ހުޅުމާލެ ޕޮލިސް ސްޓޭޝަން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
03 ޖެނުއަރީ 2023 - 00:03
ހުޅުމާލެ އެޗްޑީސީ ބިލްޑިން ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޕޮލިސް ކާރެއްގައި މިރޭ ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕާކިން އޭރިޔާގައި ޕާކުކޮށްފައި އޮތް ކާރުގައި ރޯކޮށްލި ކަމުގެ ރިޕޯޓެއް 7:40 ހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް، ގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކެއް ނުވެ އެވެ.
"އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން." އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
03 January 2023
ތިޔަ ވާނީ ކާރުތައް ޓޯގް ކުރާތީ ރުޅިއައިސްގެން ބަޔަކު ކުރި ކަމަކަށް1
ހަސަނު
03 January 2023
މަޑުކޮށްބަލަ، ޕޮލިހުންގެ ކާރެއް އެހާ ފަސޭހައިން ރޯ ކޮށްލެވޭނަމަ އަހަރުން އާންމު ރައްޔޮތުން މި ތިބެނީ ކޮން ހާލެއްގަ؟ ގޭންގު ކުދިން އުޅެނީ ސިޔާސީ މީހުންނާ ގުޅިގެން.. އެކަމާހެދި ޕޮލިހުންނަށް ގޭންގު ކުދިނ ގައިގަ އަތް ނުލެވޭނަމަ ގައުމު ހަލަކުވާނީ..
އެސްއީ
03 January 2023
ތި ވާނީ މި ގޭންގުތަކުގެ ކަމަކަށް.
ޅެންއަލިބެ
03 January 2023
ގައުމުގެ ގަވާއިދާއި ގާނޫނު ބަލަހައްޓާނިޒާމުގެ ދޯދިޔާކަން މިފެންނަނީ. އެބަޔަކު އުޅޭނެގޮތަކަށް އުޅެން ބޮޑުތަނުން ދޫކޮށްފައި އޮތުމުގެ ހިތިނަތީޖާ. އެއްވެސް ބިރެއްނެތި މީހުންގެ ގަޔަށް ބޮލަށްއަރާ މާރާމާރީހިންގާ ރޯއައުގުރާނަ ގޮވާ ކަންކަންމަތީ އުޅޭއިރު ޗަހޭވެސް އަހާލަންނުކެރި މިތިބެނީ. އެންމެފަހުން ފުލުހުން ސިފައިން ގަޔަށް އައްލާ މުދަލަށް ގެއްލުންދޭންމިފެށީ. މާދަމާ ސަރުކާރުގެ އިމާރާތްތަކަށްވަދެ މީހުން ރޯނާކޮށްލާތަން ފެންނާނެ.
ގައުމުގެ ހާލަތު.
03 January 2023
ސުވާލަކީ، ރޯކޮއްލީމަ ކާކައްހޭ ފައިދާ ވަނީ؟ ފައިދާވާނީ މުޖުރިމުންނައް. ފުލުހުންނައް ގައުމުގެ އަމާންކަމާ، ގާނޫނު ނަގަހައްޓަން ނުކުޅެދުނީމަ، އޭގެ އެންމެ ބޮޑުފައިދާވަނީ ޑްރަގް ވިޔަފާރި ކުރާމީހުންނައް. އެއީކީ މައްސަލައެއްނޫން. މިގައުމުގަ އެންމެ ފައިދާވާ، ފާޅުގަ ކުރާ އެންމެ ބޮޑު ވިޔަފާރިއަކީ ޑްރަގްސް، އަދި ސަރުކާރުގެ ‘ޕްރޮޖެކްޓް’ ތައް. ކޮންމެ ދުވަހަކު މިލިއަނަރުން އުފެދޭ މިދެކަމުން!
އަލީހަމީދު
03 January 2023
އެކަންތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރޮކުރަން.
ށަވިޔަނި
03 January 2023
ކަމަކާ ހިތްހަމަނުޖެހުނީމަ ބަޔަކުދެކެ ރުޅިއައީމަ ރޯކުރުމުން މުދަލައް ގެއްލުން ދިނުމުން އެ ރުޅިއައި ސަބަބުނެތުނީތަ؟ ނުނެތޭ. ލިބުނީ ކޯޗެއް؟ އެއްވެސް އެއްޗެއްނުލިބޭ. މީހަކު ފައިސާދީގެން ކުރުވިކަމެއް ނަމަ އެލިބުނީ އަލިފާން. ދުނިޔެމަތިން ފިލައިގެން އުޅެވުނީމަ މާ މޮޅުކަމެއް ކުރެވުނީތަ؟ އެހެން ދުވަހެއް އެބައޮތް. ފިލައިގެން އުޅެވެން ނެތްދުވަހެއް. ފުލުހުންގެ ސުވާލުތަކާކުރިމަތި ލުމުގެކުރިން މަލާއިކަތުންގެ ސުވާލާ ކުރިމަތިލާންވެސް ޖެހިދާނެ. ވިސްނާލާ.
ހޭކެނޑޭ
03 January 2023
މިހާރުން މިހާރަށް އެބަޔަކު ހޯދާ ހައްޔަރުކޮއް ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށް ދެކެން. ޤައުމު މިހާރު ކޮންޓްރޯލް ކުރަނީ ގޭންގް ކުދިން ކޮލުހެން ހީވަނީ.
ހޭކެނޑޭބޯ
03 January 2023
ކޮންޓްރޯލް ކުރަން ދޫކޮށްލީމާ ކޮންޓްރޯލް ކުރާނެދޯ.
ވެބޫ
03 January 2023
ތިޔަކަންވެސް އެވެރިންނައް ނުބެލޭޅޭ
އަހްމަދ
03 January 2023
ތިހެން ބަލަންޖެހޭ ކަންކަން ބަލަބަލާ ތިއްބަ ގެއްލިގެން ހޯދާ މީހުންވެސް ފެންނަވަރު ވަނީ މީހަކު ގެއްލުން މީހާ އާއއކީ ސެލްފީ ނަގާފަ ސޯޝަލް މީޑިއާއަށް ލީމަ.. ކެކެކެ
އެންޖީ
03 January 2023
ކޮން ކެކެކެ އެކޭ ކިޔާކަށް!
ދެރަ
03 January 2023
އެދެން މާމޮޅު ކަމެއްތަ؟ ކޮންމެ މީހެއްގެ ފުލުގަ ފުލުހަކު ބެހެއްޓޭތަ.