އެފްކޮންސްގެ ގުޅިފަޅު ބްލޮކްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރާއިރު، އެ ބްލޮކްގައި އުޅޭ އިންޑިއާގެ މީހުން ބޭރަށް ނުކުމެ -- ފައިލް ފޮޓޯ
18 ޑިސެމްބަރ 2022 - 16:44
ގުޅިގަޅު ހުންނަ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ފުލުހުން ބުނީ ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
އެ މީހާ ގެއްލުނުތާ 48 ގަޑިއިރަށް ވުރެ ގިނައިރު ވިޔަސް، އެ މީހާގެ ވަނަވަރު އާންމުނުކުރަނީ ކީއްވެތޯ ފޮލިސް މީޑިއާގައި އެހުމުން އަދި ޖަވާބެއް ނުލިބެ އެވެ.
ތިލަމާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވެސް ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގުޅިފަޅުގައި އަލިފާން ރޯވި ތަނުގައި ތިބި 457 މުވައްފުންގެ ތެރެއިން އެކަކު މަދު ކަމަށެވެ. އެ މީހާ ހޯދުމަށް ސަލާމަތީ އިދާރާތަކުން ކުރި މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި އެކަމަކު މީހެއްގެ ހަށިގަނޑު ނުވަތަ މީހަކު ވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފުލުުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެތަނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 78 މީހަކަށް އެކިވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް އަންނަނީ ފަރުވާދެމުންނެވެ. ކުދިކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވެ އެވެ.
އެފްކޮންސް އިން ބުނީ އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަންނައުނާއި ސޫޓް ކޭހާއި މޮބައިލް ފޯނު އަދި މާލީގޮތުން ވެސް އެހީވާ ކަމަށް ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
19 December 2022
ގަވާއިދާއި ޚިލާފަށް މަސައްކަތްތެރިން ގެންގުޅެނީ. އެފްކޮންއަކަށް ވެސް ނޭނގޭ ކާކު ކަމެއް މަދުވެގެން އުޅެނީ.
1206
19 December 2022
ވަނަވަރު
1206
19 December 2022
ތިލަމާލެ ބުރިޖު އިބިލީހުގެ ކައިވެންޏަށް.
ފުކެއް ބޮޑުވަރު
19 December 2022
އައްްމުކޮއްވެސް ދެފުއް ފެންނަ ސަރުކާރުތަކުން އެއްވެސް އެއްޗެްް ހާމައެއް ނުކުރާނެ. ބަޖެޓްގެ ބޭރުން ބޭނުންކުރި ފަސްބިލިއަން ރުފިޔާގެ ތަފުސީލުވެސް އާއްމެއްް ނުކުރިއެއްނު. ނުކުރާނެ.
އުދުހޭ
18 December 2022
ވަނަވަރު ކިހިނެއްތަ އާންމު ކުރާނީ ގަނޑުކޮށް އެތެރެކޮށްފައިވާ ބައެއްގެ؟! ދިވެހި ސަރުކާރަށްވެސް އެއީ ކޮންބައެއްކަން އެގެންޏާތާ ވަނަވަރު ހާމަކުރެވޭނީ؟
ޕަލްކާ
18 December 2022
އިންޑިއާއި ގުޅުން އޮންނަ ކަމެއްނަމަ ގައުމީސަލާމަތަށް ނުރައްކާވާނެ..
1206
19 December 2022
އެހެން ވީމާ "އިންޑިޔާ" މިއީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ކިޔާ ވަނަން ތޯ؟ އިންޑިޔާ ހަމައިން ހުރިހާ ކަމެއް ހުއްޓޭ ނަމަ، ގައުމީ ސަލާމަތު ކިޔާ އެއްޗެއް މިހާރު އޮތް ކަމަކަށް ނުފެނޭ. އިބްރާހީމް މުހައްމަދު ސޯލިހުއަކީ ވެރި ކަމަށް ކުފޫ ހަމަވާ މީހެއް ނޫން. އިސްތިއުފާ ދީފައި ގެޔަށް ދޭ.