ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާ: އެތަނުން ފެނުނީ އެ ހާދިސާގައި ގެއްލުނު މީހާގެ ހަށިގަނޑު ކަމަށް ފުލުހުން ބުނޭ
23 ފެބުރުއަރީ 2023 - 18:50
ގުޅިފަޅުގައި ހުރި އިންޑިއާގެ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ އެ ހާދިސާގައި ގެއްލުނު އިންޑިއާ މީހާގެ ހަށިގަނޑުކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ބައިތިއްބާ ބްލޮކްގައި މިދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި، އެތަނުގައި މަސައްކަތްކުރި އިންޑިއާގެ އެކަކު ވަނީ ގެއްލިފަ އެވެ. އޭގެފަހުން އިންސާނެއްގެ ކަށިތަކެއް އެތަނުން ފެނުމުން އެ ކަށިތައް ތަހުލީލުކުރީ އެވެ.
ފުލުހުން ބުނީ އެ ކަށިތަކަކީ ގެއްލުނު އިންޑިއާ މީހާގެ ކަށިތައްކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އިންޑިއާއަށް މި ހަފުތާގައި ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އަހަރު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ފިހިގެން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭލަމޭލަ
24 February 2023
މީގެ ކުޑަ ދުވަސްކޮޅެއްކުރީން މާލޭގައި އަނދާ އަޅިޔަށްވި އިމާރާތުން ފެނުނު ކަށިތަކާ ގުނަންތަކަކީ ކޮންބައެއްގެ ގުނަންތަކެއްކަން އަދި ކަމާ ބެހޭ އިދާރާތަކާ ފުލުހުންނަށް ސާފެއްނުވޭތޯ .
ދޮންޑު
24 February 2023
މިތަންތަން ރޯކުރަން ގޮވި މިހާ އެހެރީ ދޫކޮއްލާފަ
ބޭގަރާރު
24 February 2023
ތި ކިޔަނީ ރޯކުރަން ގޮވި މީހެއްގެ ވާހަކަ. 8 ފެބްރުއަރީގަ މުޅި ގައުމުގައި ރޯކޮށް އެންދި މީހުންވެސް އެތިބީނު މިނިވަންކަމާއެކު. ކޮބާ ދެން މައްސަލައަކީ؟ ވަކި ފިކުރަކަށް ވުންތަ؟ އެހެންވެއްޖާ ދެން ވަރަށް ހެއްވާ!!ތިކިޔާ އަދުލުއިންސާފު ދިމަލެއް ނުވެއެންނު.