ޑީޖޭއޭ: ޖުޑިޝަރީގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދޭން އަމުރެއް ނުކުރެވޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
17 ފެބުރުއަރީ 2023 - 17:54
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، ހަތަރު އަހަރު ވަންދެން ނުދީ ހުރި ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިއްޔެ ނިންމައިފި އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް 200ރ. ގެ މުސާރައިގެ ކުރިއެރުމެއް ދޭންޖެހެ އެވެ. އެކަމަކު އެ ފައިސާ ނުދޭތާ ހަތަރު އަހަރު ވަނީ ވެފަ އެވެ.
އެ މައްސަލަ މުވައްޒަފުންތަކެއްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން އިއްޔެ ނިންމި ނިންމުމުގައިވަނީ ހަތަރު އަހަރު ވީއިރު ވެސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވި އޮތީ އެކަމަށް ބޭނުންވާ ބަޖެޓް ދައުލަތުން ހަމަޖައްސައި ނުދޭތީ ކަމަށެވެ. އަދި ބަޖެޓް ހަމަޖެހިފައި ނުވަނީސް އެ ފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެންވެ، މުސާރައިގެ ކުރިއެރުން ހައްގުވިޔަސް އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ހިސާބު ކުރަނީ މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ. އެހެންވެ، މުސާރައިގެ ކުރިއެރުން ނުލިބޭތީ ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާގެ ކުރިއެރުމެއް ވެސް މިހާރު ނުލިބެ އެވެ.
އެ މައްސަލަ މުވައްޒަފުންތަކެއްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ފަހުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 2019 ވަނަ އަހަރު ދޭންޖެހޭ ފައިސާގެ ތެރެއިން އެއް ބައި މިދިޔަ މަހު ދިނެވެ. އެކަމަކު 2021 ވަނަ އަހަރު ދޭންޖެހޭ ފައިސާ މިހާތަނަށް ވެސް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތުރުފަނި
18 February 2023
ބަޖެޓު ހޯދަން ޑީޖޭއޭ ކުރި މަސައްކަތެއް ނިކަން ކިޔާދީބަލަ. އަހަރަކު އެއްފަހަރު ސިޓީ ގަނޑެއްހާ މިންވަރު ފޮނުވާލަން ނުކެރޭ. ތިމައްސަލައެއް ހުށަހެޅުމުގެ ކުރިން އެތައް މުވައްޒަފުންނެއް ސޮއިކޮށް ޑީޖޭއޭއަށް ލީ ސިޓީއަކަށް ޖަވާބެއް ނުދޭ. މުވައްޒަފުންނަށް ހައްޤުތައް ކަށަވަރުކޮށްދޭން ޑީޖޭއޭއިން ކުރި މަސައްކަތެއް ނެތް. ހުސްވެސް އޮތީ އިހުމާލު.
އިހޮލާސްތެރިލޯ
18 February 2023
ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 2019 ވަނަ އަހަރު ދޭންޖެހޭ ފައިސާގެ ތެރެއިން އެއް ބައި މިދިޔަ މަހުދިނީއެއް ނޫން. 2019 އިން ފެށިގެން ދޭންޖެހޭ އެއްޗެެއް 2023 ޖަނަވަރީއިން ކުރިއަށް ދޭން ނިންމީ. އަދި ލިބުނީ ޖަނަވަރީގެ ފައިސާއެކަނި. ކޮބާ 2019 އިން ފެށިގެން ވޭތުވެދިޔަ 4 އަހަރުގެ ފައިސާ؟ 2019/20 އަދި 2021/22 އަށްވީގޮތެއް ނޭނގެ. ޓްރައިބިއުނަލް އިން ތިނިންމުން ނިންމި ދުވަހު ސަރކިއުލަރ އުވާލައިފި. މިއީ ކުރާ ޖެއްސުން ނޫން ކޯއްޗެެއް؟
