ކެމްޕޭން ބައްދަލުވުމެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: ވޯޓާސް ލިސްޓާ ހެދި ޕްރައިމަރީ އިންސާފުވެރި ނުވާނެ ކަމަށް ވިދާޅުވެ ގިނަ ޝަކުވާތަކެއް ވަނީ ޕާޓީއަށް ހުށަހަޅުއްވާފައި. -- ފޮޓޯ | އެމްޑީޕީ
02 ޖެނުއަރީ 2023 - 13:14
އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވަން އުޅޭ ދަފްތަރުން 39،000 އަށް ވުރެން ގިނަ މެމްބަރުން އުނިކޮށްގެން ބާއްވާ ޕްރައިމަރީ އިންސާފުވެރި ނުވާނެ ކަމުގެ ކަންބޮޑުވުމާ އެކު އެ މައްސަލަ ބަލައިދޭން ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވައިފި އެވެ.
ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވާ، ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ވޯޓާސް ލިސްޓާ ގުޅޭ މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ. އެ ޓީމުން ތުހުމަތުކުރާ ގޮތުގައި އިނގިލީގެ ނިޝާން ނުޖަހާތީ އާއި އެހެން ޕާޓީއެއްގައި ނަން އޮވެގެން ކަމަށް ބުނެ 39،393 މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކުރީ ހީލަތްތެރި ރޭވުމަކުންނެވެ.
"މިއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެކެވެ. މިއީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ،" ކެމްޕޭނުން ނެރުނު ބަޔާނުގައިވެ އެވެ.
"މާފަހުން އެކުލަވާ ޝަރުތުތަކެއް، މާއިހުއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއަ މެންބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުން ވެސް އަދި ގާނޫނުގެ ދަށުން ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވާ ހިނދު، ގަނޑުކޮށް އުނިކުރި މެންބަރުންގެ މެންބަޝިޕް އިޔާދަކޮށް، އެމެންބަރުންގެ ސިޔާސީ-މަދަނީ ހައްގުތައް ހިމާޔަތްވާނެ މަގުން، އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް މި ކެންޕެއިނުން ޕާޓީގެ ޗެއާޕާސަނާއި އިސް އޮފިޝަލުންގެ މައްޗަށް ގޮވައިލަމެވެ."
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕްރައިމަރީގެ ކަންކަން ހިންގަން ޖެހޭނީ އެކުލަވާލާ ކޮމިޓީއަކުންނެވެ. އަސާސީ ގަވާއިދުގައި ބަޔާންކުރާ ގޮތަށް އެ ކޮމިޓީ އެކުލަވާލުމުގެ މާކުރިން، އިންތިހާބާ ބެހޭ ކަންކަން ކުރިއަށް ގެންދިޔަ ކަމަށާއި އެއީ އަސާސީ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަަމަށް ވެސް ނަޝީދުގެ ކެމްޕޭން ޓީމުން ތުހުމަތުކުރެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ފުރަން ޖެހޭ ތާއީދު ފޯމު ވެސް މާކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓީމަށް ލިބިފަ އެވެ. މިކަން ވަރަށް ހާމަކަން ބޮޑުކޮށް ހިންގުމުން އެ ފަރާތްތައް ހޯދައި ފިޔަވަޅު ނޭޅުމަކީ ޕްރައިމަރީގެ މަސައްކަތުގައި އިންސާފުވެރިކަން ގެއްލިފައިވާ މިންވަރު ކަމަށް ނޫސް ބަޔާނުގައި ބުންޏެވެ.
ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލެވޭނެ ކަމަށް ޕާޓީން ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށެވެ. ޕާޓީން ނިންމާފައިި އޮތީ މިދިޔަ މަހުގެ 18އާ ހަމައަށް ރަޖިސްޓްރީގައި ތިބި އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ.
"އެހެން ނަމަވެސް އެ ތާރީހުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނުހިމެނޭ 457 މީހަކު އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވެ އެވެ. މިކެމްޕޭނަށް ގަބޫލުކުރެވެނީ އެ މީސްމީހުން ދަފްތަރުގައި ހިމަނާފައި އެވަނީ ވާދަވެރި ކެނޑިޑޭޓަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ،" ނޫސް ބަޔާނުގައިވެ އެވެ.
