ފުލުހުން އަތުލައިގަތް މަސްތުވާތަކެތި: ތުހުމަތުކުރެވޭ ހަަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި.
08 ޖެނުއަރީ 2023 - 11:03
ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 11.26 ކިލޯގެ ކެނަބިސް މާލެ އިން އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަސްތުވާތަކެއްޗާ އެކު ތުހުމަތުކުރެވޭ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލެ އާއި ހުޅުމާލޭގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ތިން ސަރަހައްދަކާއި ހުޅުމާލޭގެ ސަރަހައްދެއް ފުލުހުން ބަލާފައިވެ އެވެ.
މި ފަހަކަށް އައިސް ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ އެވެ. އެކަމަކު މި ތަކެއްޗާ އެކު ހައްޔަރުކުރާ ބޮޑުން ދޫވުމުގެ މައްސަލަ ބޮޑެވެ.
ޑްރަގުގެ ބޮޑުން ކަމަށް ތުހުމަތުވާ ގިނަ ބަޔަކު މިނިވަންކަމާ އެކު އުޅޭ މައްސަލައިގައި ފުލުހުންނާއި ޕީޖީ އޮފީހާއި ކޯޓުތަކަށް ވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަންޕްސް
08 January 2023
ބޮޑުން ދޫވަނީ އެވެ. ގާނޫނު އަސާސީގައި ހުރި ލު÷ް ހޯލް ތައް ބައްދާލައި ގައުމު ރަގަޅު މިސްރާބަކަށް ގެންދަން އަނެއް ދިވެހިރާއްޖެ އަށް ދާން އަހަރެމެންގެ ވޯޓުން 65 މެންބަރުން ހޮވުނު ކަމާއިމެދު ދެރަވޭ. އަދިވެސް ގާނޫނު އިސްލާހުކުރަން ލިބުނު ސްޕާރ މެޖޯރިޓީ މަދުވަނީތޯ، ހަމަ ކޮންމެ ޖަލްސާއެއްގާ ތިމާވެށި ހިމާޔަތޭ ކުނީގެ ގާނޫނޭ ކިޔައިގެން ތިބެނީ. ގައުމުގެ އަސްލު މައްސަލަ އިސްލާހު ނުކުރެވިގެން ތިޔަ އުޅެނީ ކީއްވެހޭ.
ވާނުވާ.
08 January 2023
ޢަނެއްކާ ތީތި ރަގަޅައް ހެޑުލް ކުރާތި ޕޮލިސް! ނޫނީ ތި 4 މީހުން ނުކުންނާނެ ބެެކް ޑޯ އުން
އެމްސް
08 January 2023
11 ކިލޯގެ ކެނަބިސް ގެންނަން ފައިސާ ދެއްކޭނީ ހަމަގައިމުވެސް މަލްޓިމިލިޔަނަރަކަށް! މަސްތުވާތަކެތި އެތެރެވުން ނުހުއްޓުވޭ 1 ސަބަބަކީވެސް އަސްލު ބޮހާއި ފަންޑް ކުރާފަރާތް ހޯދަން ނޫޅެ ހަމައެކަނި ގެންގުޅުނު މީހުނަށް ޝަރީޢަތް ހިންގޭތީ!
1828
08 January 2023
އެއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަކަމަކީ. އަބަދުވެސް ފުލުހުން ދުވާނީ އެތިކޮޅު ގެންގުޅޭ ޕާޓޭ ސޮރު ފަހާ. އެކަމަކު ފުލުހުންނަށް އިނގޭނެ ފަންޑުކުރަނީ ކާކުކަން ކިހިނެއްކަން.
ޖަމީލުބެ
08 January 2023
الحمد لله
ރިޓަޔަރޑް ޕޮލިސް
08 January 2023
މިދިޔަ އަހަރު 100 ކިލޯތަކުގެ ބަސްޓުތަކަށްފަހު، މަސްތުވާ ތަކެތީގެ ބޮޑެތި އަދަދުތަކުން ހައްޔަރުކުރާ ބައެއް މީހުންގެ ވަނަވަރު އާއްމުކުރާތީ ޕޮލިސް ކޮމިޝަނަރު ހަމީދަށް ވަނީ ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވެފައި. އެމީހުންނަކީ ޕޮލިސްގެ އިސް ވެރިންނާ އަދި ބައެއް ސިޔާސީ ފަރާތްތަކާ ގުޅުން އޮންނަ މީހުން ކަމަށްވާތީ ބައެއް ކޭސްތަކުގެ ޑީލަރުންގެ ފޮޓޯ މިހާރަކު އާއްމެއް ނުކުރާނެ. ކޮންޓެއިނަރުވެސް އަދި މިފަހުން އަތުލި ކިލޯ ހަމަވާ ހުރިހާ ކޭހެއްގަވެސް!
