17 ފެބުރުއަރީ 2023 - 22:14
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އޭނާ ޑީޕޯޓްކޮށްލީ އޭނާގެ މައްސަލަ ކޯޓުގައި އޮތްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމަށް ބުނެ އިންޑިއާ މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހު އިމިގްރޭޝަނުން އޭނާ ޑީޕޯޓްކޮށްލައިފަ އެވެ.
އެހެންވެ، ހައި ކޯޓުން ވެސް މިހާރު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އެކަމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އޭނާ ޑީޕޯޓްކޮށްލުމާ ހަމައަށް އޭނާގެ މައްސަލަ ހައި ކޯޓުގައި އޮތްކަން ޕީޖީ އޮފީހުން ރަސްމީކޮށް އަންގާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓަކުން ނެރެފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެގޮތަށް އިމިގްރޭޝަނުން ބުންޏަސް، ޕީޖީ އޮފީހުން އިއްޔެ ބުނެފައިވާ ގޮތުގައި އޭނާގެ މައްސަލަ އިސްތިއުނާފް ކުރަން އުޅޭކަން ވެސް އިމިގްރޭޝަނަށް އޮންނާނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރޭ
19 February 2023
އަޅެ މިސަރުކާރުގެ ތަންތަނައްލާފަ މިތިބި ވެރިންނަކީ ދެމިޔަކަނުން ސޮނިފައިބާފަ ތިބި ބައެއްތަ
ކަތްދައްތަ
18 February 2023
ދެން ހަމަ ކެކޭ އެއްމެން ގެއެއްވެސް ނުހުންނާނެ. ކޮންމެ ގެއަކުންވެސް ބުނާނީ މިގެއަކުން ނޫނޭ ކެކެނީ އެއޮށް ގެއިންނޭ. ހަމަ ރަބޯރަބޯ ފޯއްޔަށް ހުރިހާ ކަމެއްމެ މިދަނީ. 2023 އޭ ހިތައް އަރުވާކަން މަށަށް ދެރައީ.
ތަކުރު...
18 February 2023
"ޕީޖީ އޮފީހުން އިއްޔެ ބުނެފައިވާ ގޮތުގައި އޭނާގެ މައްސަލަ އިސްތިއުނާފް ކުރަން އުޅޭކަން ވެސް އިމިގްރޭޝަނަށް އޮންނާނީ އަންގައިފަ އެވެ." .... އެހެންވީމާ ކޮންމެވެސް އެކަކު( އިމިގްރޭޝަން ކޮންޓްރޯލަރ ނޫނީ ޕްރޮސެކިއުޓަރ ޖެނެރަލް) އެބަ އިތުރުފުޅު ހައްދަވާ. އޭސީސީ، ހިއުމަން ރައިޓްސް ކޮމިޝަން، ޖެންޑަ މިނިސްޓްރީ ނުވަތަ މަޖިލީހުން ވިޔަސް މިމައްސަލަ ބަލާ މިތަނުން ކޮންމެވެސް އެކަކު ކުއްވެރިކުރޭ. ލައްކަ އިދާރާތައް އެބަހުރި މިމައްސަލަ ބެލޭނެ.
ކުދުބެއްޔާ
18 February 2023
އިމިގްރޭޝަނުން އޭނާ ޑިޕޯޓްކުރަން ޖެހުނު ސަބަބު އިމިގްރޭޝަނަށް އެގޭބާ!!!!!
ތިއްތިކޮއި
18 February 2023
ހާދަ އަވަސް އަރުވާލައިފަ އޭނަ ތި ޑީޕޯޓުކޮށްލީ، ޔަގީޏް އެކަން އެނގިގެން ޑީޕޯޓުކުރީ. ދެން ޕީޖީއިން ސިޓީ ނުފޮނުވައޭ މި ކިޔަނީ
ކެޔޮކޭވަރުއެނގޭނީ
18 February 2023
އެމީހާ ޑީޕޯޓްކުރީ ކީއްވެގެންކަން އިމިގްރޭޝަނުން ބުނެއެއް ނުދޭ. ކުށެއް އޮވެގެންނޫނީ ހަމަ ހުއްޓަ މީހަކު ޑީޕޯޓެއް ނުކުރާނެ. އެހެންވީމަ ކޯޓުގައި މައްސަލަ އޮތްކަން ނޭނގެޔޭ ބުނުމަކީ އިމިގްރޭޝަންގެ އިހުމާލު. ބަލަންޖެހޭނެ. ކުށެއްގެ ތުހުމަތު ކުރެވިގެން މީހަކު ޑީޕޯޓް ކުރާނަމަ އެމީހެއްގެ މައްސަލަ އެއްވެސް އިދާރާއަކުން ބަލާކަން ނުވަތަ ނޫންކަން ޔަގީން ކޮށްފަ ނޫނީ ޑީޕޯޓެއް ނުކުރެވޭނެ. ތިއޮތީ އިންޑިއާ މީހެއްވީމަ ސަލާމަތްކޮށްދީފަ. ތިމައްސަލަ ބަލަންޖެހޭނެ.
