ނަޝީދު ކެމްޕޭންގައި ވާހަކަ ދައްކަވަނީ: ޕްރައިމަރީއަށް ނުކުތީ ލިބިވަޑައިގެންނެވި އަނިޔާ މަދުވެގެން ނޫން ކަމަށް ވިދާޅުވި.
19 ޖެނުއަރީ 2023 - 15:39
އަވަހާރަކޮށްލަން ގޮއްވާލި ބޮމުން ހަށިކޮޅުގައި ލީ ލަކުނުތަކާއި ސިޔާސީ ކަންކަމުގައި އުޅުއްވައިގެން ލިބުނު އަނިޔާތަކާ އެކުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގަތީ ގައުމާއި އެމްޑީޕީއަށް ކޮންމެ ގޮތެއް ވާން ދޫކޮށްލެވެގެން ނެތިގެން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވާ ޕްރައިމަރީގެ ކެމްޕޭނަށް ހުވަދުއަށް ވަޑައިގެން ގއ. ދެއްވަދޫގައި ނަޝީދު ވިދާޅުވީ ކަންކަން ރަނގަޅަށް ހިނގާ ނަމަ ޕްރައިމަރީގެ ވާހަކަ ދައްކަވަން އެ ރަށުގައި އެމަނިކުފާނު ނުހުންނަވާނެ ކަމަށެވެ.
"އަޅުގަނޑު މި އުޅެނީ ގައިގައި ލަކުނު މަދުވެގެންނެއް ނޫން. ކުރާނެ ކަންތައް ވެސް ނެތިގެން ނޫން. ލިބުނު އަނިޔާ ވެސް މަދުވެގެން ނޫން. އެހެން ނަމަވެސް ނެތް ދޫކޮށްލެވޭކަށް," ޕްރައިމަރީގައި ވާދަކުރައްވާ ސަބަބު ތަފްސީލްކޮށްދެއްވަމުން ވިދާޅުވި އެވެ.
ކެމްޕޭނަށް މަޑަވެއްޔަށް ވަޑައިގެން ޖަހައެއް ހުޅުއްވައިދެއްވުމަށް ފަހު ސަޕޯޓަރަކާ އެކު ސެލްޕީއެއް ނަގަނީ. -- ފޮޓޯ
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ސަރުކާރު ހިނގާ ނަމަ އިންތިހާބު އޮންނަ މި އަހަރަކީ ތިޔާގި އަހަރަކަށް ހަދަން ޖެހެ އެވެ. އެކަމަކު މި އަހަރު ދަތި އަހަރަކަށް ވެއްޖެ ކަމަށާއި މިއީ ދެކޮޅު ނުޖެހޭ ސިޔާސީ ވިސްނުމެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އަހަރު ފެށީ ޖީއެސްޓީބޮޑުކޮށްގެން ކަމަށާއި އެއާއެކު ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. މި ހުރިހާ ކަމެއް ދިމާވެގެން މިއުޅެނީ އިއްތިހާދުގެ ސިޔާސަތާ ހެދި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިފަހައްޓަވާ އިއްތިހާދުގެ ފޯމިއުލާ އިން ރައްޔިތުންނަށް ލިބެމުންދަނީ ގެއްލުން ކަމަށް ވިދާޅުވި އެވެ.
ދަތުރުމަތީގައި, ނިއު ޒީލެންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވި ހަބަރު ފެނިވަޑައިގެން ކަމަށް ވިދާޅުވެ އެކަން ގުޅުއްވީ އެމްޑީޕީ ހިމެނޭ މިވެރިކަން ހިނގަމުންދާ ގޮތާ އެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވީ, ނަޝީދު ވިދާޅުވި ގޮތުގައި, އޭނާގެ ޕާޓީއަށްޓަކަ އެވެ.
ނަޝީދުގެ ކެމްޕޭންގައި ހުވަދޫގައި: ގއ. އަދި ގދ. އަތޮޅުގައި ތިން ދުވަހު މަޑުކުރައްވާނެ.
އެމްޑީޕީއަށް ވެސް ފައިދާ އޮތް ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްފަރާތްވެވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.
"ނިއު ޒީލެންޑް ބޮޑުވަޒީރު އެ ކުރެއްވީ އިހްލާސްތެރި އަމަލެއް. ޕާޓީއަށްޓަކައި ކުރާން ޖެހޭ ކަމެއް. 2012 ވަނަ އަހަރު އަޅުގަނޑު އެކަން ކުރިން ފެބުރުއަރީ 7ވަނަ ދުވަހު. އަށް ވަނަ ދުވަހު މުޅި ރާއްޖެ އޮތީ އަޅުގަނޑުމެންނާ އެކު," ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެފުށް ފެންނަ ޑިމޮކްރަޓިކް އުސޫލް ރާއްޖޭގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.
