އަންހެން މިހާ ފުލުހުންގެ ބެލުމުގެ ދަށުގައި: އޭނާ ހައްޔަރުކުރީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފައި. -- ފޮޓޯ | ސޯޝަލްމީޑިއާ
09 ޖެނުއަރީ 2023 - 09:48
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ދުވެފައި ގޮސް އުމުރުން ދުވަސްވީ އަންހެނަކު ރޭ ހައްޔަރުކުރީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ވަރަށް ރަހުމްކުޑަ ގޮތަކަށް ކަމަށާއި އެހެން ހަދަން "ހެޔޮނުވާނެ" ކަމަށް ބުނެ ފުލުހުންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަނީ ދިދައެއް ހިފައިގެން ހުރި އަންހެނަކު މުޒާހަރާކުރާ ސަރަހައްދުން ދުއްވައިގަތް ތަނެވެ. ފަހަތުން ދެ ފުލުހަކު ބާރަށް ދުވެފައި ގޮސް އޭނާ ހިފަހައްޓަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން ގަދަ ދެއްކުމުން، ހަރުކަށިކޮށް އޭނާ ގެންދާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
ބައެއް މީހުންނާ އެކު އޭނާ ދުއްވައިގަތް ސަބަބެއް ނޭނގެ އެވެ. އެކަމަކު ދުއްވައިގަތް ބައެއް މީހުންގެ ތެރެއިން ފުލުހުންނަށް އަތު ޖެހުނު މީހުން ހައްޔަރުކުރި އެވެ.
ޕީޕީއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާގައި އޭނާ ޝުއޫރުފާޅުކުރަމުން ދިޔައީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލަ އެވެ.
މައްސަލައަކަށް ވީ ޝުއޫރުފާޅުކުރަމުން ދިޔަ އެ އުމުރުގެ މީހަކު ކޮންޓްރޯލްކުރަން ފުލުހުން އެހާ ހަރުކަށިކަން ދެއްކުމެވެ. ތިން ފުލުހަކު ވެގެން އޭނާ ހައްޔަރުކުރުމުގެ ތެރޭގައި އަތް އަނބުރާލައި ގަދަކަން ދައްކާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
އެ އަންހެންމީހާގެ ރިސްޓް ލޮކް އަޅުވައި ފުލުހުން ދެއްކި ހަރުކަށި ކަމަކީ އެ އުމުރުގެ މީހަކަށް ބޮޑު އަނިޔާއެއް ވުމުގެ ފުރުސަތު އޮތް ކަމެއް ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި އެވެ.
"އަހަރެން ލަދުގަންނަވާލައިފި، ބަލަން ވެސް އުނދަގޫ،" ޓުވިޓާގައި އެކަކު ލިއެފައިވެ އެވެ.
Subuhaanah laah. This is cruel. These officers needs be disciplined & trained. They are arresting the elderly lady as if she committed a grave heinous crime when she was simply exercising her fundamental right.
— SHUNA ⚡️ (@ShunanaMariyam) January 8, 2023
ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ލިއެފައިވާ ގޮތުގައި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްގެ ބޭނުންކުރަނިކޮށް، ބޮޑު ކުށެއް ކޮށްގެން އުޅުނު މީހަކު ހައްޔަރުކުރި ގޮތަށް އުމުރުން ދުވަސްވީ މީހަކާ މެދު ފުލުހުން އަމަލުކުރި ގޮތް ބަލައެއް ނުގަނެވެ އެވެ.
Subuhaanah laah. This is cruel. These officers needs be disciplined & trained. They are arresting the elderly lady as if she committed a grave heinous crime when she was simply exercising her fundamental right.
— SHUNA ⚡️ (@ShunanaMariyam) January 8, 2023
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ވަނީ އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް ފާޑުކިއުން އަމާޒުކުރައްވައިފަ އެވެ.
"ހެޔޮނުވާނެ މިހެން ހަދަން، ހެޔޮނުވާނެ،" އޭނާ ވިދާޅުވި އެވެ.
ފަހަތުން ދުވެގޮސް ޝުޢޫރުފާޅުކުރާ އުމުރުން ދުވަސްވީ އަންހެން ބޭފުޅުން ހިފާ ހައްޔަރުކުރަންޖެހޭ ސަބަބަކީ ކޮބާ؟ https://t.co/zpZbsw8Jb1
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) January 8, 2023
ފަހަތުން ދުވެފައި ގޮސް އަންހެން މިހާ ހައްޔަރުކުރަން ޖެހުނު ސަބަބަކީ ކޮބައިތޯ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ ފުލުހުންގެ އެ އަމަލު ކުށްވެރި ކުރައްވައިފަ އެވެ.
"ސިޔާސީ ހައްގުތައް ތަންމިނަށް ހުޅުވި ބަހާރު މޫސުމް އައިސްފައިވާ ކަމަށް ބުނާ ސަރުކާރަކުން، ސިޔާސީ އެއްވުންތަކުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މީހުން ހައްޔަރުކޮށް އަދި އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކުރުމަކީ ވަރަށް ދެފުށް ދެގޮތްކަން އަންގައިދޭ ހެއްކެއް،" ނާޒިމް ވިދާޅުވި އެވެ.