ޖނުޖ7ޖނ
08 January 2023
އެކަމަކު މި ތަކެއްޗާ އެކު ހައްޔަރުކުރާ ބޮޑުން ދޫވުމުގެ މައްސަލަ ބޮޑެވެ..މީ މިކަން އިންތިޒާމު ކުރެވިގެން ހިންގާ ގޮތް... ހަމަ ހުރެފަ ވާ ކަންކަމެއް ނޫން މީކީ
އަބުދުގެ އައްލޫ
08 January 2023
ކިހިނެތްތަ ދިވެހިންނަށް ވެގެން މިއުޅެނީ. 24 ގަޑިއިރުތެރޭން 8 ގަޑިއިރު ނިދާފަ، ކައިބޮއެފަ ލިބޭ މަދުވަގުތުކޮޅެއް މިއޮންނަނީ، އެވަގުތުކޮޅުގައިވެސް މިމީހުން ބޭނުމެއް ނުވޭ ހަމައިގަ ތިބޭން! ކޮންދުނިޔެއްގައި ތަ ތިބެންބޭނުންވަނީ. ރާއްޖޭގައި މިއޮންނަ ދުނިޔަ މާވޭން ބޮޑީތަ؟
އެމްސް
08 January 2023
ދިވެހިންނަށް ކޮފީ ނުބޮއެ، ނެޓަށް ނުވަދެވެސް ނުތިބެވޭ އިރު މަސްތުވާތަކެތި ފަދަ އެޑިކްޓިވް އެއްޗަކަށް ދެވި ހިފާފަ ތިބި ބަޔަކު ހަމަމަގަށް އަޅުވަން ބޮޑެތި ފަރުވާ ބޭނުންވާނެ!
ބާބާ
08 January 2023
ދުވަސްގަޑެއް ވަންދެން ކޮންމެ ދުވަހަކު ތިއޮޕަރޭޝަން ހިންގާލަބަ. މުޅިރާއްޖޭގެ ހުރިހާ ރަށެގައި. ކޮންރަށެއްތޯ ސަލާމަތުން އޮތީ ބަލަން. ތިކަން ފެތުރިފައިގެ އޮތް ބޮޑުމިނަށް ބަލާއިރު ދަލެއް ކޮނޑަށް ލައިގެން އުކަން ނިކުމެއްޖެއްޔާ ފޯރިއެއް ހުންނާނެ. ވަރަށް ތިޔާގެ ވާނެހެން ހީވަނީ.
އެމްސް
08 January 2023
ބޮންދުން ތިބި ހުރިހާ ރަށެއްގަވެސް މަސްތުވާތަކެތި އިންތިހާއަށް އެބައޮތް! ބޮންދުން މާލޭގަ ހިންގާ ހުރިހާ ގެސްޓްހައުސް ތަކަކީ ނާސިގެތަކެއް!
މަސްތީ ދުނިޔެ
08 January 2023
މީހާދަ ދެރަކަމެކޭ. ނެތޭ އޮޕަރޭޝަންގަޑެއް ހިންގޭކަށް. ހަމަ ހިންގާލާއިރަށް ކޮންމެވެސް ރައްޔަތުންގެ ބަޔަކު އެބަ ބަސްޓްވޭ!
1828
08 January 2023
ބޮޑު އަދަދަކުން އަތުލަގަތަކަސް ވާ އިތުރުކަމެއް ނޯވޭ. ތުހުމަތުކުރެވޭ ފަރާތްތައް ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ކާންދީ ބޯންދީ އަދި ބޭސްފަރުވާކޮށްދީފައި އެންމެ ފަހުވަގުތު ޤާނޫނާ ޚިލާފަށް ފުލުހުން ހެކި ހޯދުމުގެ ސަބަބުން ނުވަތަ އިޖުރާއަތްތަކާއި ޚިލާފަށް ފުލުހުން، ތުހުމަތުކުރޭ ފަރާތްތައް ހައްޔަރުކުރުމުން ކުށް ސާބިތުނުބާކަމަށް ނިމެނީ. ދެން ކޮބާ ތޯ ތިޔަ އޮޕަރޭޝަންތައް ހިންގުމުގެ މާ ބޮޑު ބޭނުމެއް؟
ގެދާނޯމޮސް
08 January 2023
މިކަހަލަ ކޮންމެ ކޭސްއެއްގައި ޕޮލިހުންނަށް ހެދިފަވާ ގޯހެއްގެ ސަބަބުން އެމީހުން ދޫވާންޖެހޭ މައްސަލަ މީ އިއްތިފާގެއްނޫނެވެ. އާއިލާތަކުގެ މަސްލަތަށް އެމީހުން ކަންކުރާ އުސޫލެކެވެ.
އެމްސް
08 January 2023
ތިޔަކަމުގަ ހަމައެކަނި ފުލުހުން ގޯސްނުކުރޭ! ޤާނޫނީ ލޯޔަރުންނަކީ މިއަދު ކިޔަވައިގެންވެސް ތިބި ބަޔެއް ކަމުން، ޤާނޫނުގަ ކިރިޔާވެސް ލޫޕް ހޯލްއެއް އޮތިއްޔާ ތުހުމަތުކުރެވޭ މީހާ ގިނަފަހަރަށް ސަލާމަތް ވާނެ! ކޯޓްތަކުންވެސް އެއް ޙުކުމެއް 2 ފަހަރު 2 ގޮތަށް މާނަވެފަވެސް އެބަހުރި! ނަތީޖާއަކަަށް ވަނީ މަތީކޯޓުން ދަށުކޯޓްގެ ޙުކުމް ބާޠިލްކުރަން މަޖްބޫރުވުން! މީގެ އިތުރުން ޤާނޫނު ހަދާ މަޖިލިހެއްގަވެސް ތިބެންވާނީ ޤުރުޢަތުން ހޮވޭ ބަޔަކަށްވުރެ ޢިލްމީވެސް ބަޔެއް!