ކަލާފާނާއި ގުރައިދޫ ކުޅުނު މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން.--
07 ފެބުރުއަރީ 2023 - 18:27
އިއްޔެ ހަވީރު ކުޅުނު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދިނުމަކީ ދަރިވަރުންގެ ކުރިމަތީ ހިނގައިގެންވާނެ ކަންކަން ނޫން ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދެފި އެވެ.
އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލްގައި އިއްޔެ ވާދަކުރީ ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލެވެ. އެ މެޗު ކަލާފާނުން ކާމިޔާބު ކުރީ 2-1 އިން މޮޅުވެގެންނެވެ. މެޗު ނިމުމުން ގުރައިދޫގެ ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދިނީ އެވެ.
ސްކޫލް ކުދިންގެ މުބާރާތެއްގައި އެފަދަ ކަމެއް ހިނގުމުން މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ މިއީ ކުޅިވަރުގެ ރޫހާ މުޅިން ހިލާފު އަމަލެއް ކަމަށާއި އެފަދަ މަންޒަރުތައް ބެލެނިވެރިންނާއި ސަޕޯޓަރުން ވެސް ދަރިވަރުން ކުރިމަތީގައި ތަކުރާރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"މިފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރު އިތުރުކުރުމުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖުތިމާއި އަދި އަހުލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މުބާރާތްތަކުގައި އެކި ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ވެސް އަޅުގަނޑުމެން އެދެނީ ރިވެތި ނަމޫނާ ފެނިގެން ދިއުމެވެ. މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އިއްޔެގެ ހަމަނުޖެހުން ކުށްވެރިކޮށް މިނިސްޓްރީން ތަކުރާރުކޮށް އެދުނީ ދަރިވަރުންގެ ކުރިމަތީގައި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށެވެ.
މި ހަމަނުޖެހުމުގެ މައްސަލަ އެފްއޭއެމުން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކް
13 February 2023
މީކުރިން މާލޭން ފެންނަ ކަންކަމެއްނޫން. މިކަހަލަ ކަންކަން ފެންނަން ފެށީ ރައްރަށުން މީހުން މާލެ ގިނަވާން ފެށީމަ. ހުރިހާ އެންމެނެއްނޫން އެކަމަކު ވަރަށްގިނަ މީހުންގެ ހުރޭ މިގޮތް. ސިކުނޑި މުއްސަނދި ނޫން މީހުން ދަރިން ތަރުބިއްޔަތުނުކޮށް ބޮޑު ކުރީމަ ވާގޮތްމީ. މިހާރުމާލަސްވެފަ މިޔޮތީ، މިކަން ރަނގަޅެއް ނުކުރެވޭނެ.
ހުސެން11111
09 February 2023
ބަލި އެއީވެސް ވާނެ އެއްޗެއްކަން އެބަޖެހޭ ބޮޑުންނަށް އެގެން...ބަލިވީމަ ހަޖަމް ކުރަން އެގެން ވާނެ.... ނަމޫނާ ދައްކާ ގައުމުގެ އެންމެ މަތީ ވެރިންވެސް...
މީރު
08 February 2023
ރެފްރީކަން ކުރުމުގައިވެސް ނަމޫނާ ދައްކަން ވާނެ.
އަލީ އަސްފާގު
07 February 2023
ކ. ގުރައިދޫގެ ތިޔަ ޓީމް 2 އަހަރު ދުވަހަށް ރާއްޖޭގަ ބާއްވާ ހުރިހާ މުބާރާތަކުން ސަސްޕެންޑުކޮށް ތިޔަ ޓެރަރިސްޓު އަމަލު ހިންގި މީހުން ސަރީއަތަށް ފޮނުވާ ގާނޫނުގަވާ ގޮތަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފާވާތީ ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަން. އިއްޔެ ހިންގާފަވާ ޓެރަރިސްޓު އަމަލުތަކަކީ ހަޑިމުޑުދާރު ނާތަހުޒީބު އަމަލުތަކެއް ކަމުގައި ދަންނަވަން. އަދި ރެފުރީން ހިމާޔަށް ކުރެވިފައި ނުވާތީ ދިވެހި ފުލުހުންގެ ވާޖިބަކީ ކޮބައިތޯވެސް ބަލަންޖެހޭ
އާތިފާ
07 February 2023
ރަށްރަށުން މާލެއަށް ކުދިން ގޮވައިގެން އައިސް ނަމޫނާމިދައްކަނީ މުޅިން އެހެންކަމެއް. ހުރިހާވެސް ގޯހަކީ ބޮޑައްޗަށް ތިބޭ މީހުން. ރެފްރީގެ ނިޔާއަކީ އެއްމެފަހުގެ ނިއްމުން. އެމީހާ ބޮލަށް އަރާކަށެއްނުޖެހޭ. ކުޅިވަރުތެރެއަށް ފެންވަރުނުތިބޭ މީހުން ކައިރިނުކުރޭ. ސިޔާސީވިސްނުންތިބޭ ރަށްރަށުގެ ބޭކަލުން ކައިރިކުރަންވީ.
