ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު: އެ ޕްލޭން ތައްޔާރުކޮށްފައި ވަނީ ފަސް އަހަރަށް .-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
16 ފެބުރުއަރީ 2023 - 16:58
ރާއްޖޭގައި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން މިއަދު އިފުތިތާހު ކޮށްފި އެވެ.
ނެޝަނަލް ކެންސަ ކޮންޓްރޯލް ޕްލޭން (އެންސީސީޕީ) އަކީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ފެތުރޭ ވަރު އިތުރުވާތީ އެފަދަ ބަލިތައް ކޮންޓްރޯލްކޮށް، ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް މިހާރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށް އެކުލަވާލި ކަންކަމުގެ ތެރެއިން 2022-2026 އަށް އެކުލަވާލި ޕްލޭނެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ފަންނީ ލަފަ އާއި އެހީތެރިކަމާއެކުގައި އަދި ރާއްޖޭގައި ކަމާ ގުޅުން ހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާއާ އެކު އެކުލަވާލި އެ ޕްލޭން އިފުތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރު އަހުމަދު ނަސީމެވެ.
1. ކެންސަރުން ރައްކާތެރިވުމަށް ސިއްހީ އާދަތަކަށް އަހުލުވެރިވުން.
2. އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުން.
3. އާއިލާތަކަށް މާލީ ބުރައެއް އުފުލަން ނުޖެހި ކެންސަރުގެ ފަރުވާ ލިބުން.
4. ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ޕެލިއޭޓިވް އާއި ސަޕޯޓިވް ކެއާގެ ކަވަރޭޖް ފުޅާކުރުން.
5. ކެންސަރުގެ ގައުމީ ރަޖިސްޓަރީ ގާއިމު ކުރުމާއި ދިރާސާތައް ކުރުން
ހެލްތް މިނިސްޓްރީން ބުނީ ޕްލޭން ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުން، ގައިންގަޔަށް ނާރާ ބަލިތައް މިހާރު ހުރި ވަރު 2030 ގެ ނިޔަލަށް 25 ޕަސެންޓަށް ދަށްކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވާނެ ކަމަށެވެ.
ޕްލޭނަށް އަމަލުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާ އާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެ އެވެ.
ފަރުވާ ހޯދަން ދިމާވާ ގޮންޖެހުންތަށް ކުޑަކުރުމާއި އެ ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ގެންދިއުމަށްޓަކައި ގުޅުން ރަނގަޅު ކުރުމަކީ ވެސް ޕްލޭންގެ މަގުސަދެކެވެ.
ހެލްތު މިނިސްޓްރީން ބުނީ، ކެންސަރު ޖެހޭ އަދަދާއި ކެންސަރުގެ އާންމު ވައްތަރުތަކާއި އަދި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ފަރުވާ ހޯދާ މީހުންގެ މައުލޫމާތު ގަވައިދުން އެއްކޮށް، އެ މީހުންނަށް ދޭންޖެހޭ ފަރުވާ އާއި އެހީތެރިކަން ރަނގަޅަށް ބަލައި ތަފާސްހިސާބު އެއްކުރުމަށް ބޭނުންވާ "ކެންސާ ރަޖިސްޓްރީ" ހަރުދަނާ ކުރުމަކީ ވެސް އެ ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުޅާދޫ ނަގްރަތް
17 February 2023
ފުރަތަމަ ކުރަންވީ ކަމަކީ ދަންވަރަސް ކެފޭތަކާ ފިހާރަތަށް ހުޅުވައިފަ ނުބެހެއްޓުން. ދެވަނަކަމަކީ ލޯކޮލެޓީ ފްޑު އެތެރެކުރުން ހުއްޓާލުން
ނިއުލް
17 February 2023
24 ގަޑި އިރު ފިހާރަ ރެސްޓޯރަންޓު ދުނިޔޭގެ ހުރިހާތަނެއްގައިވެސް ހުރޭ.. 2 ވަނަ އަށް ތިޔަ ބުުނީ 100ގެ ވާހަކަައެއް.
