ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

އިއްސެގެ މަރު: ވީޑިއޯ އިން ފެންނަނީ ލައިޓް ރަތްވެފައި ހުއްޓާ ދިޔަތަން

19 ޑިސެމްބަރ 2022 - 11:41

104 comments

ސިނަމާލޭ ބްރިޖްގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްގައި، ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ މަރުވީ، އޭނާ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދުއްވާފައި ގޮސް ޖެހިގެން ކަން، އާންމުވެފައިވާ ވީޑިއޯއަކުން ފެނިއްޖެ އެވެ.

ހުކުރު ދުވަހު މެންދުރު ފަހު ހިނގި އެކްސިޑެންޓްގައި އިސްމާއިލް (ޖަމްބޯ އިއްސެ) މަރުވީ، އެކްސިޑެންޓްގައި ކާރުގައި ޖެހި، ބިންމަތީގައި ޖެހުނުތާ ހަމަ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ވެ އެވެ. އެކްސިޑެންޓްގައި އޭނާ ވެއްޓި ބޯ ޖެހުމާ އެކު، "ލޭގެ ކޯރެއް" އުފެދުނެވެ.

ވީޑިއޯ އިން ފެންނަނީ އިއްސެ، މާލޭ ކޮޅުން ހުޅުމާލެ އަށް ދަނިކޮށް، ހުޅުމާލޭ ކޮޅުން އައި ކާރެއް ހުޅުލެ އަށް ލަނބާލާ ތަނުން އޭގައި ޖެހުނު ތަނެވެ. ވީޑިއޯ އިން ފެންނަނީ މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި އިއްސެ ނޫން މީހަކު ދުއްވައިފައެއް ނެތެވެ. އަދި، ވަރަށް ސާފުކޮށް ފެންނަ ގޮތުގައި ހުޅުމާލޭ ކޮޅުން އައި ހުރިހާ ވެހިކަލެއް، އިއްސެ ލައިޓް ހުރަސްކުރި ގަޑީގައި ނައްޓާލަ އެވެ.

އިއްސެ، 54، އަކީ، މީގެ 22 އަހަރު ކުރިން ދިރިއުޅުން ތައިލެންޑްގެ ބެންކޮކަށް ބަދަލުކުރި ވިޔަފާރިވެރިއެކެވެ. އޭނާ ދިރިއުޅުން ބަދަލުކުރީ އޭރު މާލޭގައި އޭނާ ހިންގަމުން ދިޔަ ފައިވާނުގެ ވިޔަފާރީގައި ދިމާވި މައްސަލަތަކެއްގަ އެވެ.

އޭގެ ފަހުން އެއްގޮތަކަށް ވެސް ރާއްޖެ ނައިސް ހުރުމަށް ފަހު ރާއްޖެ އައީ ނޮވެމްބަރު މަހުގެ 10ގަ އެވެ.

އޭނާ އަކީ މަރުވުމާ ހަމައަށް، ބެންކޮކްގައި ވަރަށް ފުޅާ ދާއިރާއެއްގައި ފައިވާނާއި، މުދާ ފޮނުވައިދިނުމުގެ ހިދުމަތް ދެމުން އައި ވިޔަފާރިވެރިއެކެވެ. އޭނާގެ މަރަކީ، ދިވެހި ވިޔަފާރިވެރިންނަށާއި އާއިލާ އަށް ވެސް ލިބުނު ކުއްލި ޝޮކެކެވެ.

104 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 89%
icon angry icon angry 4%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުޅު3

21 December 2022

ސައިކަލުގެ ސްޕީޑް އަންދާސާ ކުރެވެނީ 46.26 އާ 59.76 ކމ/ހ ކަމަށެވެ. ކާރު ޑްރައިވަރުގެ ލޮލަށް އިރުގެ ސީދާ އަލި / ދަޅަ އެގަޑީގަ އެޅުމުގެ ފުރުސަތެއް ނެތެވެ. ވިއްސާރަ އެއް ނޫނެވެ. ގަދަ އަވި ދީފައެވެ. މަގުގާ ފެން ހެދިފައެއް ނެތެވެ. ކާރު ދުއްވި ފަރާތަށް އިއްސޭ ފެނެއެވެ. ގަސްދުގަ މަޑު ނުކުރި ކަމަށް ބެލެވެއެވެ. އިއްސެ ދިޔައީ ރެޑް ގައެވެ. މަރުހޫމު އިއްސެގެ ފުރާނަ އަށް ހެޔޮ ރަހްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ

The name is already taken The name is available. Register?