ޕްރައިމަރީއާ ގުޅިގެން ނަޝީދުގެ ޓީމުން މި ޝަކުވާތައް ހުށަހަޅާފައި ވިޔަސް އެމްޑީޕީން ބުނެފައި ވަނީ ދަފްތަރު ސައްހަކުރީ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިގެން ކަމަށެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ލިސްޓު ސައްހަ ކުރަން ޖެހުނީ އެހެން ޕާޓީތަކުގައި ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު އެމްޑީޕީގައި ތިބުމުންނެވެ. އެ ދަފްތަރު މިހާރު އޮތީ، ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި ކަމަށް އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަގުލިސްޓް
02 January 2023
އެމްޑީޕީ މެމްބަރުންގެ ގޮތުގައި އިލެކްޝަން ރަޖިސްޓްރީގައި ނެތް އެތައް އެތައް މީހުންނެއް އެމްޑީޕީން ނެރޭ އެމީހުންގެ މެމްބަރުންގެ ލިސްޓްގައި ތިބެގެން އެމްޑީޕީ ޕްރައިމަރީތަކުގައި ވޯޓްދެމުންދާކަން ޚުދު އަހަރެންވެސް ދައްނަން ، ތިއަންނި އާއި އޭނާގެ އައުވާނުންނަކީ ހުރިހާކަމެއްގައިވެސް މަކަރާއި ހީލަތުން އުޅޭބައެއް، އެމީހުން ބޭނުންވާ ނަތީއްޖާ ޕްރައިމަރީތަކުގައި ނެރެންވެގެން ތިމަންނަމެންގެ މެމްބަރުންނޭ ކިއާފަ އެކަހަލަ އެތައް ވަގުލިސްޓެއް އެމީހުންގެންގުޅޭ
އެމްސް
03 January 2023
މާނައަކީ އެމްޑީޕީއަކީ އުފެދުމުގަވެސް ބާޠިލް ޕާޓީއެކޭ؟
އިންތިޚާބީމިސްކިތުމުދިމު
02 January 2023
ތި ކެނެރީގޭ މުޙައްމަދު ނަޝީދު އެމް ޑީ ޕީ ރިޔާސީ ޕްރައިމަރީން ބަލިކުރައްވައި އޭނާގެ އެހީލަތްތެރި މަކަރުވެރި ރޭވުންތަކުން މިޤައުމު ސަލާމަތްކޮށްދެއްވައި އިސްލާމްދީނަށް ހިމާޔަތާއި ނަޞްރު ދެއްވާށި އާމީން
ވިކްޓްރީ 7 ފެބް
02 January 2023
ބޮލުގައި ބަޑިޖެއްސީއޭ ބުނާމީހުން އަނެއްކާވެސް ބަލި ގަބޫލުނުކުރާނެ ބަހަނާ އެއް އުފައްދަން 39ހާސް މެމްބަރުންނޭ ކިޔާ ހިތުން މޮޅު ހީލަތެއް އުފެއްދީ! އެކަމަކު ތިޔަވެވެނީ ރައްޔިތުންނަށާ ސިޔާސީ އެހެން ޕާޓީތަކަށް ތިޔަ ނަންކުރާ ޕާޓީން ޣައްދާރުވީ ކަމުގެ އިޢުތިރާފެއް!! ސިޔާސީ ޕާޓީތަކަށް އޮންނަ ދައުލަތުގެ މާލިއްޔަތު ފޯޖްކޮށްގެން ކަޅާކުރަމުން އައި ވާހަކަ. އިބޫއަށް ތިދިއްކުރާ އިނގިލި ސީދާނަނަ ތީ ބޮޑު ޚިޔާނާތެއް!
ހަނދާން
02 January 2023
"މިއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެގާތް މެންބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެކެވެ. މިއީ ބަލައިގަނެވޭނޭ ކަމެއްނޫނެވެ،" ކެމްޕޭނުން ނެރުނު ބަޔާނުގައިވެއެވެ." އެންމެ ގާތްމީހުން ތިބޭނީ ވޯޓެއް ނުގެއްލޭވަރަށް ރައްކާތެރިވެ ކުރިޔަށްލާ ފުރިހަމަ ފޯމެއް ހުށަހަޅައިގެން. އަވަސް އަރުވާލައިގެން ބަޔަކު ވޯޓު ހޯދުމުގެ ބޭނުމުގައި އިސްމަޤާމްތަކަށް ކުރިމަތިލީމީހުން ކުރުވިކަމެއް ފުރިހަމަނުވާ ފޯމު ހުށަހެޅުވީ.
