ސްމާޓް ސިޓީ މަޝްރޫއު: އެޗްޑީސީން، ވާވޭ ލަންކާ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: އެޗްޑީސީ
13 ޑިސެމްބަރ 2022 - 11:53
ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ހެދުމަށް އެޗްޑީސީން ފަށާފައިވާ "ސްމާޓްކޮމް" އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުންޏާއެކު ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑުން އިއްޔެ އެއްބަސްވެއްޖެ އެވެ.
އައިސީޓީ އިންފްރާސްޓްރަކްޗާ އަދި ސްމާޓް ޑިވައިސްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ވާވޭ ކުންފުންޏާއެކު އެޗްޑީސީން ވި އެއްބަސްވުމުގެ ދަށުން ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށް، ތަންފީޒު ކުރުމަށް ވާވޭގެ ފަންނީ ތަޖުރިބާ ފޯރުކޮށްދޭނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި ތައާރަފުކުރި "ސްމާޓްކޮމް" ބްރޭންޑަކީ ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް، ގުޅުވައިލުމަށް ތައާރަފުކުރި ބްރޭންޑެކެވެ. ހުޅުމާލޭގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް، ރައްޔިތުން ހިމެނޭހެން ޕާޓްނާޝިޕްތައް އެ ބްރޭންޑްގެ ދަށުން އުފައްދާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީ އާއި ވާވޭ އިން ގަބޫލުކުރާ ގޮތުގައި، އެ އެއްބަސްވުމުގެ ސަބަބުން ސްމާޓް ސިޓީ މަޝްރޫއަށް ތަފާތު ފައިދާތަކެއް ވާނެ އެވެ. ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދޭނެ ކަމަށް ވެސް ބުންޏެވެ.
"ޑިޖިޓަލް ޓްރާންސްފޯމަޝަން އަވަސް ކުރުމަށް ރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން ސްމާޓް ސިޓީ، ސްމާޓް ޓޫރިޒަމް އަދި ސްމާޓް އެޑިކްޝަންގެ ދާއިރާއިން އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ ތަޖުރިބާ ހިއްސާ ކުރުމަށް ވާވޭ އިން މިތިބީ ތައްޔާރަށް،" ވާވޭ ލަންކާގެ ސީއީއޯ ޓާއޯ ގުއަންޔާއޯ ވިދާޅުވި އެވެ.
އެޗްޑީސީގެ "ސްމާޓްކޮމް" ބްރޭންޑްގެ ސަބަބުން ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ރައްޔިތުންގެ ދިރިއުޅުމަށް ލުއި ފަސޭހަކަން ގެނެސް ދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
5ޖީ ދިނުމަކީ ސްމާޓް ސިޓީއެއްނޫން
14 December 2022
މިބައިމީހުންނަށް އެބަޖެހޭ ފުރަތަމަ ސްމާޓް ސިޓީއަކީ ކޯޗެއްކަން އެންގެން. ޓްރެންޑީ ބަސްތަކެއް ބޭނުންކޮށްގެން، ޓެކްނޮލޮޖީ ބޭނުންކުރާ ކޮންމެކަމެއް ކުރުމަކުން އަދި ސްމާޓް ސިޓީއަކަށްނުވޭ. ސްމާޓް ސިޓީއެއްގެ އެންމެ ބޮޑު އެއް ސިފައަކީ ޓެކްނޮލޮޖީއާއި މައުލޫމާތު ޕްރޮސެސްކުރެވޭލެތް އަވަސްކަމުން، ވަރަށް އަވަހަށް ސިޓީގެ ފަންކްޝަންތަކާއި، ޚިދުމަތްތައްވެސް ރައްޔިތުންނަށް ފައިދާވާގޮތަށް ބަދަލުކޮށްލެވޭގޮތްވުން.
ސސްމާރޓ
13 December 2022
ސްމާރޓްގެން މުޒާހަރާ ކުރާ ފްލެޓް އަޅަން މުސާރަ ދީބަލަ.
