އިދިކޮޅުން ރޭ މާލޭގައި ބޭއްވި މުޒާހަރާ: އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ އެކަން އެ ޕާޓީން ކުށްވެރިކުރޭ.--- ފޮޓޯ/ޕީޕީއެމް
27 ޖެނުއަރީ 2023 - 19:41
ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމުން ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ، އެކަން ޕީޕީއެމުން ކުށްވެރިކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކުރި ހުކުމަށް ފަހު އިދިކޮޅު ޕީޕީއެމުން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ. އޭގެ ތެރެއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އެކަމަކު މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ބަޔަކަށް އަނިޔާވި އެވެ.
އެކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ރޭ އަމަލުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި މުޒާހަރާގައި ބައިވެރިވި މީހުންގެ ލޮލަށާއި އަނގަޔާ ދިމާކޮށް ޕެޕާ ސްޕެރޭ ޖެހުމާއި މީހުން ހައްޔަރުކުރިއިރު އެ މީހުން ބިންމައްޗަށް ވައްޓާލައި އޮބިއެޅި މަންޒަރު ވެސް ފެނުނު ކަމަށެވެ. އަދި އެއީ ރައީސްގެ އެންގެވުމަށް ފުލުހުން ހިންގި އަނިޔާވެރި އަމަލެއް ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރި އެވެ.
"ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ޔާމީނަށް ކޮށްފައިވާ ހަރާން ހުކުމާއި ދެކޮޅު ހަދައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ހަރަކާތަށް ސަރުކާރުން ހުރަސް އަޅާ، ފުލުހުން މެދުވެރިކޮށް ހަރަކާތުގެ ބައިވެރިންނަށް އަނިޔާވެރިވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
އެހެންވެ އެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެ ޕާޓީން ގޮވާލި އެވެ. އަދި މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.
ޕީޕީއެމުން ބުނީ ސަރުކާރާ ވާދަވެރި ހަރަކާތްތަކަށް ހުރަސް އަޅާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުން އަންނައިރު މިފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިނު ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕީޕީއެމާއި ޕީއެންސީގެ އަޑު ކަނޑުވާލާނެ ފަދަ އިންޒާރެއް ވެސް ދެއްވާފައި ކަމަށެވެ. އެކަމަކު އޭގެ ވަކި ތަފްސީލެއް އެ ބަޔާނަކު ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
28 January 2023
ތީ އަބަދުވެސް ތިިކަން އޮންނަގޮތް އިދިކޮޅުގަ ތިބޭ ބަޔަކަށް އޮންނާނީ އަބަދުވެސް ސަރުކާރު ކުށްވެރިކޮށްފަ ބަޔާން ނެރުން، ސަރުކާރުން ކުރާ އެއްވެސް ކަމެއް އެއިރަކު އިދިކޮޅުގަ ތިބޭ ބަޔަކަށް ހަޖަމެއް ނުވާނެ ކަމަކު މުދާނެ، އެހެންވީމަ އާކަމެއް ނޫން، ތީހަމަ އާއްމުކޮށް ތިކަން އޮންނަ ގޮތް.
ޗާލުޗާލު
28 January 2023
ރައީސެއްގެ ކެމްޕޭން ނިންމާލި އަނިޔާވެރި ގޮތް ތިޔަ ފެންނަނީ.
އެމްސް
28 January 2023
ޑިމޮކްރަސީގެ އަސާސަކީ ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮތުން! އުނދަގޫތަކަށް ފުރުސަތު ނުދީ، އިދިކޮޅުގެ އަޑު ކަނޑުވާލައިގެން އުޅުމީ ޑިމޮކްރަސީއާއި ޚިލާފު، ޚުދުމުޚުތާރުވެސް ޢަމަލެއް!
އެހެ
28 January 2023
އަޑު ކަނޑުވާނުލީމަ ރައީސް މީހާގެ ކަންފަތުގެ ތޫރި ފަޅައިގެންދަނީ
މަރުމޯލުރާޖާ
27 January 2023
ޕީޕީއެމްއަށް ތިއުޅެނީއޮޅިގެން. ފުލުހުން އަދިވެސްއެގެންގުޅެނީ ކުރިންވެރިކަންކުރެއްވި ރައީސްދަސްކޮށްދެއްވި ރިވެތިއުސޫލްތަށް. ފުލުހުންނެއް ގޭގަބަސްއަހައިގެންތިއްބަކާ ޕެޕަރސްޕްރޭއެއްނުޖަހާނެ.
މަރުމޯލާ
28 January 2023
އޭރު އެކަން ގޯސްވެފަ އޮތީ. މިހާރު ތިއުޅެނީ ރަގަޅުވެގެން އެހެން ބަޔަކުވީމަ.
ޖަމީލުބެ
27 January 2023
ސަޖިދައިގަ އޮއްވަ؟
އައްޔަ
27 January 2023
ބަލަ ހައްޔަރު ކުރީފަތިސް ނަމާދު ގުނޫތައް އަތްނަގައިގެން ހުއްޓާތޯ ނޫނީސަޖިދައިގަ އޮއްވަތޯ!
ބޮޑުޖިންނި
28 January 2023
ހާދަ އުފަލެކޭ ލިބެނީ ތިޔަހެން ބުނެލަން ލިބުނީމަ. އެހެރަ ވާ އިހްސާސެއްތާދޯ
ގެދާނޯމޮސް
27 January 2023
މާލެޔަކީ އިންޑިޔާގެ ރަށެއްކަަމަށް ހެދި މީހުން ބުނާގޮތަށް ކަންކުރަން މާލޭގެ ވެރިމީހާ އަށް މިހާރު މަޖުބޫރުވެއްޖެއެވެ.
އެހެންތޮ
27 January 2023
މާލެއަކީ ޕީޕީ ކުދީންގެ ރަށެއްކަމަށްވަނީ!! އެއީ، މާލެސިޓީއަކީ ޕީޕީކުދިންގެ މެޖޯރިޓީ އޮންނަތަނެއް، އަދި މޭޔަރަކަށް ހުރީވެސް މުއިއްޒު، އެހެންވެ އިންޑިޔާ މީހުން ބޭނުންހާ އެއްޗެއް ހަދަން ދީގެން ތިބެނީ ޕީޕީ ކުދިންތާ.