"ފެލާލައިފި" ނަމުގައި ޕީޕީއެމުން ބާއްވާ ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޑިސެމްބަރ 2022 - 23:20
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީނަށް އުފުލާފައިވާ ދައުވާގައި އާދީއްތަ ދުވަހު ހުކުމް ކުރުމަށް ތާވަލްކޮށްފައި ވާއިރު އެ ހުކުމް ވެސް އިންޑިއާއާ ގުޅުވައި އެ މަނިކުފާނު މިރޭ ވާހަކަ ދައްކަވައިފި އެވެ.
"ފެލާލައިފި" ނަމުގައި އިދިކޮޅު ޕީޕީއެމުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އިންޑިއާ އިން ހިތްހަމަނުޖެހޭ ނަމަ، ޖަލަށް ވެސް ލެވިދާނެ ކަމަށާއި އެކަމަކު އެމަނިކުފާނުގެ އަޑު ކަނޑުވާލައި އަޒުމު ގުޑުވާނުލެވޭނެ ކަމަށެވެ.
ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި ޔާމީން ވަނީ އިންޑިއާއާ ދެކޮޅަށް ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވައިފަ އެވެ.
ހުކުމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ، "މޯދީ ހިތްހަމަނުޖެހެންޔާ މާދަމާ ނޫން އަނެއް ދުވަހު ވެސް ޖަލަށް ދާން ޖެހިދާނެ" ކަމަށާއި އެކަމަކު އެ މަނިކުފާނުގެ ވިސްނުން ބަދަލު ނުކުރެވޭނެ ކަމަށެވެ.
"ރައީސް ޔާމީންގެ އަޑެއް ކަނޑުވައެއް ނުލެވޭނެ. ރައީސް ޔާމީންގެ އަޒުމަކަށް ބަދަލެއް ނާންނާނެ. އެހެންވީމާ އިންޑިއާ ކިތަންމެ ރުޅި އަޔަސް އިންޑިއާ މިހާރު ރާއްޖޭގައި ކުރާ ކަންތައްތަކަކީ އަޅުގަނޑުމެން ނަފްރަތު ކުރާ ކަންކަން،" ޔާމީން ވިދާޅުވި އެވެ.
ރާއްޖެއަކީ އިންޑިއާގެ ސަރަހައްދެއް ނޫން ކަމަށާއި އެ މަނިކުފާނަކީ އިންޑިއާއަށް ވިކޭނެ ލީޑަރެއް ނޫން ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.
"ފެލާލައިފި" ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންޑިއާ އާ މެދު އޮތް ނުރުހުން އިތުރަށް ފާޅުކުރައްވައި، ޔާމީން ވިދާޅުވީ އެ ގައުމުން ރާއްޖެއަށް ދެމުންދާ ލޯނުތަކަކީ ހެޔޮ ގޮތުގައި ބޭނުން ހިފޭ ލޯނުތަކެއް ނޫން ކަމަށާއި އެއިން ތަރައްގީގެ މަޝްރޫއުތައް ނުހިންގޭ ކަމަށެވެ. އެ ލޯނުތަކުން ބަޔަކު ބައި އަޅައިގެން ބައި ނަގަމުންދާ ކަމަށާއި މުޅި ރާއްޖެ ވިއްކާލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ކޯޓުތަކުގައި ހިނގާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ތެރޭގައި ވެސް ފައިސާ ހޯދަން އުޅޭ މީހުން ތިބި ކަމަށް ތުހުމަތު ކުރައްވައިފަ އެެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ކިބައިން ފައިސާއަށް އަހާފައި ހުރި މެސެޖްތައް އެބަ ހުއްޓެވެ.