ސުޒޭނު

20 December 2022

ކޮމެންޓްތަކުން އެނގޭ ރާއްޖޭގައި ރޯނުއެދުރުން ވަރަށް ގިނަކަން.

The name is already taken The name is available. Register?

މުގާބޭ ބެ

20 December 2022

ދިވެހިންނަކީ ހުރިހާ ގޮތަކުން ވެސް މަމޮޅު ހެދިފައި ތިބޭ ބަޔެއް. ތިމާމެންގެ ބޮޑާކަން ވަރަށް ވުރެ ބޮޑުވެއްޖެއްޔާ ވާނެ ހުރިހާ ކަމެއް މިކުޑަ ދިވެހިރާއްޖޭގައި އެބަ ހިނގާ. ކޮންމެ މީހަކުވެސް ބޭނުންވާނީ ގަވައިދު މުގުރާލާފަ ކަންކަން ކުރަން. އެކަހަލަ މީހުންނަކީ ވަރަށް ގަޓު މީހުން. ހުރިހާ ކަމެއް ކުރަން ބޭނުންވާނި ގަވާއިދާ ހިލާފަށް. ގަވާއިދަށް ހުރުމަތް ތެރިކޮށް ހިތާ މީހާ އެއީ މޮޔައެއް. އެހެންވީމާ މިގައުމަށް ވާނެ އެތި ވެ މިނިމެނީ .

The name is already taken The name is available. Register?

ހެލަމެޓް

20 December 2022

ހެލްމެޓް ހުރީ ނަމަކައް އަޅާފަ ކަންނޭގެ

The name is already taken The name is available. Register?

98643

20 December 2022

ހެލަމެޓިން ބޯ ސަލާމަތް ނުވީ ކީއްވެބާ.

The name is already taken The name is available. Register?

ތަކުރުފާނުގެ ބަފާބެ

21 December 2022

ގިނަ ދިވެހިންގެ ބޮލުގެ ނާށިގަނޑުގެ އެތެރޭގައި "ސިކުނޑި"އޭ ކިޔާ އެއްޗެއް ނުހުންނަނީ ކަންނޭނގެއެވެ. އެހެންވެ ކަންނޭނގެ އެންމެ ފަހުގެ ހެލްމެޓާއި އެހެނިހެން ބޯ ރައްކާތެރި ކުރާ އާލާތްތައް މަސައްކަތް ނުކުރަނީ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

20 December 2022

ކިހިނެތް ވެފަ ތިބި ބައެއްތަ ކޮމެންޓް މިކުރަނީ.ރަތްވެފަ ހުއްޓަސް މަޑުކުރެވެން އޮންނަ ހާލަތުގަ ވޭން ޖެހޭނެ މަޑުކުރަން.02 ވެހިކަލަށް ވެސް މަޑުކުރަން ވަގުތު ލިބުނު.އެކަކު މަޑުކުރާނެކަމަށް އަނެކަކަށް ރޭސް ދެވުނީކަމަށް ބެލެވެނީ.ރަތްވެފަ ހުއްޓޭ ކިޔާފަ އިންސާނަކު ގައިގަ ވެހިކަލުން ޖެއްސުން ޖަސްޓިފައި ކުރަން މިއުޅޭ މީހުން ހާދަ ފޯރިއެއް އެބަހުއްޓޭ.ގަވައިދުގަ އޮންނަ ގޮތަށް ތަ ވެހިކަލް ޕާކްކުރަނީ.ގޯޅިތަކުގެ ކަންމަތީގަ ބޮޑެތި ލޮރީ އެބަ ޕާކްކުރޭ.ލަދު ކޮބާ؟

The name is already taken The name is available. Register?

