މިއަދުގެ ރަސްމިއްޔާތުގައި ހިސާން ވާހަކަ ދައްކަނީ: ޖޭއެސްސީން ކުރަނީ އުނދަގޫ މަސައްކަތްތަކެއް ކަމަށް ވިދާޅުވި --- ފޮޓޯ/ޖޭއެސްސީ
17 ޑިސެމްބަރ 2022 - 19:30
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތްތަކަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު މަސައްކަތް މި ކުރަނީ އެންމެންނަށް ވެސް އިންސާފުވެރި ފަނޑިޔާރަކު ހޯދައިދޭން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑިޝަރީ ފޯ ޖޫނިއާސްގެ ވޯކްޝޮޕް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އެއް ބައެއްގެ ފާޑުކިޔުމާއި އަނެއް ބައެއްގެ ހިތްހަމަޖެހުމުގެ ތެރެއިން ޖޭއެސްސީން ކުރާ މަސައްކަތްތަކަކީ އުނދަގޫ މަސައްކަތްތަކެއް ކަމަށެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން މަސައްކަތް ކުރަނީ ކޯޓަށް އަންނަ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ފަނޑިޔާރަކު ހޯދައި ދިނުމަށް ކަމަށް ހިސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާ މަަސައްކަތް ކުރަނީ ކޯޓު ކުރިމަތީގައި ހުއްޓޭ ކޮންމެ ފަރުދަކީ ވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއްގެ ހައްގުވާ މީހެއް ކަމަށްވާތީ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި ބޭ އިންސާފުން ހައްގެއް ގެއްލޭ ކޮންމެ މީހަކު ވެސް އެދޭނީ އިންސާފުން މައްސަލަ ނިންމައިދޭން ފަނޑިޔާރުން ތިބިކަމުގެ ޔަގީންކަން ހޯދުމަށެވެ. އަދި ކޯޓުތަކުގެ ޒިންމާއަކީ ވެސް އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި އެ ހައްގު ހޯދައި ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ގޮތް. އަދި ކޮންމެ މީހަކުވެސް ބޭނުންވާނެ ގޮތް،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ޝަރުއީ ދާއިރާއަކީ ހަމައެކަނި ކުށްވެރިންނާ ގުޅޭ ނިޒާމެއް ނޫން ކަމަށާއި އާންމު ދިރިއުޅުމުގައި ހިމެނޭ ތަރިކަ މުދަލާއި ވިޔަފާރި އާއި ދަރިންނާއި ދަރިންގެ ހަރަދު ފަދަ ކަންކަން ވެސް ގުޅިފައި އޮތީ އެ ނިޒާމާ ކަމަށެވެ. އެހެންވެ، އެ ނިޒާމަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ވަކީލުން ނޫން ކަމަށާއި ހެލްތް ވޯކަރުންނާއި ޓެކްނީޝަނުން ފަދަ މީހުން ވެސް އެ ދާއިރާއަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ޖުޑިޝަރީ ފޯ ޖޫނިއާސްއަކީ ޒުވާނުން މި ދާއިރާއަށް ޝައުގުވެރި ކުރުވުމަށްޓަކައި ޔޫއެންޑީޕީއާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
19 December 2022
އިނޑިއާއަށް ދިޔަ ގާޒީން އައިމަ އަދުލުއިންސާފުން ހުކުމް ކުރާނެދޯ.
މާމަގެ
18 December 2022
މީ ލަދެއްވެސް ގަންނަން އެނގޭ އަންހެނެއްނޫން. ގާތް މީހުންނަށް ބައިއަޅާ އުސޫލުން ލޯފާމުގައި މަސައްކަތްކުރާ ހުރިހާ މީހުންނަށް ފަނޑިޔާރުކަން ދޭޥާހަކަ އެމަންޖެ އެބުނަނީ. މީނަޔާ ރިފުއަތާ ދެމީހުންވެގެން ފަނޑިޔާރުން ހޯދަނީ. އެންމެފަހުން އެއުޅެނީ ބަތްޕާރުސަލެއްގެ މައްސަލަ؟ އެމަގާމަށް ލާން އުޅެނީ ދީބާނާޒުކިޔާ ކުއްޖެއް
އާޗާ
18 December 2022
އިންޑިއާއަށް ފަނޑިޔާރުން ތަމްރީނުކުރަން ފޮނުވީމަ ދަސްވާނީ ހަމައެކަނި ޔާމީނަށް ހުކުމްކުރަން ހަދާނެ އުކުޅުތައް އަދި މިގައުމުގަ އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރަން ހުކުމްތައް ކުރާނެ ގޮތް. އެއީ ދެން މިހާރު ނުވެފަ އޮތް ކަމަކީ.
