ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި -- ފޮޓޯ: ޕީޕީއެމް
06 ފެބުރުއަރީ 2023 - 12:31
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅުން މިއަދު ބާއްވަމުންދާ މުޒާހަރާގައި ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ވަޑައިގެން ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން މަޖިލީހުގެ ތެރޭގައި އިދިކޮޅުގެ މަޖިލިސް މެމްބަރުން އިހުތިޖާޖު ކުރި އިރު ސޯސަން މަގުގައި އިދިކޮޅުން ދިޔައީ މުޒާހަރާ ކުރަމުންނެވެ.
މަޖިލިހުގެ އިދާރާ ކައިރި އަށް ދާން މަސައްކަތް ކުރި އެ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލު ކުރަން ގިނަ އަދަދެއްގެ ފުލުހުން ގިއަރާ އެކު އެ ސަރަހައްދުގައި އޭރު ދިޔައީ ހަރަކާތްތެރިވަމުންނެވެ. މުޒާހަރާ ކޮންޓްރޯލު ކުރުމަށް ބާރުގެ ބޭނުން ކުރުމުން ބައެއް މީހުންނަށް އަނިޔާވި އެވެ.
އެ ސަރަހައްދުގައި ހުރި "މިހާރު" ގެ ނޫސްވެރިއަކު ބުނި ގޮތުގައި ޝީލްޑުތަކާ އެކު ތިބި ފުލުހުންގެ ސަފު ކުރިއަށް ޖެހުނު ވަގުތު ފުލުހުން ކައިރީގައި ތިބި ޗެނަލް 13ގެ ދެ ނޫސްވެރިއެއްގެ ގައިގައި ޖެހި އެ ދެ މީހުން ވެއްޓުނީ އެވެ. އެ ވަގުތު އެތަނަށް ޕެޕާ ސްޕްރޭ ޖެހި އިރު އޭގެ އަސަރު އެ މީހުންނަށް ކުރި އެވެ.
އަނިޔާވީ ޗެނަލް13ގެ ފޮޓޯގްރާފަރަކާއި ވީޑިއޯގްރާފަރަކަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދެ ނޫސްވެރިންގެ އަތުގައި ވެސް މީޑިއާ ފާސް އޮތެވެ.
ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި -- ފޮޓޯ: ޕީޕީއެމް
މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިއަކު ވެއްޓިފައި އޮތްތަން ފެންނަ ފޮޓޯތައް ދައުރުރުވަމުންދާއިރު، އޭގެ ތެރެއިން އެކަކު އޮތީ ހޭނެތިފައި ކަމަށް ބެލެވެ އެވެ. ޗެނަލް13ގެ އެހެން ނޫސްވެރިއަކު ބުނި ގޮތުގައި، އެ ފޮޓޯގްރާފަރަށް އަނިޔާވީ ވަރަށް ފަހުން އޭނާ ބޮޑު އޮޕަރޭޝަނެއް ކޮށްފައި މުޅިން ރިކަވާ ނުވެ ހުއްޓާ ކަމަށެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި އެ ދެ ނޫސްވެރިންގެ ތެރެއިން އެކަކުގެ ހާލަތު މިހާރު ރަނގަޅު އިރު، ފޮޓޯގްރާފަރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށް ހީނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި -- ފޮޓޯ: ޕީޕީއެމް
ހީނާ ވިދާޅުވި ގޮތުގައި އިދިކޮޅުގެ މުޒާހަރާގެ ތެރެއިން މިހާތަނަށް 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި ލިބުނު އެކި އަނިޔާތަކަށް ފަރުވާ ހޯދުމަށް ހަތަރު މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
07 February 2023
ރައީސް މައުމޫނުގެ ވެެރިކަމަށް ފާޑުކީ މީހުން ގިނައިން ހުރީ އަސްލަށް ވުރެ ކަންފަލަ ކޮށްފައި. ނޭދެވޭ ކަންކަން ނުހިނގައެކޭ ނޫން. ރަން ފާޚާނާ ތައްޓޭ އަނިޔާއޭ ދީނުގެ ޢަދުއްވޭ ފިރުޢައުނޭ ކީ މީހުންގެ ހާލަތު ދެކިބަލަ. މައުމޫނަށް ފަހު ވައްކަން އެރީ އާސުމާނަށް. އަޚުލާޤު ދިޔައީ ފައިތަޅާއަށް. ޖަލުގެ އަނިޔާ ޕެޕަރ ސްޕްރޭ ފެންހޮޅި ނެރުން މީ ކުރިން އަހަރެމެން ނުދެކޭ ކަންކަން.
ތައްޓޭ
06 February 2023
ޕަކާސް...... އިތުރު ފަރުވާއަށް ލަންޖާއަށް ހެހެހެ....
ދެކޮޅުވެރިޔާ
06 February 2023
އޮޕަރޭޝަނެއް ކޮށް ރިކަވާ ނުވާ މީހަކު މުޒާހަރާ ކަވަރުކުރަން ނެތުމަކީ ޗ13 ގެ ކުށް. ދެން އެންމެނަށް ވެސް އެނގެންވާނެ ދޯ ކަނބުރުގެޔަށް ވަނިއްޔާ އަޅިބުރާނެކަން
އިބްރ
06 February 2023
އަނިޔާވެރި ސަރުކާރު އިސްތިއުފާ
ޛަންބީރު
06 February 2023
ޙައްޖަށް ދާންވީނުން މުޒާހަރާނުކޮށް!
ޕީޕީއެމް
06 February 2023
ނޫސްވެރިން ކީއްކުރަން ބޭނިގަންނަނީ؟ ނޫސްވެރިން ތިބެންވީ މަންޒަރު ރެކޯޑްކުރަން.
އަންޑޭ
06 February 2023
ބޮޑެތި އޮޮޕަރޭޝަން ކޮށްފަ ޑޮކްޓަރު ރެސްޓްކުރަން ލަފާދިީމައި ގޮސް މުޒާހަރާގެ އެންމެ ހޫނުގަނޑަށް ވަދެގަނެ ގައްޑާވާން އުޅުނީމަ އަނިޔާވަނީ!
ށަވިޔަނި
06 February 2023
މަޖިލިސްތެރޭ މުޒާހަރާ ކުރާ މީހުންނަށްވެސް ޢިއްޒަތްތެރި މެމްބަރުން. ކޮންކަހަލަ ޢިއްޒަތެއް! މިމީހުންގެ ދަރިން އިސްލާހުކުރަން ދަރިން ކާރީ ވާހަކަ ދައްކަނީ ކޮން އަނގައަކުން. މުސްލިމުންގެ މާތް ނަބިއްޔާ ފޮނުއްވެވީ ހަމަކަށަވަރުންވެސް މިފަދަ ކަންތައް ދަސްކޮށްދެއްވާކަށް ނޫން. އެކަލޭގެފާނު އުއްމަތަށް ދަސްކޮށްދެއްވީ ރީތި މާތް މަތިވެރި އަޚްލާޤު
ތައްޓޭ
06 February 2023
އެއްވެސް ކަމެއްނުވޭ ހަމަ ފޮޓޯގަޑެއް ކަޑާލީ، ...