ހަސަނު555

20 December 2022

ބެލެވޭ ގޮތުގައި ލައިޓަށް މަޑުނުކޮށް ސައިކަލު ދިޔަތަން ވޭނު ދުއްވި މީހާއަށް ފެނެއެވެ. އޭނާ މަޑުކުރަން އުޅެފައިވެސް މަޑުނުކޮށް ދުއްވައިލީއެވެ. ލައިޓެއް ހުއްޓަސްނެތަސް މަގަކީ އެންމެންގެ ތަނެކެވެ. މަގުމަތީގައި ދުއްވަންވާނީ އެންމެންގެ ސަލާމަތާއި ރައްކަލަށް ބަލައިގެންނެވެ. ލައިޓަށް މަޑުނުކުރުން ގޯސް ހަމައެފަދައިން ސައިކަލު އަންތަން ފެނި މަޑުނުކޮށް ދިޔުންވެސް ގޯސް !

The name is already taken The name is available. Register?

ބަސްލު

19 December 2022

ހަމަ އަސްލު ޔަ މީ

The name is already taken The name is available. Register?

އުދުހޭ

19 December 2022

މިފަދަ ވީޑިއޯތަށް އާންމުކުރަންވީ. ކުށްވެރިވާ މީހާއަކީ ކޮބައިތޯ ރައްޔިތުންނަށް އެގެންޖެހޭ.

The name is already taken The name is available. Register?

އޮޑިހަނު

19 December 2022

އަސްލު ބޮޑަށް ލަފާކުރެވެނީ ބޭރުގަ އުޅުނު އިރު ބޭނުން ކުރަމުންދިޔަ ޓްރެފިކް ލައިޓް ސިސްޓަމާ މިތަނުގަ ހުރި ސިސްޓަމާ ކުޑަ ވަރެއްގެ ނަމަވެސް ތަފާތެއް ހުރެގެން އެ މަރުހޫމަށް އޮޅުނީހެން. އަހަރުމެންވެސް ބޭރަށް ގޮސް އުޅޭއިރު ބައެއް ފަހަރު ހަތަރު އަނގޮޅި ކަންމަތިން އޮޅޭ ކޮން ލައިޓެއް ކަމެއް ފޮލޯކުރަންވީ. މިހެންވޭ ލައިޓުތަކުގެ ލޮކޭޝަން ކޮންމެވެސް ވަރަކަށް ތަފާތުވުމުންވެސް.

The name is already taken The name is available. Register?

އަނެއްކަންތައް

20 December 2022

އެއްވެސް ގަައުމެއްގައި ރަތް ދިއްލިފާ ހުއްޓާ ސީދަލަށް ކުރިއަށްދާން ހުއްދައެއް ނުވާނެ.

The name is already taken The name is available. Register?

ހަނުއޮޑި

20 December 2022

ފޮލޯ ކުރަންވާ ލައިޓޭ ފަޅޮލޭ ނުކިޔާ. ޖަމްބޯ ދިޔައީ ގޯސްކޮށް. މަރހޫމަށް ސުވަރުގެ މިނަވަރު ކުރައްވާށި

The name is already taken The name is available. Register?

ބަތޭލި

20 December 2022

ޓްރެފިކްލައިޓަކީ ވަކި ގައުމަކަށް ވަކި ސިސްޓަމެއް އޮންނަ ކަމެއްނޫން. އޭނަ އުޅުނީ ތައިލެންޑްގައި. ތައިލެންޑަކީ ދިވެހިން ނުދަންނަ ތަނެއް ނޫން.

The name is already taken The name is available. Register?

ޜައްޔެތު

20 December 2022

ބައެއް ތަންތާގަ ރެޑް ވެފަ ހުއްޓަސް ލެފްޓްލޭން އިން ދެވޭ

The name is already taken The name is available. Register?

އެއްކަލަކަންތައް

21 December 2022

ހަމަ ކޮމެންޓަކަށް ރިޕްލައި ކުރާހިތުން ކުރަނީ ދޯ ހުރިހާ ކުދިން. ރަތް ލައިޓު އޮޅޭ ވާހަކައެއްނޫނޭ އޮޑިހަނު އެދައްކަނީ. އަދި ޖަމްބޯ ގޯހެއް ނުހަދައެކޭ ނޫނޭ. އެކަމަކު، ޜައްޔެތު އެބުނާހެން ބައެއް ޤައުމުތަކުގަ އެހެން ހުރޭ. ދެން ތިބި ކުދިން އަދި ތިއުޅެނީ އިންޑިއާ ލަންކާއަށް އެކަނި ދޯ ދެވިގެން ފަންހާމަހެއްހެން ތި ފުންމާލަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454