ޚަބަރު / ފެނަކަ ކޯޕަރޭޝަން

އެއް މިލިއަން ޑޮލަރުގެ ޗެކްތަކުގެ މައްސަލައިގައި ފެނަކަ އިން ދައުވާ ކޮށްފި

ފެނަކައިގެ އިންޖީނުގެއެއްގައި މަސައްކަތް ކުރަނީ: އެ ކުންފުންޏަށް އެއް މިލިއަން ޑޮލަރު ގަންނަ ދޫކުރި ޗެކްތައް ބައުންސްވި މައްސަލާގައި ޝަރޫ ލޯންޗް ސާވިސް އާއި އެ ކުންފުނީގެ އިސް ދެބޭފުޅެއްގެ މައްޗަށް ވަނީ ދައުވާކޮށްފައި. --ފޮޓޯ: ފެނަކަ

ލޯންޗްގެ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އިން ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަންނަން ދޫކުރި ޗެކްތަކަށް ފައިސާ ހޯދުމަށް ފެނަކަ އިން ދައުވާކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފެނަކަ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިދިޔަ ޑިސެމްބަރު 15 ގައި ވަނީ ކޯޓަށް ބަލައިގެންފަ އެވެ. އެއް މިލިއަން ޑޮލަރު ގަތުމަށްޓަކައި ފެނަކަ އިން ދޫކުރި 17 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ދައުވާ ކުރަނީ ޝަރޫ ލޯންޗް ސާވިސްގެ އިތުރުން އެ ކުންފުނީގެ އިސް ދެ ބޭފުޅެއްގެ މައްޗަށެވެ.

މި މައްސަލާގައި ކޯޓުގައި އަދި ކުރިއަށް ގެންދަނީ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާ ކަމަށް ވެ އެވެ.

މި މައްސަލާގައި ފެނަކަ އިން ދައުވާކުރާ ދެ މީހުންގެ ނަން، "މިހާރު" އަށް އެނގުނަސް ހިޔާލު ފާޅު ކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނާ ހެދި އެ ތަފްސީލްތައް މިވަގުތަށް ހާމަ ކުރެވޭކަށް ނެތެވެ.

ފެނަކަ އަށް ދޫކުރި ޗެކްތަކުގެ މައްސަލާގައި ޝަރޫ ލޯންޗް ސާވިސްގެ އިސް މުވައްޒަފަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ އިސް މުވައްޒަފަކު ކުރިން ހައްޔަރު ކުރި ނަމަވެސް އެ ދެ މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ފެނަކަ އިން ދައުވާކުރާ، ޝަރޫ ސާވިިސްގެ އިސް ދެ މުވައްޒަފުންގެ ތެރެއިން އެކަކީ ފުލުހުން މި މައްސަލައިގައި ކުރިން ހައްޔަރުކޮށް ފަހުން ދޫކޮށްލި މީހާ ކަމަށް އެނގިފައިވެ އެވެ.

ގެރެންޓީގެ ގޮތުގައި ޗެކްތަކުގެ ނުފުށުގައި ސްޓޭމްޕެއްގެ ގޮތުގައި ޖަހާފައި ވަނީ އެމްސީބީގެ ތައްގަނޑެކެވެ. އެ ބޭންކުގެ ނަމުގައި ކޮށްފައިވާ ސޮޔާއި ތައްގަނޑަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫންކަން އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކުތަކެއް، ޝަރޫ ލޯންޗް ކުންފުންޏަށް ފެނަކަ އިން ދޫކުރީ 15.42ރ. ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ގަންނަން ދިން ތިން ޗެކް ވެސް ބައުންސްވި ހިސާބުންނެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދޫކުރީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށެވެ. އެކަމަކު 17 މިލިއަން ރުފިޔާ އަކީ 15.42 ރުފިޔާގެ ރޭޓުން 1 މިލިއަން ޑޮލަރު ގަންނަ ނަމަ 1.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފެނަކަ އަށް ދޫކުރި ޗެކްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން ބަލަނީ މި މައްސަލައިގައި ނުފޫޒުން ކޮރަޕްޝަންގެ އެެއްވެސް އަމަލެއް ހިންގާފައިވޭތޯ އެވެ.

ޗެކްތަކުގެ މައްސަލާގައި ފެނަކަ އިން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކުރާ އިރު، އެފަދަ މައްސަލައެއްގައި ސްޓެލްކޯ އިން ވެސް ވަނީ ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާކޮށްފަ އެވެ. ސްޓެލްކޯ އިން ދައުވާ ކުރަނީ އެ ކުންފުންޏަށް ވެސް ދެ ލައްކަ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރޫ ލޯންޗް ސާވިސް އިން ނެގި މައްސަލައިގަ އެވެ. މި މައްސަލަ ޑިސްޕިއުޓް މަރުހަލާ އިން ހައްލެއް ނުލިބުމުން މިހާރު ވަނީ ޝަރީއަތަށް ވެސް ފޮނުވައިފަ އެވެ.

