ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގެ އެތެރެ. އެ ތަން ތަރައްގީ ކޮށްފައި ވަނީ އެންމެ ޒަމާނީ ފެންވަރަށް. -- ފޮޓޯ: އެމްޓީސީސީ
22 ޖެނުއަރީ 2023 - 15:44
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫއު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި އެ ޕްރޮޖެކްޓުގެ ދަށުން ބަލިމީހުން ބަލާ ކޮޓަރިއަކާއި ފަރުވާދޭ ކޮޓަރިއަކާއި ޕްރޮސީީޖާ ރޫމެއް ވަނީ ހަދައިފަ އެވެ. އަދި ނާސިން ސްޓޭޝަނާއި 6،189 އަކަފޫޓުގެ ވެއިޓިން ލައުންޖެއް ވެސް ވަނީ ހަދައިފަ އެވެ.
އޯޕީޑީގެ ލައުންޖު އޭރިއާ. -- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން ބުނި ގޮތުގައި އެ ތަން ހެދީ ޑިސްޕްލޭ ހުންނަ ކިއު ސިސްޓަމެއް ބަހައްޓައި ސީސީޓީވީ ކެމެރާ ސިސްޓަމާ ވެސް އެކުގަ އެވެ.
މިއީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އޯޕީޑީ އިމާރާތުގެ އެތެރެ. -- ފޮޓޯ: އެމްޓީސީސީ
ހދ، ކުޅުދުއްފުއްޓަކީ 10،000 ގެ އާބާދީއެއް އޮންނަ ރަށެކެވެ. ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލަކީ އެ ރަށުގެ ރައްޔިތުންގެ އިތުރުން ހއ. ހދ. އަދި ށ. އަތޮޅުގައި ދިރިއުޅޭ 72،000 ރައްޔިތުން ހިދުމަތް ހޯދަން ދާ ތަނަކަށްވުމުން އޯޕީޑީގެ މަޝްރޫއަކީ މުހިންމު މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
22 January 2023
ބޭނުމީ ރީތި އިމާރާތެއް ނޫން. ހިދުމަތްތައް ދިނުން މުހިންމީ
އެމްސް
22 January 2023
25 ބުރީގެ ހޮސްޕިޓަލް ޢިމާރާތެއް މާލޭގަ ނިމިފަ ހުންނަތާވެސް އެތައް އަހަރެއް! ނެތީ ބޭނުންވާވަރަށް ފަންނީ މީހުން، ވަސީލަތްތައް! ކޮންކްރީޓަށް ކުރާ ހޭދަ ކުޑަކޮށް މީހުން ބިނާކުރަން، ވަސީލަތްތަައް ޤާއިމުކުރަން ކުރާ ހޭދަ ބޮޑުނުކޮށެއް ތިޔަ އޯޕީޑީއަކުންވެސް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ!
ރަނގަޅު
23 January 2023
ރަނގަޅު ވާހަކައެއް. އެހެންވެ ފްރީ ޑިގްރީ ސްކީމާ ކިޔެވުމަށްދޭ ލޯނުތައް އެވަރަށް އެ ދެނީ.
އެމްސް
23 January 2023
ލޯނުން މީހުން ދަރުވައިގެން މިނިމް ވޭޖުން އެ ލޯނު އަނބުރާ ދެއްކޭނެ ފޯމިއުލާ އަކީ ކޮބައިބާ؟ ހިޔާ ފްލެޓާއި ހުޅުމާލޭ ފޭސް 1 ގަ އުޅޭ މީހުންވެސް އެ އުޅެނީ 4 ހާހެއް ރުފިޔާވެސް ނުދެއްކިގެން/ދެކޮޅުޖެހޭ ވަރުގެ އާމްދަނީއެއް ނެތީތީ! މިޤައުމުގަ ފުރާ އޮތީ ހުސް ބިދޭސީން، މަސް ދޯނި ފަހަރަށްވެސް އެމީހުން އަރައިފި! ހޮޓާ ކަންމަތީ ފިހާރަތައް އެމީހުން ނަގައިފި! މާލެއަށްވެސް ބޭނުންވާ ވަރަށްވުރެ، މިޤައުމުގެ އާބާދީއާއި ނުބައްދަލު ޢަދަދަކަށް ފިހާރަ ހުންނަން ޖެހޭބާ؟
ކަރާސީނު
22 January 2023
މިކަހަލަ ކަންކަން ކުރުމަކީ ބަޔަކު "ދެކޮޅުވެރި" ވެދާނެ ކަމެއް. ރާއްޖެތެރޭގެ ތަންތަން މިފެންވަރަށް ހެދުމަކީ ބައެއް ސިޔާސީވެރިންނަށް ދަތި އުނދަގޫ ކަމެއް.
އެމްސް
22 January 2023
ފަންނީ މީހުނާއި ކަމާއި ބެހޭ ވަސީލަތްތަކާއި ނުލައެއް، ޢިމާރާތަކުން ދެވޭނެ ޚިދުމަތެއް ނެތް!