އަންހެން މީހާ ހައްޔަރުކުރުމުުގައި ހަރަކާތްތެރިވި ފުލުހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ދަނީ ގޮވާލަމުންނެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އަންހެން މީހާ ގެންދިއުމުގައި އަމަލުކުރި ގޮތް ބަލަމުން އަންނަ ކަަމަށެވެ.
މީގެ ކުރިން، މުޒާހާރާއެއްގެ ތެރެއިން ޒުވާން އަންހެނަކު ފަހައި ސިފައިންގެ މީހަކު ދުވި ގޮތުން ވެސް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. އެކަމަކު އެ މައްސަލަ ބަލައި ފިޔަވަޅު އެޅި ކަމެއް ނުވަތަ ކަން ހިނގި ގޮތެއް ރަސްމީ އިދާރާތަކުން އާއްމެއް ނުކުރެ އެވެ.
މުޒާހަރާގެ ތެރެއިން އެ އަންހެން މީހާ އާއި ދެން ވެސް ހައްޔަރުކުރާ މީހުންނަށް އަނިޔާވެރިވަމުންދާ ކަމަށް ބުނެ ޕީޕީއެމުން ވަނީ ފުލުހުން އަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކޮށްފަ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ފުލުހުން ހުއްޓާލަން ވެސް ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްލާހު ޖާޑި
11 January 2023
ހައްޔަރުކުރީ ރޭ އަޅުކަމުގައި އޮއްވަތޯ?
ފެންނަނީ އެއްކޮޅު ނޮޓް ސިޔާސީ މީހާ
10 January 2023
ޢެހެން އުޅެން ހެޔޮނުވާނެ
ސަލީމު އިދުރީސް
10 January 2023
ދައްތަމެއް އުފާކުރަން ޖެހޭނެ ހުސްއެކަނި ހައްޔަރު ކޮއްގެން ފުއްލާ ގައުމެއްގެ ރައްޔިތަކައް ވީތި! ތިގޮތައް އިސްކޮއް މުޒާހާރާގަ ހަޅޭލަވާ މީހުން އިރާނުފަދަ ގޮންމުށުގެ ބާރުގަ ވެރިކަން ކުރާގައުމުތަކުގަ ދަނޖައްސާ މަރަނީ!
އަސްތާ
10 January 2023
ތިގޮތަށް ހިޓްލަރާ އަޅާކިޔާލީމަ ޔާމީނުވެސް ނުވާނެ އަނިޔާވެރިއަކަށް.
ޕީޕީއެމް ކޯލިޝަން
10 January 2023
ތިމީހާ ދުވެފަދިޔަ ސްޕީޑަށްބަލާފަ ފެންނަހާ މުސްކުޅިކަމަކަށް ޤަބޫލެއްނުކުރެވޭ. ދުވިލެއް ބާރުކަމުން ފުލުހުން ރިއެކްޓުކުރިގޮތްކަމަށްބެލެވެނީ. ތިދައިތައަކީ އާދައިގެ މީހެއްނޫން ސުޕަރ ހީރޯއެއް ކަމަށް ވައްތަރީ
ޔާންޓޭބެ
10 January 2023
ތިހާ އެއްވާހިތްވަންޏާ ހައްޖަށް ދާންވީނު. އަޅުގަނޑުތަ މިހެންބުނީ؟ ނުބުނާނެ އަޅުގަނޑެއް ތިހެނެއް. އަދި އަމުދުން ހައްޖަށްދާ ވާހަކައެއް ނުބުނާނެ އަޅުގަނޑެއް. އަޅުގަނޑު ހަމަހޭގަ އިނދެގެންތޯ ތިހެން ބުނީ؟
ސަލީމު އިދުރީސް
10 January 2023
ފުލުހުން ތިކުރީ ވަރައްގަޅު ކަމެއް! އެއްގޮތަކައްވެސް އަނިޔާނުރޭ! އެއުމުރު މީހަކު މޫޒާހަރާގެ ބައިވެރިން ތެރޭ ތާށިވެ ފިތިގެން ނުރައްލެއް ވެދާނެތި ފުލުހުން ވަރައް ޒިންމާ ދާރުކޮއް ކުރި ކަމެއް ކަމުގަދެކެން!
ޓައްޓޭ
09 January 2023
ތިވެސް އެހެން މީހުން ޗާޖުކުރަން ކުރާކަމެއް ..
އެންޓަނާ ޒައީމް
09 January 2023
ދައިތަ ހައްޔަރު ކުރުން ގޯހެއްނޫން މުޒާހަރާއަށް ނިކުންނަ މީހުންނަށް ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ކަނޑާލަންވީ
ހަސަންކާރި
09 January 2023
މުސްކުޅި ބެއެއް ނޫންބާ ޔާމީނު ހަސަދައެއް ފިލުވާލަނަް ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅުނީ.. އެފަހަރު އެއީ އަދި ވެރިކަން ކޮށްފައި ހުރިމީހެއް.
މަގުމަތީ ބާޒާރު
09 January 2023
ހަރުކަށިކަމަކަށް ނުފެނޭ ހައްޔަރުކުރި ގޮތެއް މަށަކަށް. މާ އަބުއިވާނެކަމެއް ނެތް ބައެއް މީހުން