"ވެރިއެއްގެ ފަހަތު, ވެރިއަކަށް ސަނާ ކިޔަމުން އޭނާއަކީ މާ ކުޅަދާނަ މޮޅު މީހެއް ކަމަށް އިއުލާންކޮށް ހިންގާ ހިނގުން އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ އަޅުގަނޑުމެންނަށް ފައިދާ ލިބޭ ގޮތެއް ނޫން," ނަޝީދު ވިދާޅުވި އެވެ.
"އެ ވެރިއަކީ އަޅުގަނޑު ކަމުގައި ވީ ނަމަވެސް އެހެން ބޭފުޅެއް ކަމުގައި ވީ ނަމަވެސް ރައްޔިތުން ވިސްނާން ޖެހެނީ މިވެނި ކަމެއް ނުވީ ކީއްވެތޯ އެވެނި ކަމެއް ވަނީ ކީއްވެތޯ ކޮން ސަބަބަކާތޯ. ކަންކަން ހިނގައި ދަނީ ކޮން އުސޫލަކުންތޯ."
މަރުހަބާ ކިޔަން ނުކުތް ސަޕޯޓަރުންތަކަކާ ނަޝީދު ސަލާމްކުރައްވަނީ.
ނަޝީދު ވިދާޅުވި ގޮތުގައި އިއްތިހާދު ނުހަދައި އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި މޮޅުނުވެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލުކުރެއްވިޔަސް ވޯޓުގެ ނަތީޖާއިން ފެންނަ ގޮތުގައި އެމްޑީޕީއަށް މޮޅުވެވޭނެ އެވެ. ރިޔާސީ އިންތިހާބު 2013ގައި ލިބުނު 105,000 ވޯޓުގެ ފަހުން ކޮންމެ އިންތިހާބެއްގައި ވެސް ލިބޭ ވޯޓުގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވަނީ ހޯނޑެއްދު އާއި މަޑަވެލީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިއްތިހާދު ފޯމިއުލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ނަޝީދުގެ ކެމްޕޭންގައި މަޑަވެލީގައި: އިއްތިހާދު ވަމުން ދަނީ ސިޔާސީ ލީޑަރުންނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒުކުރެއްވި.
އެމަނިކުފާނު ވިދާޅުވީ އިއްތިހާދު ހިފަހައްޓާ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިޔަސް އެކަން ކުރައްވަނީ ފައިދާ ހުރި ގޮތަކަށް ނޫން ކަމަށެވެ. ވިޔަފާރި އުސޫލުން ރައްޔިތުންގެ ވަސީލަތްތައް ސިޔާސީ ލީޑަރުންނަށް ދޫކޮށްލާފައި އެ ލީޑަރުގެ ޕާޓީ އެމްޑީޕީއަށް ތާއީދުކުރާ އުސޫލު އޮތުން ގަބޫލެއް ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"ގޮނޑުދޮށުން ބައެއް, ކޮންމެ ވެސް އަތޮޅެއްގެ ރަށެއް, ރައްޔިތުންގެ އިހްތިސޯސްގައި ހިމެނޭ ގުދުރަތީ ވަސީލަތެއް އަތުން ބީވެ ދިޔައީމާ ރަށްރަށުގެ ތަރައްގީއަށް އިންތިހާއަށް މިވަނީ ހުރަސްއެޅިފައި. މަޑަވެއްޔަށް ބައްލަވާ. އެ ބޭފުޅުން ވިދާޅުވީ ނަރުދަމައެއް އިންދައިގެން ފަޅާތޯ ހަތް އަހަރު މިހާރު ވެއްޖެ ކަމަށް. މިދިޔަ ފަސް އަހަރު ނަރުދަމާ ހެދުމަށް މި ރަށަށް އެއްޗެހި ގެނެވުނު. އެހެން ނަމަވެސް ފަހުން އެ ތަކެއްޗަށް ވީ ގޮތެއް ނޭނގުނު," ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޅި
22 January 2023
ނިގޫ ގޮއްޖެހި މި ޕާރޓީ ނެތި ދިއައީމަ މި ޤަޢުމުގެ ހުރިހާ ކަމެއް ރަގަޅުވާނި . ޑިމޮކްރަސީގެ ނަމުގައި ޖެހުނު ވަބާއެއް މި ޕާރޓ ކުޅިގަނޑަކީ މައުމޫނު 30 އަހަރު ވެރިކަން ކުރި އިރުވެސް ދިވެހިން އުޅުނީ ފުދިގެން، ކުޑަ މުސާރައިގަ ދެކޮޅު ޖެހިގެން . މިހާރު ޤަޢުމުގެ އާމްދަނީ މިއޮތީ ޕާރޓީތައް ހިނގަން ހަމަޖައްސާފަ. ރައްޔިތުން އަދިވެސް ސަލާން ޖެހުމުގަ
ވިލުފުށީ އިބުރޭ
20 January 2023
އަހަނަށް ހަމަ ސަޕޯރޓެއް ނުކުރެވޭނެ ތިޔަ ސިޔާސަތަކަށް
ޥައްކަން އޯކޭ
20 January 2023
ޢެމް އެމް ޕީ އާރސީ ގެ ވައްކަމާއީ އިދިކޮލާއް އެއްމެ ބޮޑާއް ވާކަކަދައްކަވާތީ ރ.ނަސީދުއައްސުކުރުދަންނަވަން. ނަމަވެސް މިކަމައް މަގުފަހިކުރިމީހާ އަކީ އިންޓެލެކްޗުއަލް އެއް ކަމައް ވާކާލާތު ކުރާތީ ކުރުން ބުނު އެތީ ކެންސަލްވޭ. ދެއުލިއެއްނުވޭ
ސަލާމާ
20 January 2023
ނުކުންނެވީ ހަމަ ވެރިކަމުގެ ޝާނާއި ސައުކަތާއި ލައްޒަތާހެދި ކެތްނުވެެގެން، މިހާތަނަށް އެމްޑީޕީ ރެޖިސްޓްރީ ވިފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި މަނިކުފާނުގެ ނަން އޮވެއެވެ. ރައްޔިތުން ތަކުރާރުކޮށް ނޫނެކޭ ބުނުމުންވެސް ނުފުދެނީތޯއެވެ.