ކުރާގަނޑު
18 December 2022
އަހާލަބަލަ ފަނޑިޔާރެއްކުރެން އެތަނުގައި ދެއްކީ ކޮންވާހަކައެއްތޯ؟ ފިތުނަވެރިކަމަކީ ޤަތުލުކުރުމަށްވުރެ ނުބައިކަމެއް. އިންސާފަކީ ފަނޑިޔާރުން އެކަނި ގާއިމުކުރަންޖެހޭ އެއްޗެއް ނޫން.
މެސީ1
18 December 2022
ފަނޑިޔާރުން ގޯހެއް ނޫން، ގޯހީ ސިޔާސީ މީހުން ޖޭއޭސީގަ އުޅޭތީ
މޫކައި
18 December 2022
މި ހިސާނާ ހެދި ޖުޑީޝަރީ އަށް މީހުން ކުރި އިތުބާރު ގެއްލިއްޖެ
މާމެކުނު
18 December 2022
ބޮޑު ވަބާއެއް
އާދަމް ޒާހިރުތަ
18 December 2022
ފަނޑިޔާރުންގެ މައްޗަށް ގޯސް ފަނޑިޔާރަކު އިސްވީމާ ދެންތިބޭ އެންމެންނަކީވެސް ގޯސް ބައެއްކަމަށް ހަދާނެ. އެއީ ތިމާފަދަ ނުވީމާ. ބަލަ ކިތަންމެ ރަނގަޅު މީހަކަސް ބެލެނިވެރިން ރަނގަޅިއްޔާ ކަންކަން ދާނީހެއުކޮށޭ އެމީހުން ގޯސްކުރަނީ ވެރިންގެ އަމުރުން
ވފޗވފ
18 December 2022
ލޮލް/////////////ވަކި ލެވެލް އެއްގެ ހަކުރޭމެން ސަލާމަތްވަނީ އެހެންވެ
ސޯބު
18 December 2022
"ނީ" ކަނޑާލެވޭނެ ގޮތެއް ހަމަ ނެތީތޯ؟ އަބަދުވެސް ބަލަނީ. ބަލާ ބަލާ ކޮޅަކުން ނުލި ރައްޔިތުންނަށް ބޑ ބލ އަކަށް ވިއިރުވެސް.
ދިއްދޫމީހާ
18 December 2022
މައްސަކަތްކުރަނީ ތިމަންނާގެ ލޯފާމުން ވަކާލާތު ކުރާ މައްސަލަތައް ޤާޒީންނަ ބިރު ދައްކާގެން ކާމިޔާބް ކުރުމަށް
އިބަމެންގެ ޤައުމު
18 December 2022
އިންސާފަކީ ބޭއިންސާފުގެ ދަރިއެއް ނޫން. ތިމަންނާ މިހުރީ އިންސާފު ހޯދައިދޭށޭ ބުނާއިރު މިހާރުވެސް އަމިއްލަ ނަންލައިގެން ހަދާފައިވާ ލޯފާމުން ދަނީ ކޯޓުތަކުގަ ވަކާލާތު ކުރަމުން. އެތަނުން ދައުވާކުރާ މައްސަލަ ތަކާއި އެތަނުގެ ފަރާތުން ދިފާއުކުރާ މައްސަލަތައް ބައްލަވާ ފަނޑިޔާރުންނަށް ވާގޮތް އެނގޭ ހިސާނާއި ރިއްފަތު އިދެގެން ތިތަނުން އިންސާފު ލިބޭނެ ކަމަށް ދެކުމަކީ އައްޑު އަތޮޅު ވިލީގިލި ރިސޯޓް ބޯއީ ހއ ދިއްދޫއަށް އާއިލާކައިރިއަށް ނައިޓަށް ދިއުންފަދަ ކަމެއް