ނުފޯރާފޮތި
18 February 2023
މަޖްލީހު މެންބަރުންގެ މުސާރައާ އިނާޔަތްތައް އަދި ކޮމިޓީ އެލަވަންސް، މެންބަރުން އަމިއްލައަށް ކަނޑައަޅާއިރު މުޅި ޤައުމުގެ މާލިއްޔަތު އެމީހުންނަށް ހުސްކޮއްލަންޖެހޭ ޢަދަދުތައް އެބަ ކަނޑައަޅާ. ފޯރާ ނުފޯރާ މިންވަރެއް، ދައުލަތުގެ މުއްސަނދިކަމެއް ބެލުމެއްނެތް. އެހެން ބަޔަކަށް އެއްޗެއް ދޭން ވެއްޖެއްޔާ އެ ނުދިނުމަށް އެތަކެއް އުޒުރެއް ދައްކާ ޝަރުތުތައް ކުރިމަތި ކުރޭ އަނެއްކޮޅުން މަސައްކަތުގެ ފެންވަރު ބެުންވެސް ތީ ބޮޑު ޖޯކެއް. ހިތަށް އެރިވަރަކަށް މާރކްސް
ފާރޫގް
18 February 2023
ޝަރުއީ ދާއިރާގެ މައްސަލަހައްލުކުރަން ތާކަށްނުޖެހޭނެ.ކޯޓުން ނިންމާލަބަލަ ދޭންޖެހޭނެޔޭ.ކަލޭމެންތީ އެހާ އިންސާފުވެރި ބަޔެއްތަ؟
ކަތްދައްތަ
17 February 2023
ޙައްޤެއް ސާބިތުވެއްޖެކަމަށް ކަނޑައަޅައި އެޙައްޤިދޭން އަމުރު ކުރާނެ ތަނެއް ނެތޭ ބުނީމާ މަށަށް ސުވާލު އުފެދެނީ ތިޔަ ނިންމުން ނިންމި މީހާ އުންސުރު ހަމަ ތޯ؟
Ahmed 1
17 February 2023
ޢަބަދުވެސް ކޮންމެވެސް ފައިސާ އެއް ނުލިބިގެން އުޅޭ ހަބަރު އެތަންމިތަނުން ފެންނަނި
އިބްރާހީމް މޯދީ ސޯލިހު
17 February 2023
ޖޯކެއް ކަހަލަ ހުކުމެއް އެހެން ނޫންތޯ
ޗިއްޕަޅޭ
17 February 2023
ސަރުކާރު ފޭލިވެފައިވާ ކަމުގެ ކުޑަކުޑަ މިސާލެއް، މުވައްޒަފުންނަށް ދޭންޖެހޭ ކުރިއެރުން ނުދީ 4 އަހަރުކޮށްފައި ދައުރުނިމެންގާތްވެ އިންތިޚާބު ބޯމަތިވީމާ މުސާރަ ބޮޑުކޮށްލަނީ ، މިހުންނަނީ ފޭލިޔަރުން މީހުންގެ ބޮލަށް ޖަހާ ޒާތުގެ ޗިޕް
ފަލަ ހަސަނު
17 February 2023
ވަޒިފާޔާބެހޭ ޓަރައިބިއުނަލް އުފެދުނީ ދައުލަތުގެ މާލީ ތަވަސްކަން އޮތޯ ބެލުމަކަމަކައް ނެތް ވަޒީފާއާއިބެހޭ ޤާނުނުގައި ލިޔެވިފައި، އޮތީ މުވައްޒަފުންގެ ހައްޤު ހިމާޔަތްކޮށްދިނު.
ހިކި މޭބިސްކަދުރު
17 February 2023
އެ ގަވާއިދުގައި އެއޮތް ތަންކޮޅު އުވާލާކަށް ނުފެނޭތަ؟ ނުފޯރާފޮތިން ފޫގަޅައިގެން މި އުޅެންޖެހެނީ
ރިޔާޒު ރަށީދު
17 February 2023
މުސާރައިގެ ކުރިއެރުމަކީ ފައިސާ ހުރި މިންވަރުން ދެވޭނެ އެއްޗެއް. އެއީ އެ މީހަކު ކުރި މަސައްކަތުގެ އުޖޫރައެއް ނޫން. އުޖޫރަ ނަމަ ދޭން އެންގުނީސް.
ނޫނޭވާ މޮޅު
18 February 2023
ރިޔާޒު ރަށީދުގެ ކޮމެންޓަށް. "ބަޖެޓް ހަމަޖެހިފައި ނުވަނީސް އެ ފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެންވެ،.... " މައި ސަރުކާރުން ބަޖެޓް ނުދީފިއްޔާ މުސާރަ ދޭންވެސް ނުއެންގޭނެތާ އެނުލިބިގެން ދާނެ ޓްރައިބިއުނަލްއެއް ނުހުންނާނެތާ މިވާގޮތުން.
ރިޔާޒު ރަށީދު
18 February 2023
“ނޫނޭވާ މޮޅު”އަށް ނޭންގުނަސް މަށަށް އެނގޭ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގަ ރީތިކޮށް އެބަ ބުނޭ ބަޖެޓް ނެތިސް މުސާރައިގެ ކުރިއެރުން ހަމަޖައްސައިގެން ނުވާނެޔޭ. މުސާރައަށް ބަދަލު ގެނައުމާ އެއްބަސްވެފައިވާ މުސާރަ މަހުން މަހަށް ދިނުމާ ވަރަށް ތަފާތު.