މަކަރިއިބޫ
02 January 2023
މިހާރު އެމް ޑީ ޕީ ގަ ވ މީހުން މަދުވާނެތާ! 39000 މީހުން މަދުވީމް ދެން ކީއްވެބާ ދެން ޗެއަރޕާސަން ހޮވި އިރު ތ 39000 މީހުން ތިނބީ ކީއްވެ. އެހެންވީމަ ތި ޗެއަރޕާސަން ގެ ވޯޓުވެސް ސައްހައެއްނުވާނެނު އަލުން ޗެއަރޕާސަން ހޮވަން ގޮވާލަން މުޅިންވެސް މަކަރު އިބޫ އަހަރުމެން ވޯޓެއްނުދޭނަ ް ދެން
ގަމު މީހާ
02 January 2023
މާ އިހެއް ފަހެއް ނޯންނާނެ.. ޤާނޫނާއި ޤަވައިދުން އެހެން ޕާރޓީތަކުގެ މީހުންވެސް ނިޝަން ނެތޭކިޔާފައި އިލެކްޝަނުންވަނީ ބޭރުކޮށްފައި މި މީހުންގެ ބާރު އޮތީމަ އޭރު އިލެކްޝަނުން އމޑޕ ގެ މީހުން ނުކަޑާ އޮތީ.. ގާނޫނުގެ ކުރިމަތީގައި ހުރިހާ ޕާރޓީއެއްވެސް ހަމަހަމަ.... ތީ ހަމަ ވަގުމެންމަރުން ޖަހައިގެން ތިއުޅުނީ މިހާދުވަހު ދައުލަތުން ނުހައްޤުފައިސާ އަތުލަން..
ފޭދޫ މިހާ
02 January 2023
ވާނުވާ ނޭނގި ކޮމެންޓް ތިކުރެވެނީ... އަދި އޅުންފިލުވާފައި އަލުން ކޮމެންތް ލިޔަން ފެންނަނީ! އެމްޑީޕީ މީހުން އީސީ ދަފުތަރުން ނުކަނޑޭ ތަ ތިބުނީ؟
ބުރޮ
02 January 2023
ތި ސޯލިހު ފެކުޝަނުން މީހުންނައް ނޭގި އެކި ޕާޓީތަކައް އެމްޑިޕި މެންބަރުން ތަކެއް ރަޖިސްޓުރި ކުރީ އޭރައް އޮޓޯއިން އެމްޑިޕި އިން އެމީހަކު ވަކިވަނީ. ގަސްދުގައި ކުރިކަމެއް
ސައިޚް
02 January 2023
އެމް.ޑީ.ޕީ. ފުނޑާލަން އައި 2 މީހުން އެކަން އެކުރަނީ، މުޅިން ގަވާއިދާ ޚިލާފުކަންކަން ހިންގަނީ، ރައީސް ނަޝީދުގެ ބޭބެ ކަނޑާލީ ކޮންޕާރޓިއެއްގަ ނަންއޮވެގެންބާ.؟ ލައިލާ އަލީ ކަނޑާލީ ކޮންޕާރޓީއެއްގަ ނަންއޮވެގެންބާ.؟ ފައްޔާޒޫ ކަލޭވެސް ބުއްދިގޯސްމީހުންތިބޭތަނައް ގެންދަން ލަސްވެއްޖެ.
ޖިންބުރަފީލް
02 January 2023
ތިޔަ އުނިވެގެން އުޅުނު ބަޔަކު ވެއްދޭހާ ދުވަސް އަދިވެސް ނުވަނީތަ، މިވަގުތަކު އެވާހަކަ ހިލުވާލައިގެން ތިޔަ އުޅެނީ
ޒައިދް
02 January 2023
އުނި ކުރީ ރާވާގެން އެކަން ބެލެންޖެހޭނެ
ދިލް
03 January 2023
މުނާސަބު ވަގުތުގައި ބުނާ ބަހުގެ އަގު މަތިވާނެ!
ގެދާނޯމޮސް
02 January 2023
ބުއްދީގެ ދަށުންނޭ ނުކިޔާ ؛ ތިޔަބުނާއެއްޗެއްގެ ދަށުންނޭ ، ވިދާޅުވުން އެދެމެވެ.