11 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަން

22 August 2017

ސައްހަ ނޫން ތައްގަނޑެއް ނަމަ މިހާރު އެކަން އޮންނާނީ ސާބިތު ވެފަ..

The name is already taken The name is available. Register?

އެހެންވީމާ

16 January 2017

އަސްލު ބްލެކްމާކެޓް އުފައްދަނީ ވެސް ސަރުކާރުން ތާ!

The name is already taken The name is available. Register?

ސަރުޖީ

15 January 2017

ތި މީސްމީހުންގެ ނަންތައް ޙުކުމުގަިވެސް އިއްވައިގެން ނުވާނެ. މިނިވަން

The name is already taken The name is available. Register?

ބްލެކް

15 January 2017

ބްލެކް މާކެޓް އުފައްދަނީ އަސްލު މިވެރިން. ނަންވާނީ ވިޔާފާރިވެރިން

The name is already taken The name is available. Register?

އަލީ

15 January 2017

ތި ޝަރޫ ލޯންޗު ސާވިސް އަކީ ހާދަހާވާ ވަރުގަދަ ކުންފުންޏަކަށޭދޯވާނީ ސަރުކާރުގެ ހުރިހާ އިދާރާޔަކުން އެމީހުން އަތުން ޑޮލަރު ގަންނަން ފައިސާ ހަވާލުކުރަންޏާ. ހާދަހާވާ އިތުބާރެއްވެސް ކުރެވޭބަޔަކަށޭދޯވާނީ ގައިމު އަހަރެން އަތަކައް ސަރުކާރުން ޑޮލަރުކޮޅެއްގަންނަން އެންމެ ރުފިޔާއެއްވެސް ދޭނެހެނެއް ހީއެއްނުވޭ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

15 January 2017

ޝަރީފް ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދޫކުރީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށެވެ. އެކަމަކު 17 މިލިއަން ރުފިޔާ އަކީ 15.42 ރުފިޔާގެ ރޭޓުން 1 މިލިއަން ޑޮލަރު ގަންނަ ނަމަ 1.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެކަމަކު ކޮރަޕްޝަނެއް ނެތޯލަ، ބޯޑުންވެސް ފާސްކޮށްގެނޯލަ، އަނެއްކާ ކޮންކަހަލަ ބޯޑެއްބާ! މިކަމުގަ ޒިންމާ ވާންޖެހޭނީ ކުރީގެ ރައީސް ނަޝީދު ތޯއްޗެ.

The name is already taken The name is available. Register?

ޕޮގްބާ

15 January 2017

ތިޔަ ވިދާޅުވި އިތުރުވާ 1.5 މިލިއަން ރުފިޔާ އަކީ މަސައްކަތުގެ ފީ ކަމަށް ވާނީ؟؟ ނޯ ވޮރީސް.

The name is already taken The name is available. Register?

ފާތިމާ

15 January 2017

ރައީސް ޔާމީން ސަރުކާރަކީ ކޮރަޕްސަން ހާއްޔެއް! ވޯޓު ދޭނީ މޮޔައެއް.

The name is already taken The name is available. Register?

ޑޮލަރ

15 January 2017

ތިޔަހާ ބައިވަރު ލާރި ދޭއިރު އެ ކުންފުންޏަކީ އެހާ ގިނަ ޑޮލަރ ވިއްކޭނެފަދަ ޤާބިލް ބައެއްތޯވެސް ބަލާނުލާތަ. ގައިމު ތިޔަ މުއާމަލާތް ހިންގީ ކުންފުނީގެ ހަތަރު ފާރެއްނޫން. އަދި އޮފީހުގެ ވެސް ހަތަރުފާރެއްނޫން. ތިޔަކަން ކުރި ބައެއްގެ ނަން ނުޖަހަނީ ޤައުމީ ސަލާމަތަށްޓަކައިތަ؟ ރައްޔިތުން ބޭނުންވާނެ އެއީ ކޮން ބައެއްކަން އެނގެން.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

15 January 2017

ބޯޑުން ފާސްކޮށްގެނޯލަ، ކޮރަޕްޝަން ބޯޑެއްކަން ސާބިތުވާނެބާ! ޒިންމާ ވާނެބާ!

The name is already taken The name is available. Register?

ސސ

15 January 2017

ދައުލަތުގެ ކުންފުނިތަކުން ޑޮލަރު ގަންނަންޖެހެނީ އެމްމެމްމޭ އިން ނުންތޯ؟ ތިގޮތަށް މީހުން އަތުން ޑޮލަރު ގަނެވޭތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454