ދަޒަޅޯ މާށައަ
17 February 2023
ރާއްޖޭގައި އުފައްދާ ކާބޯތަކެތި ރައްކާތެރިއެއް ނޫނޭ ކިޔާއަޑު އިވެނީ. ހޮޓާތަކުގައި ޕާޕަރު ތެލުލަން ވެސް ރިސޯޓުތަކުން ބޭރުކުރާ ޔޫޒްޑް ތެޔޮ އަގުހެޔޮކޮށް ގަނެގެން ބޭނުންކުރެޔޯ ވެސް ކިޔާ. ފިހާރަތަކުގައި ހުންނަ ފޭކް ކޮސްމެޓިކް ސާމާނު ވެސް ލޭބަލް ޖަހާލާފަ ހުންނައިރު ވަކިކުރަން ނޭނގޭ. އެއްގޮތަކަށް ނުވެސް ދުފާ ސިގިރެޓް ނުބޯ ޒުވާން އަންހެންކުދިން ގޭތެރެއާ ސްކޫލު ނޫން ތަނަކަށް ނުވެސް ނުކުންނަނީސް ކެންސަރަށް ފަރުވާ ހޯދާ ވާހަކަ ފެންނަނީ ފޭސްބުކުން.
ނަސްރު45
17 February 2023
ތިކަމަށް އެންމެ އިސްްރޯލެއް އަދާކުރަން އޮތީ ‘ނުކުޅެދިފާ އޮތް’ ފުޑް އެންޑް ޑްރަގް އޮތޯރިޓީ. ބޭރުން އެތެރެކުރެވޭ ވިހަ ބޭސް ބޭނުން ކޮށްގެން ރާއްޖޭގަ މޭވާ އާއި ތަރުކާރީ، ކުުުުކުޅު ބޮޑުކުރޭ، އެތަކެތި އަހަރުމެންގެ ފުޑްސައިކަލް އަށް ނުވަންނާނެ ގޮތެއް ހެދެން އޮތީ އެމީހުންނަށް
ބޮޑުމީހާ
17 February 2023
ބަލަ 2018 އިން 2023 އަށް ޕްލޭން ހަދައި ތަންފީޒުކުރަން ވަގުތު ލިބިއްޖެ. ދަރުމަވަންތަ ހޮސްޕިޓަލެއް އަޅާ ހުރިހާ މެޝިނަރީޒް ލީމަވެސް ތިއުޅެނީ ހިދުމަތެއް ނުދެވިގެން. ދެން މޮޅެތި ޕްލޭން ހަދާނެ ކަމެއް ނެތް. 7 މަސް ފަހުން ތިބެންޖެހޭނީ ގޭގަ
އެމްސް
16 February 2023
ހައްތާވެސް ކެންސަރު ޖެހުނީމަ ހަދާނޭ ގޮތްގޮތް، އޭގެ ކުރިއަށް ކުރަންވީ އެއްވެސް ކަމެއް ނެތް! އެންމެ މުހިއްމީ ކާނާގެ ރައްކާތެެރިކަން!
ޢެޑްމުންޑޯ
16 February 2023
ކެންސަރ ޖެހުމުން އަވަހަށް ދެނެގަނެވި ރަގަޅު ފަރުވާގެ ނިޒާމެއް ގާއިމް ކުރުން މުހިއްމީ ، ދިވެހިންގެ ދިރިއުޅުން އާދަކޮއްފައި ވަނީ ބަލިތަކުން ރައްކާތެރި ވާގޮތަކަށްނޫން ، ކެންސަރަށް މަގުފަހިވާ ހުރިހާ ކަމެއް ދިވެހިންގެ ދިރިއުޅުމާއި ވަނީ ލާމެހި ގުޅިފައި ، ކުރިއަށް އޮތްތާގައިވެސް ނަންކިމިއުނިކަބަލް ޑިސީސް ތައް އާދަޔާ ޚިލާފަށް އިތުރުވާނެ
އެމްސް
16 February 2023
ޕްރިވެންޝަން އިޒް ބެޓާ ދޭން ކިޔޯ!