"މި ދައްކަނީ ފުލުހުންގެ މުވައްސަސާގެ ވާހަކަ. ދެން މިތަނުން ކޮން އަދުލެއް ލިބޭނީ. ކޮން އަދުލުވެރި ތަހުގީގެއް ހިނގާނީ." އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
"ފެލާލައިފި" ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޔާމީން ވިދާޅުވީ މި ސަރުކާރުން ކޮސް ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެންމެ ނިކަމެތި މީހާއަކީ ވެސް އަދުލު އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ހުންނަ މީހެއް ކަމަށެވެ. އަދި ފަނޑިޔާރުންނަކީ ގާނޫނުއަސާސީގައި އެންމެ ވަރުގަދަ ބާރު ކަމަށްވާއިރު އެ އަދުލުވެރިކަން ހޯދައިނުދެވޭނެ ނަމަ، ފަނޑިޔާރުން ޖަވާބުދާރީކުރުވާނެ ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު އެވެ. އޭގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޔަާހު
24 December 2022
އެކަން އެހެންވާތީ އެބުނަނީ
ޑރ. ޖަބީން އަހްމަދު
24 December 2022
އުފާވެރި ހަބަރެއް. ދިވެހި ދައުލަތުން ވައްކަންކޮށް ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމުގެ ގައުމީ ރެކޯޑް ކާމިނީ އާއިލާއަށް ލިބިއްޖެ
ހަސަން ފަރީދު
24 December 2022
މީހަކު މިގައުމުގައި 30 އަހަރުވެސް ވެރިކަން ކުރި. އޭރު އާއިލާގެ ދެފަރާތުންނާ ރައީސްގެ އައުވާނުން އެންމެ ފޯރިގައި ކުރިކަމަކީ ހަބޭހަށް ވައްކަން ކުރުން. އެކަމަކު ހުރިހާ ވަގުން މިހާރުވަނީ އިއްޒަތްތެރިންނަށް ބަދަލުވެފައި. ދެންވަކި ޔާމީނަށް އަދަބުދޭންވީ ކީއްވެ
ސާބަސް ޔާނު
24 December 2022
ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ "ގޭންގް އެންޑް މާފިއާ ލީޑަރު" އެނގޭ. އެކަމަކު މޯލްޑިވްސް ގޭންގް އެންޑް މާފިއާ ލީޑަރު އެކަކަށްވެސް ނޭންގޭ. ރައީސް ޔާމީނުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން އެމީހަކު ހޯދާ ދިވެހިންނަށް ދައްކަން ވައުދުވާނަމަ އަޅުގަނޑުގެ ވޯޓު ޔާމީނަށް
ބޮޑުމީހާ
24 December 2022
ޔާމީނަށް ހުކުމްކޮށް ޖަލަށްވެސް ލާންވީ، އެކަމަކު އަދީބު ގިޓާ ކުޅެން ބަހައްޓާފަ، އެސްއޯއެފް މީހުންނަށް ދައުވާނުކޮށް ނިންމާ، މަހްލޫފް މިނިސްޓަރަކަށް ބަހައްޓައިގެން ޚިޔާނާތުގެ 280 ބައިވެރިން ދޫކޮށްލައިގެން ކުރެވޭ ހުކުމް ބަލައިގަންނަން އުދަގޫވާނެ
ރަސްސް
24 December 2022
އެންމެނަށް އަދަބުދީ ނިމެންދެން ޔާމީން ބަހައްޓަންވީދޯ؟
އަފްފާސިޔާބު
24 December 2022
ފުރަތަމަ ހުކުމް ކުރަންވީ ރައީސް ޔާމީނަށް. ކުށްވެރިވާނަމަ ކުރާ ހުކުމް ދެގުނަ ކުރަންވީ. އެއީ ގައުމުގެ ރައީސެއްގެ ގޮތުގައި ހުރެ ކުށްކުރީމާ. ދެން ނާއިބް ރައީސް އަދީބަށް. ދެން ކުދިވަގުންނަށް. ސިފައިންގެޑިއުޓީގައި ހުރެ ދޫގަސް އަށް ޑޮލަރު ގުނަން ވަން މީހާއަށްވެސް އަދަބު ދެގުނަ ކުރަންވާނެ.
ބޭރުވެލާ
24 December 2022
އަދިވެސް ހަމަބިމައް ތިރިވާކަށް ނުވޭތަ؟މުޅި ރާއްޖެއިން އެކަކަށް އެންމެ ބޮޑައް ދައުލަތް ލޫޓް ކުރުމުގެ ދިގު ސަގާފަތެއް ގެންގުޅުނު މީހެއް...
ކައީ
24 December 2022
ޔާމިނޫ މޯދީ ސަލާބުނި އިންގޭ.
އަސޭލ
24 December 2022
އަދިވެސް ކެވުނުލެއް މަދީތަ، ފުރަތަމަ 25 ބުރިޔައް ނަގާފަހުރި ގެ އެއީ ކޮންތާކުނަ ހޯދި ފައިސާއަކުން ހެދި ތަނެއްތޯ ނިކަން ބުނެދީބަލަ.
އެމްސް
24 December 2022
ސިޔާސީ އެންމެން ޖަހާ ސަކަރާތުގަ އެއްވެސް ކަމެއް ރަގަނޅު ނުވެ، ޤައުމު ފުނޑެނީ! އެމްއެމްޕީއާރުސީން ބިލިޔަނުން ފައިސާ މަދުވުމުންވެސް، އެންމެ ކުޑަމިނުން އިޙުމާލުވާނެ ބަޔަކުވެސް ނެތް!
އެކަލޯ
24 December 2022
އިންޑިޔާ ހިތްހަމަ ޖައްސަންތަ މިލިޔަން ޑޮލަރު އެކައުންޓަށް ވެއްދީ . ޢަދި ދޫވެއްސަށް ފައިސާ ވެއްދިކަމަށް ވިދަޅުވެވުނީ.