުކޮ އްލަށް ދޯ
ކުރުބޭހަސަން
12 December 2022
ތިހުންނަނީ ސަރުކާރުތަކުން ކޮންމެހެން އާއްމުކުރަންޖެހޭ އެއްޗެހިތަ ހަމަ އަހަރެމެންނަށް މިއުޅެނީ އިމާރާތެއްގެ ކުރެހުމެއް ފެނުނަސް ވާނުވާނޭގިގެން ދެން އަދި ބްރިޖެއްގެ ކުރެހުމަކުން ކޯންޗެއް އިނގޭނީ އަދި އެނގިގެން އަހަރެން ކުރާނީ ކީއް ދެން ސައީދު މިކުރެހުން ނުފެނިގެން މިހާވަރެއް މިދައްކަނީ ކީއްކުރަން
ހެލާ
12 December 2022
ނެތް އެއްޗެއް ނުދެއްކޭނެދޯ! މިބުނީ ކޮންމެހެން އާންމު ކުރަން ޖެހޭ ވާހަކައެއްނޫން. އެކަމަކު ޓެސްޓުޕައިލް އެއިނީ ފެނުންމައްޗަށް އަރުވާފަ ބުޑުން ލެނބިފަ! މާނަޔަކީ އަދި 2 ޕައިލް ޑްރައިވްކޮށްގެންނޭ ޑީޓެއިލް ޑިޒައިން ހެދޭނީ..
އަހަމަދުފުތާފޭދޫ
12 December 2022
ބުރިޖު އަޅަން ކުރާ މަސަތްކައް ފެންނަނީ އަމާ ބުނީތީ ފަރައް ދާން ބަޔަކު އުޅޭހެން... ވައްސަލާމް