އިންޑިއާގެ ކޮޗިންގައި ހުއްޓައި ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު މަހުދީ.
31 ޖެނުއަރީ 2023 - 17:56
ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ މުހައްމަދު މަހުދީ، 35، ކ. ތުލުސްދޫ އެވެ. އޭނާ ގެއްލުނީ މިއަދު ހެނދުނު އެވެ.
މަހުދީގެ ދައްތަ އައިމިނަތު އަރުޝީ "މިހާރު" އަށް ބުނީ އޭނާ އިއްޔެ ކޮޗިން އަށް ދިޔައީ ބައިޕޯލާ ބަލީގެ ފަރުވާއަށް ކަމަށެވެ. އޭނާއާ އެކު ބައްޕަ އާއި ޅިޔަނަކު ވެސް އިންޑިއާއަށް ދިޔަ ކަމަށް ބުންޏެވެ.
"ވަރަށް ބޮޑަށް ސަކަރާތް ވެގެން، ފަރުވާއަށް އިންޑިއާއަށް ގެންދަން އާސަންދައާ އެއްޗެހި ހަމަޖެހުނީމަ އިއްޔެ އެކޮޅަށް ދިޔައީ،" އޭނާ ބުންޏެވެ.
މަހުދީ ގެއްލުނީ އޭނާ ފަރުވާ ހޯދަމުން އަންނަ އަމްރިތާ ހޮސްޕިޓަލު ކައިރިން ކަމަށް އޭނާގެ ދައްތަ ބުންޏެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ، 7971667 އަށް ގުޅުމަށް އާއިލާއިން އެދެ އެވެ.
މަހުދީ ގެއްލިގެން އާއިލާއިން ވަނީ އިންޑިއާގެ ފުލުހުންނާއި ދިވެހި ފުލުހުންނާ އަދި ފޮރިން މިނިސްޓްރީއަށް ވެސް އެކަން އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުސހޮ
31 January 2023
ހެޔޮހާލުގައި ލަހައްޓަވާށިއެވެ
ލާމަސީލު
31 January 2023
މާލެއިން މީހަކު ގެއްލިފަ ފެނުނަސް އެފެނުނީ ކިހިނެއްކަމެއް ނޭނގޭ. އޭނަ ފިލީކަމެއް ނޫނީ ބަޔަކު ރަހީނުކުރި ކަމެއްވެސް ނުބުނޭ. އެހެންވީމަ މިވާގޮތަކީ މިކަހަލަ ކަންކަމުގެ ސީރިއަސްކަން އޮންނަނީ ގެއްލިފަ. އެންމެ ކުޑަމިނުން މީހަކު ގެއްލިފަ ފެނުނީމަ އެކަންވީގޮތެއް ހާމަކޮށްލާނަމަވެސް ހިތަށް ހަމަޖެހުމެއް ލިބިދާނެ ދޯ.
ތުނިޔަ
31 January 2023
ތީތެދެއް! މިދިޔަ މަހު އިންޑިޔާ ރިހެބުން ގެއްލުނުމީހާވެސް ފެނުނުކަމެއް ނުފެންނަ ކަމެއްވެސް ނޭނގެ!
އެމްސް
01 February 2023
ތަޙުޤީގް ކުރާ ކަމެއްގެ ރިޕޯޓެއްވެސް ދުވަހަކު ޢާއްމެއް ނުވޭ، އެހެން ނޫންތޯ؟
ލާމަސީލު
01 February 2023
ފަހަރުގަ ވެދާނެ ބައެއް އާއިލާތަކުން އެކަހަލަ މައުލޫމާތު ހާމަނުކުރުމަށް އެދިލައްވާތީވެ ހާމަ ނުކުރަނީ ކަމަށްވެސް.