ހަމަ ކުޅަނދު މަދީ
07 February 2023
ކުޅަބދު މަދުވީމައި ހަޖަމު ނުވަނީ އެވެ.
އެމްސް
07 February 2023
ކުޑަ ސިޓީ އަލުން ތައާރަފު ކުރަން އެބަޖެހޭ!
ވާންޗޯސް
08 February 2023
21 ވަނަ ގަރުނުގަ ކުޅަނދުގެ ވާހަކަދައްކާނީ ކުޅަނދު މަދު މީހުން. އިލްމެއް ނެތްތާ ލަދުހަޔާތް ހުރިނަމަވެސް ތިވަރެއް ނުވީސް.
ޖުލައި2021
07 February 2023
އަދުލު އިންސާފު ނެއްތަނެއްގަ މިފަދަ ކަންކަން ފެންނަނެ. ރެފްރީވެސް ކަނޑައެޅިގެން ތަކުތާރުކޮއްގޯސް ހެދުމަކީ ވަރަށް ގިނަ މެޗްތަކުގަ ސަޕޯޓަރުން ހޫނުވެ މާރާމާރީއަށް ދާކަމެއް.
ކިރު ސައި
07 February 2023
އެޑިކޭޝަނުން ބަލަނީ ފިރިހެން ކުދިން ތުނިކޮށް ބޯކޮށުމުން އަޚްލާގީ ހުރިހާ މައްސަލައެއް ހައްލުވާކަމަށް. އެކަމަކު 50 އަހަރުވެފައިވާ މިކަމުން ލިބުނު މޮޅެއް ފެންނާކަށް ނެތް. ނަމަވެސް ގޮތްދޫކުރުމެއްނެތި އަދިވެސް ހަމަ އެގޮތުގަ
ފަރާޒު
07 February 2023
ދެން ފިރިހެން ކުދިން ބޯދިގުކުރަން ހުއްދަ ދިނީމަ އަހުލާގު ރަނގަޅުވޭތަ!؟
ސަބިންދސ
07 February 2023
ބޯ ކޮށީމަ ހުރިހާކަމެއް ހަމަވީ. އަޚްލާގުން 1 ވަނަ
ހާއިބްރީ
07 February 2023
ގުރައިދޫ މީހުންނަށް ބާއްވަންވީ ބޯޅަ މުބާރާތެއް ނޫން. އެންގަރ މެނޭޖްމަންޓް ކުލާހަކާ، ތަހުޒީބު މުޖުތަމައުތަކުގަ މީހުން ކަންކުރާ ގޮތް ދަސްކޮށްދޭ އަސާސީ ކުލާހެއް ބާއްވަންވީ.
އޮކްޓޮޕަސް
07 February 2023
މިކަހަލަ ކޮންމެ ހަބަރަކުން ދޭހަވަނީ ދިވެހިންގެ ޖާހިލުކަމާއި ނާތަހުޒީބުކަން. އިހަށްދުވަހު ޓާފްކާޕެޓުގައި ރޯކޮށްލީ. މިކަހަލަ ކަންކަން ކުރުން އާންމުވުމުން ދޭހަވަނީ އަދަބުއަޚްލާޤު އެއްވެސް ވަރަކަށް ނެތްކަން. އަދަބުއަޚްލާޤު ކިޔައިދޭން އަދި ނަމޫނާ ދައްކަން ހުރި ޝޭޚުންނޭ ކިޔާމީހުން ސޯޝަލްމީޑިއާގައި އުޅޭގޮތް ފެނިފަވެސް ލަދުންބޯހަލާކު.