މުޒާހަރާގެ ބައިވެރިން ފަހަތައް ޖެއްސުމަށް ފުލުހުން މަސައްކަތްކުރަމުން ދާއިރު، މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހުރަސްއަޅަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
06 ފެބުރުއަރީ 2023 - 21:15
އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިންނަށް އަނިޔާވިޔަސް އެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން އެހެން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާނާ އިއްވެވުމާ ދިމާކޮށް، ޕީޕީއެމް/ޕީއެންސީން ސޯސަން މަގުގައި ކުރި މުޒާހަރާ ކަވަރު ކުރަން އުޅުނު ޗެނަލް13 ގެ ދެ ނޫސްވެރިއަކަށް އަނިޔާވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ނޫސްވެރިއެއްގެ ހާލު ސީރިއަސްވެ ސްރީ ލަންކާ އަށް މިހާރު ވަނީ އިތުރު ފަރުވާ އަށް ފުރުވާލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ، މިހާތަނަށް ބެލި ބެލުމުން ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
އެ ނޫސްވެރިޔާ ވެއްޓުނީ ފުލުހުން މުޒާހަރާ ރޫޅާލުމަށް ޝީލްޑްތަކާއެކު ކުރިޔަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
"ހާދިސާގައި ކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަޑްސް ކޮމާންޑުން ގެންދަނީ ކުރަމުންނެވެ،" ފުލުހުން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީން ބުނެފައިވާ ގޮތުގައި މުޒާހަރާ ރޫޅާލުމުގެ ތެރެއިން ދެ ނޫސްވެރިންނާއި އާންމުންގެ ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އޭގެ އިތުރުން 11 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކުރި ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހް
07 February 2023
ފުރަތަމައިނުން ކެމެރާ ހިފައިގެން ތިބޭ ނޫސްވެރިންނަށް ހަދާ ގޮތެއް ހަދާލީމަ އެމީހުންގެ ކެމެރާތަކަށް އެއްޗެއް ނާރާނީ. އެ ނިޔަތް ނުވާނެކަމަށް ބުނާކަށް ނޭނގޭނެ.
ފފފފފ
07 February 2023
ނިޔަތެއްނެތި ބޮޑުސިންގާ ޝީލްޑެއްނަގާ ބޮލަކު ނުޖަހާނެ! ނިޔަތް ސާބިތުވޭ އަމަލުން.
ރަދީފްއޮފިޝަލް
07 February 2023
ނިޔަތޭ؟؟؟ ލޮލް.ކަލޭމެންނަށް އެންމެ މޮޅަށް ކުރެވޭނެކަން ތިޔާ ކުރީ.ކަލޭމެން އުފެދުނީ ވެސް ތިޔާ ކަންކަމާއި ކުރިމަތިލުމަށް. ލަދު ކޮބާ؟؟؟ ވ.ވެދުން
ޙހަސަނު
07 February 2023
އޮއި. ނުގަވައިދުން ޕާކުކުރުމަކީވެސް އަހަރުންގެ ނިޔަތެއް ނޫން. ޢެކަމު ސްޓިކާ ޖަހަނީނު. މީހެއްގެ ފުރާނަޔާ ކުޅެލާފަ ތިބުނަނީ ނިޔަތެއް ނޫނޭ. ޝޭމް އޮން ޔޫ ގައިސް. ޑިސްގަސްޓިން.
ށަވިޔަނި
07 February 2023
މީހުން އެހާ ގިނައިން އެއްވެ ހަމަނުޖެހުން ހިންގި ތަނެއްގައި ކޮންމެ މީހަކަށްވެސް އަނިޔާވެދާނެ. ތިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ތިބި ބައެއް.
އުޖާލާ
07 February 2023
ހަގީގީ ޑިމޮކުރަސީ މިއޮއްފެންނަނީ
ހިޔަޅޫ
07 February 2023
ނިޔަތަކާ ނުލާ ކުރާ ކުށެއް ކުށަކަްއް ނުވާނެ
އަންޑޭ
06 February 2023
ފުލުހުންގެ ޝީލްޑްގައި އަޅާ ކޮއްޕާލުމާއި، ނޫސްވެރިން ގައިގައި އަޅައި މުތަހާޒިރީން ކޮއްޕައިގެން ނޫސްވެރިންނަށް އަނިޔާވުމަކީ ފުލުހުންގެ މައްސަލައެއް ނޫން. ނޫސްވެރިކަމާއި ސިޔާސީ އެކްޓިވިޒަމް އާއި މޮބް ނޭނގުމަކީ ނޫސްވެރިންގެ މައްސަލައެއް. ނޫސްވެރިކަމުގެ ފާސް އޮތުމަކީ ޝީލްޑްގައި އަޅާ ކޮއްޕާހެދުމަށް ލިބޭ ފާހެއް ނޫން. އަދި އޮޕަރޭޝަންކޮށްގެން އައިސް ހުރި ނޫސްވެރިއަކު މީގައި ބޭނުނުކަމީ އަމިއްލަ ނަފުސަށް ވެސް ވީ އަނިޔާއެއް!
ހުސްނުހީނާ
06 February 2023
ބަލަގަ ކަރުގަ ނޫސްވެރިކަމުގެ ފާސް އެޅުމަކުން އަދި ނުވޭ ނޫސްވެރިއަކަށް! ކަރުގަ ފާސް އެލުވައިގެންގޮސް މިކުރާކަމަކީ ފުލުހުންގެ މޫނަށް ކުޅުޖަހާ، ގާ އުކާ، ކޮއްޕާ، ގަޅުވާ ހަދަނީ. އެއީ ނޫސްވެރިކަމެއްނޫން. އެއީ ގުންޑާވެރިކަން.
ނުހީބަލަ
07 February 2023
އެކަމެއް އެ ނޫސްވެރިންނެއް ނުކުރޭ. ނޫސްވެރިން ކެމެރާއާ އެހެނިހެން ތަކެތި ހިފައިގެން ތިބެ ތިޔަ ބުނާ ހުރިހާ ޒާތުގެ ކަމެއް ނުކުރެވޭނެ.
ބޮސްގެ ބޮސް
06 February 2023
ނިޔަތެއް ނެތިވެސް ގަސްތުގަ ކަންތައް ކުރެވޭނެ!