ކަނބިލި
20 January 2023
ރައްޔިތު އަހަންމަދަށް ވެގެން އުޅުނަސް ދައުލަތު ބައިތުލްމާލުން ނާޖާއިޒު ފައިދާ ނެގުމާއި ކޮރަޕްޝަނުގެ ލައްގަނޑުން ސަލާމަތެއް ނުވޭ. ގައުމު ހިންގަން ލިބުނު 3 އަހަރުތެރޭގައި އިސްދީނަށް ފުރަްސާރަކޮށް ސިޔާސީ ފިތުނަވެރިކަމާއި އިގުތިސާދީގޮތުން ގައުމު އިނދަޖެހި ރައްޔިތުންގެ ނާޒުކު މުދައު ބޭރު ކުންފުނިތަކަށް ވިއްކާލުން ނޫން ކަމެއް ކުރެވުނުތޯ. ބައެެއް ދިވެހީނަކީ ޖަޒުބާތީ ހެޔޮ ނުވިސްނޭ ބައެެއްކަން އެބައެނގޭ މީނާގެ ފަހަތުން އަތްޖަހުން ދާތީ
ދޮގުބެ
20 January 2023
އަންނިގެ އެއްވެސް ކޮރަޕުސަނެއް ނޯންނާނެ. ދަލީލުކޮބާ؟؟؟؟
ޖަޒްބާތު
20 January 2023
ބައިތުލްމާލުން ބިލިޔަނުން ޑޮލަރުގެއްލުނީ ނަޝީދުގެ ވެރިކަމަކުނޫން. ދޭއްބަައި އަހަރުވެރިކަމުގައި ހުރެވުނީ. ޓެކްސްގެ ނިޒާމާ އާސަންދައިގެ ފަސޭހަ ތައާރަފްކުރި. އިނާޔަތްތައް ނިކަމެތިންނަށް ލިބުނު. ދަތުރުފަތުރު ފެށުނު. މަދުބާ؟ ހަސަދަލިޔަސް ބޮޑުވަރު
ކަތްދައްތަ
20 January 2023
ރައްޔިތުންނޭ ގައުމޭ އާދަމްގެފާނޭ ފަޅޮލޭވެސް ކިއިދާނެ. ވެރިކަމުގެ ލައްޒަތުން ކޯވަރެއް ލިބިގެން އެކުގެ އާވިގަނޑު އަދިވެސް ބޮލުތެރޭގަ އެބުރޭތީ ލަކުނުތަކާ އެކުވެސް ތިޔަހެން ތިޔަ އުޅެނީ. ޥެރިކަން ލިބުނީމަ ރައްޔިތުން ކަމުގަ ވަނީ ދެތިން ވިޔަފާރި ވެރިންނާއި ދޮންމީހުން. ދެންކިޔަންވީ އެންމެނަކު އަބަދަކު ހަމައިގަތިބެން ބޭނުންވާނެކަމަށް ދެކިގެން ނުވާނޭ. އަންނިގެ މަސައްކަތް ހުއްޓާލާނީ ދޮންމީހުންނަށް މިގައުމަ ޣައިރުދީން ފެތުރިއްޖެކަމުގެ ހެކި ދެއްކޭގޮތް ވުމުން.
ރޭރު
20 January 2023
ނަސީދު ގެ އަގައިން ތިކިޔޭ ނުކިޔޭ އެއް މިހާރު އިގޭތަ. ވެރިކަމާ ހެދި މޮޔަ ތި ވަނި
މުއްބެ
20 January 2023
މީނަ މީ ވަރަށް އަމިންލަ އެދުން ބޮނޑް މީހެއް
މޯޑް
20 January 2023
ކޮންމެ ފަދަ ވާހަކައެއް ދަށްކާގެންވެސް މީނަ ބޭނުންވަނި ވެރިކަށް.
އަސް
19 January 2023
ކަޑަ ކަމެއް އަންނި މި ކުރަނީ، ޕާޓީ ހަލާކު ވުން ނޫން ކަމެއް ނުވާނެ.