ހުސެންދީދީ
13 December 2022
ފޭސް 2 ގެ މަގުތަކުގައި ބޮއްކެއް ދިއްލޭތޯ ބަލާބަލަ ފުރަތަމަ.. ބޮކިތައް ދިއްލެނީ ހިތައް އެތި ރެއެއްގައި. ގިނައީ ދަގަނޑެއް ވެސް ނުޖަހާހުރި މަގުތައް.
މަހޭބެ
13 December 2022
މީގެ މައްސަލައަކީ ލަންކާއެއް ނޫން ހަމަ އަހަރުމެން ދިވެހިންގެ މައްސަލަ، ކޮބާ މިހާރު އެއްކަލަ ޑީއޯ އަށްދައްކެންޖެހޭ ގޮތްނޭގޭ ލާރިތައް މިހާރު ނުޖެހޭ ދައްކާކަން އެކަމަކު މިއޮށްހާތައްދުވަހު ދިވެހިންގެ ކޮންމެސް ބަޔަކަށް ކުޑަމަންފާއެއް ލިބޭގޮގަތަށް ލަންކާމީހުން ހިންގި ޖަރީމާއެއް އެއީ ދިވެހި އެއްވެސް ވިޔަފާރިވެރިއަކު އެކަން މާބޮޑުކަމަށް ނުހަދާ... ހަމަ ދިވެހިން ހިހޫތަނުން ކާންވެގެން ގަންނަހާ ގަޑު
އެއްކަލަ އިބުރާ
13 December 2022
ސްމާޓް ވެގެން ކޮން ކަމެއް މިވަނީ؟ ބަޔަކު ވިސްނައި ދިނީމަ ވިސްނޭ ، ބުނިހާ އެއްޗެއް ގަބޫލް ކޮއްގެން ތިބޭ، ކްރިޓިކަލް ތިންކިންގ ގެ ޒައްރެއް ވެސް ނެތް ބަޔަކު ކިތަންމެ "ސްމާޓް" ސިޓީއެއްގަ އުޅުނަސް އެއަކުން ވާނެ ފައިދާއެއް ނޯންނާނެ.
ކޮރަލް
13 December 2022
ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑުން އިއްޔެ އެއްބަސްވެއްޖެ އެވެ. ވާވޭ އަކީ ޗައިނާ ކުންފުންޔެކެވެ. ސިދާ އެކުންފުންޔާ ވާހަކަ ދައްކައިގެން ކުރިއަށް ދާނަމަ އިތުރު ބަޔަކަށް ބައި އަޅާކަށް ނުޖެހޭ އެވެ. މިހާރު ލަންކާ ކުންފުންޔެއްވެސް ވެސް މީގެ ތެރެއަށް ވަނީ އެވެ.
ހުސެންދީދީ
13 December 2022
ބޭރުގެ ހުރިހާ ކުންފުނިތަކެއް ރާއްޖެއަށް ސީދާ އާދެވުނަ ނުދީ ލަންކާ މީހުން އުޅެނީ އެ ކޮންޓްރޯލް ކޮށްގެން. ފެޑެކްސް، މިޓްސުބުޝީ ލިފްޓު އަކީ ވެސް އޭގެ އެއް މިސާލު. ތ
މަސޮރު
13 December 2022
ވިސްނޭ ހަރުދަނާ ބަޔަކަށްވުރެ ގަމާރު އަމިއްލަ އެދުން ބޮޑު ކަންދެއްކުމާ މޮޅުކަން ދެއްކެން އުޅޭ ބަޔަކު އުޅޭ މުޖުތަމައުއެއްގަ އެއްވެސް ކުރިމަގެއް ނޯންނާނެ... ތިކަހަލަ ޕްރޮޖެކްޓްތަކުގެ އެންމެ އެދެވޭ ނަތީޖާވެސް ނުފެންނާނެ...
ފޫހި
13 December 2022
އަސާސީ ހިދުމަތްނުދީ ރައްޔިތުންނަށް ފާރަލާ ޖާސޫސުކޮށް ކޮންޓްރޯލްކުރުމަށް ބޭރުގައުމުތަކުން ކުރާކަމެއްމީ