އެމްސް
18 February 2023
ސަރުކާރުގެ 1 އިދާރާއާއި އަނެއް އިދާރާއާއި އެއްވެސް ގުޅުމެއް ނެތް؟ ހައްތާވެސް މައްސަލަ ހުށަހެޅީމަ މައްސަލަ ބަލާ ކޯޓްތަކެއް؟
އިހުމާލާއިފަރުވާކުޑަކަން
18 February 2023
އަބަދުވެސް އަތްދަށުން ދޫވެފަ. ޤާނޫނީ ދަލުގައި ހުސް ލޯވަޅު. ލޯވަޅު ނެތިއްޔާ ތޮއްޑުދަށުން ދެމިގަނެގެންދެވޭ. ޕީ.ޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފުކުރަން (ވިސްނާ) ކަން އިމިގްރޭޝަން އަށް އެންގުމުން ދެން އިސްތިޢުނާފު ކުރުމަށްފަހު އަންގާކަށް ނުޖެހޭތޯ؟ ޕީ.ޖީ އިން މިކަމަށް އިޝާރާތްކޮށްފައިއޮއްވާ އޭނާ ފުރވާލުމުގެ ކުރިން ޕީ.ޖީ ގައި އިމިގްރޭޝަންއިން އެކަން އޮތްގޮތް ޗެކް ކޮށްލަންނުޖެހޭތޯ. ހުސްވެސް ފަރުވާކުޑަކަން. އެއަށްފަހު ދެން ކަމުން ރެކެން މި އުޅެނީ
ވަހީދުސޯރ
18 February 2023
ދުލެއްނުވާނެ. ގަސްދުގައި ދޫކޮށްލާފައި ރަށްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަނީ.
ސަމީފް
18 February 2023
ސަރުކާރުން އަންގާގޮތައް ކަންކަން ކޮށްފަ ކޮންމެ ފަހަރަކު ހަދާގޮތް ތީ އެކި މުއައްސަސާތަކުން ބަޔާން ނެރުން އަނެއް ބަޔަކު ކުއްވެރިކޮށް..ބޭނުން ވާ ކަންކޮށްފި..ދެން ދުވަސް ކޮޅަކުން ވާހަކަ ހިދިދާނެ.. ބޭނުންވާ ކަން ކޮށްފި..
ޖުމާ
18 February 2023
އެއްބަޔަކު އަނެއްބަޔަކު ބޮލަށް ކަނޑާނެކަމެއްނެތް.ތީ ގުޅިގެން ހިންގާ ބޮޑެތި ޖަރީމާ...އިންޑިޔާގެ އަވަށެއްމީ.އިންޑިޔާމީހުން މިތަނުގަ އެކޮޅުކޮޅުން އޮރިޔާމާ ހިނނގިޔަސް ވާނެ ކަމެއްނެތް.ޗުޕްއޭވެސް ބުނާކަށް ނުކެރޭނެ.އެއަށްވުރެން މާބޮޑަށް އަޅުވެތިވެފަ ތިބީ.ރާއްޖޭގެ އެތައްބަޔަކު ފީނަންދިޔަ އަލަމްގިރިވެސް މިހާރު ރާއްޖޭގަހުރި ކަމެއްނޭގެ.ވާކަންތައް ނުވާކަންތަކަށްހަދާ ކުރާކަންތައް ނުކުރާކަންތަކަށްހަދާ އޮޅުވާލަން އުޅުނަސް ރައްޔިތުންނަށް އިނގޭ ވާނުވާ.