މިދިޔަ އަހަރު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ ތަޒްމީލް (ކ) ބޯޑު މެމްބަރު ނިޔާޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/މިހާރު
02 ފެބުރުއަރީ 2023 - 18:32
މިދިޔަ އަހަރު އެމްޓީޑީސީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ވިޔަސް ފައިދާގެ ގޮތުގައި ލިބުނީ 2.9 މިލިއަން ޑޮލަރު (45 މިލިއަން ރުފިޔާ) ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
މިއީ ކުރީ އަހަރާ އަޅާބަލާއިރު 80 ޕަސެންޓުގެ ދަށްވުމެކެވެ.
އެމްޓީޑީސީ އަށް 2021 ވަނަ އަހަރު 10.2 މިލިއަން ޑޮލަރު (157 މިލިއަން ރުފިޔާ) ފައިދާވި އެވެ. އެހެންވެ މިދިޔަ އަހަރުގެ ފައިދާ ވަނީ 112 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
ޖުމްލަ ފައިދާ ދަށްވި ނަމަވެސް އެ ކުންފުންނީގެ އާމްދަނީ މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (113 މިލިއަން ރުފިޔާ) ހޯދައިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 90 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވި ނަމަވެސް ފައިދާ އެހާ ބޮޑަށް ދަށަށް ދިޔައީ ކުންފުނީގެ ހިންގުމުގެ ހަރަދު 25 ޕަސެންޓް މައްޗަށް ގޮސްފައިވާތީ އެވެ.
އެމްޑީޓީސީއަށް 11 އަހަރަށް ފަހު ފައިދާވާން ފެށީ 2021 ވަނަ އަހަރު އެވެ. އެއީ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ.
އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިއްސާދާރު
04 February 2023
މިވެރިން އެންމްފަހުން ހިއްސާގެ ފައިދާ ބެހީ ކޮންއިރަކުތޯ، އަދި ހިއްސާ ގަންނަން ޙަރަދު ކުރިވަރު ނުލިބިގެން މިއުޅެނީ
ދނދނ
05 February 2023
އެންމެ ފަހުން ހިއްސާގެ ފައިދާ ބެހީ 2022 ވަނައަހަރު. ކޮންކަމަކާ ހިތްހަމަނުޖެހިފަ ތި ހުރެވެނީ؟
ސުނާރު
04 February 2023
މިދިޔަ އަހަރައްވުރެ ޚރަދު އެހާބޮޑަށް އިތުރުވި ސަބަބެއް ވެސް ލިޔެލިނަމަ. ގައިމު މިދިޔައަހަރަކު އިތުރު ރިސޯޓެއް ހަދާފަޔެއްނުވޭ
އެމްސް
03 February 2023
މިއީ ކޮން ކަހަލަ ވިޔަފާރިއެއް ކުރާ ބަޔެއް ބާ؟ ޓްއަރިޒަމް އިން ވެސް ފަޅުރަށް ކުއްޔަށް ދޭ، ކައުންސިލްތަކުންވެސް އެކަން އެހެން ކުރޭ، އަމިއްލަ ފަރުދުންވެސް އެކަން ކުރޭ!
ސުން
02 February 2023
މިފަހަރު 0.1 ލާރި ބަހައްޗޭ
އޮނަރަބްލް އަފީފު ދީދީ
02 February 2023
ކުންފުނި ހަރުދަނާކޮށް ރަނގަޅު ޒިންމާދާރު ބޯޑަކާއި މެނޭޖްމަންޓެއް ހޯދުމަށްޓަކާ ކުންފުނީގައިއޮތް ދައުލަތުގެ ޙިއްސާ ދޫކޮށްލާންޖެހޭ. # މިގޮތުން މިހާތަނަށް ޙިއްސާގަނެފައިނުވާ ކޮންމެ ދިވެހި ރައްޔިތަކަށް 100 ހިއްސާ ގަތުމަށް 1 އަހަރު ދުވަހުގެ ފުރުސަތު ދިނުމަށްފަހު ބާކީ ހުރި ހިއްސާއެއް ވާނަމަ އެ ޙިއްސާ ބީއެމްއެލް، އެސްޓީއޯ، އެމްޓީޑީސީ، މޯލްޑިވިއަން އަދި އެމްއޭސީއެލް އާއި ގޭންއެއަރޕޯޓް ކަމްޕެނީ ފަދަ ދައުލަތް ޙިއްސާވާ ކުންފުނިތަކަށް ދޫކޮށްލުން ރަނގަޅު.
އެމްސް
03 February 2023
ކްރޮސްރޯޑްސް އޯން ކުރަނީ އެމްޓީޑީސީން ތޯ؟