ޖޭއެސްސީގެ ރައީސް ހިސާން: ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން އެ ކޮމިޝަނުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
30 ޖެނުއަރީ 2023 - 13:22
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ސުލޫކީ މައްސަލަ ބަލަން ނިންމީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރާ ގުޅޭގޮތުންނެވެ.
ޖޭއެސްސީން ބުނިގޮތުގައި ގާޒީ ފައްޔާޒްގެ މައްސަލަ ބަލަން ނިންމީ އޭނާ ބެއްލެވި މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު ހުކުމް ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބޭއްވުމުގައި އޭނާ ފަރުވާ ކުޑަކުރި ކަމަށް ބުނާ ޝަކުވާއަކާ ގުޅިގެންނެވެ.
މީގެ އިތުރުން މެޖިސްޓްރޭޓް ޒިޔާދާގެ މައްސަލަ ބަލަން ނިންމީ މަސްއޫލިއްޔަތު އަދާކުރުމާއި އަދި ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއްގައި ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ދެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމޫނާ
31 January 2023
މީ ސޯލިހުގެ ސިޔާސީ ގޮފި ތުޅާދު މަންޖެ ބޭނުން ގޮތަކަށް އެދަނީ ކަންކަން ކުރަމުންނެވެ. އެތާ އިދެގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަތްބާނައިގެން އޭނާގެ ކެމްޕޭން ކުދީން ކޮޅަށް ވަޒީފާ ދީގެން އެއުޅޭނީ ޑިމޮކްރަސީ ކިޔާ ދޭށެވެ.
އަހުމަދުއަލޯ
30 January 2023
ބަތް ޕާރުސަލް ގެނައުން ހުއްޓާލަން ވެއްޖެ. ގެއިން ކައިގެން އުޅަބަލަ.
އަހުސަން
30 January 2023
މި ހިސާންއަކީ ވަރަށް އިންޓަގްރިޓީދަށް ޒާތީ ތައައްސުބުން ފުރިފައިވާ މީހެއްކަން ދުވާލުގެ އިރުފަދައިން މަަށަށްއިނގޭ. މީނާގެ ބަފާ ޝެއިޚެއްގެ ތާކިހާ ބޮލުއަޅައިގެން މިހިރީ ރަނގަޅަށް ދަރިއަކު ތަރުބިއްޔަތުކޮށްފައި.
ވޯލް
30 January 2023
އެންމެ އަޑު އެހުމެއް ނުބާވަ 2 އަހަރު ވާން ކައިރިވެފަ ހުރި މައްސަލަ އެބަހުރި. ޝަކުވާ ކުރީމާ ޖޭއެސްސީ ބުނަނީ އޭގައި މައްސަލައެއް ނެތް ކަމަށް
އައްލޫގެ ޝަކީބު
30 January 2023
ހިސާނު ޒާތީވެގެން ކުރާކަންތަށް މިހުންނަނީ! ޒިޔާދާގެ މައްސަލައަކީ މީގެ އަލިގަދަ ހެއްކެކެވެ. ނާޒިލުއާއި ދެކޮޅަށް މިދިޔަ އިންތިޚާބުގައި ޒިޔާދާއަށް ކަމެއް ކުރެވިފައި ނުވަތަ ވޯޓް ނުދިނީ ކަމަށްވަނީ! ރާއްޖޭގެ ޝަރުއީ ނިޒާމު ރައީސް މައުމޫނުގެ ދައުރަށް ވުރެންވެސް ފަހަތަށް ހިނގައްޖެއެވެ.
ކައުސަރު
30 January 2023
ޒިޔާދާގެ މައްސަލަ ބަލަން ނިންމީ ހިސާނުގެ ފިރިކަލުންގެ ގެއާއި އިންވެގެން ހުންނަ ގެއަކަށް ވެފައި ދެގޭދޭތެރޭގައި އޮތް ޒާތީ ހަސަދަވެރިކަމަކާއި ހެދިއެވެ. ރާއްޖޭގެ އަދުލުގެ ނިޒާމް ހަލާކުވެ ނިމިއްޖެއެވެ. ޒިޔާދާއަކީ ކުރީގެ އައްޑު އަތޮޅު ތަމްސީލު ކުރެއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު އިބްރާހިމް ތާހިރުއެވެ. ހިވާގޮތުންނަމަ ތާހިރުވަނީ ހަވީރު ނޫސްވެރިޔަކަށްވެސް މަސައްކަތް ކޮށްފައެވެ.
މަރީއްތަ
30 January 2023
ތިއެއް ނޫން ވެގެން އުޅޭ ގޮތަކީ! ފައްޔާޒު ހައިކޯޓަށް ކުރިމަތި ލީމަ އެކަމާ މޭކަރާ ބަޔަކު ހިތުން މޮޅު ކަމެއް ކޮށްލީ! މިއޮތީ ވާ ގައުމެއް
އެމްސް
30 January 2023
6 މަހަށްވުރެ ގިނަ ދުވަސްވެފަ ހުރި އެތައް މައްސައެއް ކޯޓްތަކުގަ އެބަ ހުރި، މިހާތަނަށް އެންމެ އަޑުއެހުމެއްވެސް ނުބާއްވާ! މައްސަލަ ރައްދުވާ ފަރާތްތައް ރައީސް އާއި އެކު ކެމްޕެއިންގަ ބާރަށް އުޅޭ ތަންވެސް ފެނޭ! ޝަރީޢަތްތަަށް ތެރެއަށް ސަރުކާރުން އަތްބާނާކަމަށް ތުހުމަތުކުރެވޭ 1 ސަބަބަކީވެސް މިއީ!