ގިރާވަރު ފަޅު ؛ މާލޭ މީހުންނަށް ގޯތިދޭން ނިންމާފައިވާ މި ތަނުގައި ސިޓީ އަޅަން އިންވެސްޓަރުން ހޯދަނީ
17 ޑިސެމްބަރ 2022 - 07:32
މާލޭގެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކައިގެން އެ ތަން ސިޓީއަކަށް ހަދަން ބޭނުންވާ ފައިސާ ހޯދަން އިންވެސްޓަރުންނަށް ހުޅުވާލައިފި އެވެ.
ގިރާވަރު ފަޅު ރެޒިޑެންޝަލް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ.
ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގަން ކަނޑައަޅާފައިވާ އެ މަޝްރޫއަށް އެންމެ ދަށްކޮށް ހަރަދު ކުރެވޭނެ އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް އެ ގަރާރުގައި ވެ އެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން ބަދަލުގައި ރަށެއް ނުވަތަ ފަޅެއް ދޭ ގޮތަށް އިންވެސްޓަރުންނަށް ހުޅުވާލުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގިރާވަރު ފަޅު ސިޓީއެއްގެ ގޮތުގައި ހަދަން ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް މިހާރުން ފެށިގެން ހުށަހެޅޭނެ އެވެ.
އެ އިއުލާނުގައި ވާ ގޮތުން، ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ވެސް ފަސް މިލިއަން ޑޮލަރެވެ.
އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އިކޮނޮމިކް މިނިސްްޓްރީގެ އީމެއިލް ([email protected]) އަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ އެވެ.
އެ ފުރުސަތު ބަންދުކުރާނެ ވަކި ދުވަހެއް އާންމުކޮށް އަންގަންދެން ހުޅުވާލައިފައި އޮންނާނެ ކަމަށް މިނިސްޓްރީގެ ބުންޏެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެބްރުއަރީ މަހު ވިދާޅުވީ، މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކައި އެ ތަނުން މަދުވެގެން 2،000 ގޯތި މާލެ މީހުންނަށް ދޫކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމަޅޭ
18 December 2022
އެފްކޮންސް އަށް ދީ..ވިލިމާލެ ބުރިޖްވެސް ބަލާލަބަލަ.ސްޕީޑް ބާރުކަމުން ލޯހުޅުވާލާކަށް ނުކެރޭ..
ޖޯނީ
18 December 2022
ގިރާވަރަށް ނިސްބަތްވާ އާއިލާތައް ބައިވަރު އަވަސްކުރޭ
މާލޭ މީހުން ކަޑަކަމުން ދަފްތަރުގަ ނުޖެހުނު ސޮރު
18 December 2022
މާލޭގެ ވެސް އެންމެން އެއީ އަމިށްލަ އެދުން އިސް ކުރާ ބަޔެއް ނޫން ވަކިބައެއް އުޅެނީ އަންބޮޑިއަށް ގިނަ ކުރަން ރަނގަޅު މީހުން އުޅޭ , މިހާރު ތިޔަ ޑްރާމާ ނުކުޅެވޭނެ އެމީހުންނަށް ވެސް . ވޯޓް މިއޮތީ ކަޅު ވިލާގަޑެއްހެން ބޯމައްވަށް އަރާ
ނަލަ ހަސަނުގެ މޮޅުއަނގަ
17 December 2022
ކޮމަންޑޫ ގުޅައިލުން މަޑު ޖައްސާލައިފި. ގިރާވަރު ހިއްކުން އޯކޭ. ޢެވެސް ވައުދު މިވެސް ވައުދު. ރައްޔިތުންނަށް ކޮޅުކެހި ވައުދު.
ޖޮއިންޓްވެންޗާރ ކޮރަޕްޝަން
17 December 2022
ކެރަފާގޭ ނާޝް ތިކަހަލަ އިންވެސްޓަރުން ހޯދަން މޮޅުވާނެ. އަދި ކިއެއްތަ، މިނިސްޓްރީތަކަށްވެސް ނުލިބޭ ފަޅުފަޅު ހޯދަން އެއްވަނަ.
އޮނަރަބްލް އަފީފު ދީދީ
17 December 2022
ދިވެހިދައުލަތުގެދަށުގައި ކ.އަތޮޅުމާލެއާއި އެރަށުގެބިންވެރިން ނޫންބަޔަކުނެތީމަތޯ ދައުލަތުގެ މުޅިޙަޒާނާއާއި ދައުލަތްދަރަނިކޮށް ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ މާލީއިދާރާތަކުންނަގާ އެތައް ބިލިޔަން ޑޮލަރުގެ ދަރަނިވެސް އެރަށާއި އެރަށުގެ ބިންވެރިންގެމައްޗަށް މާލޭސަރުކާރުން ހޭދަކުރަނީ. # މިމީހުން މިސަޤާފަތް ދޫކޮށްނުލާނަމަ ރަތާއި ފެއްސާއި ހުދު ފޭލި އަދެގެން އަހަރުމެން ތިބޭކަށް ނުޖެހޭ. ކާބަފައިން ފަދައިން އަހަރުމެންވެސް "އެހެން ގޮތެއް" ހޯދަންޖެހޭ.
ޝޮމީންބައި
17 December 2022
މާލޭ ސަރަހައްދު ކޮނެ ހިއްކުމުގު ވާހަކަ ދައްކާއިރަކު އެއްކަލަ ތިމާވެށި ވެގެން އުޅޭގުރޫޕު ތަކަށް ރޭކާނުލާ. ކިހިނެއްބާމިވީ ރަށުގަ ނުއުޅެނީބާ ނުނީ މިހިސާބުގެ ގިރިފަޅުތަކަކީ ތިމާވެއްޓަކާއި ގުޅުމެއްނެތް ތަންތަނަކީބާ.
އިރޭ.އއއއޓއސ
17 December 2022
އަނެއްކާ މާލެ ވޮޑެންތައްޔާރުވަނީ... މި ފަހަރު މާލެކަމަށް ކިޔާނީ ގިރާވަރު ކަނޑުއޮޅިން ފެށިގެން ކުޑަކަޅިއާއި ހަމަޔަށް ތޯއްޗެ...މިދެން ބޮޑޫވެއްޖެކަމެއްނު...
ޢެޑްވާންސް
17 December 2022
ޢެޑްވާންސް ކޮއް ތިތަނުގެ ޕޮލޮޓްތައް ވިއްކާފަ ފައިސާހޯދައިގެންވެސް ތިކަން ކުރެވޭނެ
ހިތަދޫ 2
17 December 2022
ހިލޭ ބަހަނީއްޔޯ، ދެން އެހެންނޫނަސް ލޮލަށް ނުފެންނަ ބިމަކަށް ފައިސާ އެވަރަށް ދޭނެ ބަޔަކު ނުތިބޭނެ، މޮޔަ ނުގޮވަބަލަ.
ނިރު
17 December 2022
ދައުރު ހަމަވާން ކައިރި ވަމުންދާ ވަރަކަށް ތިކަހަލަ ކިތަންމެ އަދުނެއް އަޅުވާނީ. ގޯތި ކީއްކުރަން ހަދަން ވެސް ފޮނުވާދޭނަމޭ ބުނާ އަޑު އިވިގެންދާނެ .. ގަބޫލްކުރާނެ ބަޔަކު ގަބޫލޫން ކޮއްގެން ތިބޭ .. އަހަރުމެންގެ ގަޔަށް ދެން އިތުރު ކައްޓެއް ޖެހުނަކަ ނުދޭނަން