ރައީސާއި ނައިބު ރައީސް އަދި މަޖިލީހުގެ ރައީސް: ރައީސަކީ ފައިސަލް ކަމަށް ބުނެ އިދިކޮޅު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
07 މާޗް 2023 - 15:59
ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ މިދިޔަ އަހަރު ކުރެއްވުމުން އެ މަނިކުފާނަކީ ރައީސް ކަމަށް ކަނޑައަޅަން އިދިކޮޅު ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މިއަދު ނިންމައިފި އެވެ.
ރައީސްކަމުގެ ހުވާ ނައިބު ރައީސް ފައިސަލް މިދިޔަ އަހަރު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވުމަށްޓަކަ އެވެ. އެހެންވެ، އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް އެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ރައީސަކީ އެ މަނިކުފާނު ކަމަށް ބުނެ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައި، އެކަން މިއަދު ވަނީ އަންގައިފަ އެވެ. އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ. މީގެ ކުރިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް އެ ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަަލައިނުގަތުމަށެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވިޔަސް، އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ. އަދި މައްސަލަ ބަލައިގަތުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ގާނޫނުއަސާސީ ބުނާގޮތުން ނައިބު ރައީސަކީ ރައީސް އިސްތިއުފާ ދެއްވައިފި ނަމަ ނުވަތަ މަގާމުގެ ޒިންމާ އަދާކުރަން ވަގުތީ ގޮތުން ނުކުޅެދޭ ހާލަތްތަކުގައި ރައީސްގެ ޒިންމާ އަދާކުރައްވާ ބޭފުޅާ އެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ ރައީސަށް އެ މަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރައްވަން ވަގުތީ ގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުފުޅު ކުރެއްވިއްޖެ ނަމަ ސަބަބު ބަޔާން ކުރައްވައި އެކަން ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ނައިބު ރައީސާ ހަވާލު ކުރައްވަން ވާނެ ކަމަށެވެ. އަދި ރައީސް އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވަން ވާނީ އެ ކަން ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ލިޔުމުން އެންގެވުމަށް ފަހު ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރެ އެވެ.
ގާނޫނުއަސާސީގެ 126 ވަނަ މާއްދާގައިވާ ގޮތުން ރައީސާއި ނައިބު ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވާ ކޮންމެ ބޭފުޅަކު، މަގާމާ ހަވާލުވުމުގެ ކުރިން، ގާނޫނުއަސާސީގެ ޖަދުވަލުގައިވާ، އެ ބޭފުޅެއްގެ މަގާމުގެ ހުވާ ކުރައްވައި، އެ ހުވާގެ އިގުރާރުގައި ސޮއިކުރައްވަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ
08 March 2023
މިހާރު އިގޭނެ ރައީސަކީ ޔާމީނުކަން...
ބަޑިތަކުރު
08 March 2023
އަލްޙަމްދުލިﷲ. ދެން އެ މައްސަލަ ހިފައިގެންދާނީ ކޮންތާކަށް ބާވައެވެ. ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ސޮއްސާލައިގެން ތިރިޔަށްފައިބާ ވާހަކަ ދެއްކި ބަޔަކު ތިޔަ ޒާތުގެ ކިތަންމެ ވާހަކައެއް ދައްކާނެއެވެ. ގެއްލުނު އެތި ހޯދަން ކޮށްފަ ނުކުރާނެ އެއްކަމެއްވެސް މިވެރިންނަކަށް ނޯންނާނެއެވެ.
އަސްލު
08 March 2023
ނައިބް ރައީސް ރައީސް ކަމުގެ ހުވާކުރެއްވީ ކީއްވެތޯ? އެ ރައީސް ކަމުގެ ހުވާގައި ކިޔަނީ ކީކޭތޯ? އެހުންނެވީ ރައީސްކަމުގެ ހުވާ ކުރައްވައިގެންތޯ? އެންމެ ފަހުން ރައީސްކަމުގެ ހުވާ ކުރެއްވީ ކޮންބޭފުޅެއްތޯ? ސްޕްރީމް ކޯޓުން ރައްޔިތުންނަށް ވާނުވާ ސާފުކޮށްލަދެއްވުން ވަރަށް ބޮޑަށް އެދެން.
އަލީރާޖާ
08 March 2023
މި ޕީޕީއެމް މީހުން މިއީ ކުރާނެ ކަމެއް ނެތިގެން އުޅޭ ބައެއްތަ؟
ޒައިކް
08 March 2023
ޕީޕީ ޑީފެކުސަނު ޑީގުރޭޑުންހާ ގަމާރު މީހުންނެއް ނޫން ސުޕުުރީމު ކޯޓުގަ ތިބެނީ އިނގޭތޯ؟؟
ޢެމެރިކާ
08 March 2023
ރާއްޖޭގެ ކޯޓުތައް އިންޑިޔާގެ ރޯ އެޖެންޓުން ނުފޫޒުފޯރުވަނީ.
އެކަލޯ
07 March 2023
ޖެއްސުންކުރުމާއި ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ތަފާތަކީ ކޮބާތޯ؟ މަށަށާއި ޕީޕީއެމަށް ވިސްނޭވަރަށް ކިޔާދެވިދާނެ ބޭފުޅަކު އެބަަހުރިތަ؟
ސީޒަން ޖެކްޝަން
07 March 2023
ފައިސަލުބޮލަށް އެރޭނަމޭހިތާ މިމީހުން މިއުޅެނީ. ފައިސަލުބޮލަށް އެރޭކަށް ދެން ދުވަހެއްނެތް. ފައިސަލަށްވެސް އެނގޭ ދުވަސް އެބަ ކުޑަތަންވޭކަން. ފުރޮޅުނަސް ހަމަ ވާނީ ބޭކާރުކަން.
ޙަސަން އަޙްމަދު
07 March 2023
ސިޔާސީ ޕާޓީއަކުން މިފަދަ ކޮސް ކަންކަން ކުރާނީ ވެރިކަމާ ގުޅޭ ކަންކަމަށް ޖާހިލު ޕާޓީއަކަށް ވާތީ. ނުވަތަ ކޯޓުތަކަށް ޖެއްސުންކުރަން.
ވަހީދުބޭބެ.
07 March 2023
މައްސަލަ ބަލައިގެންފިއްޔާ ގޯސްވާނެތާ. އުއްތަމަ ފަނޑިޔާރު ވެސް ހިމެނޭ ގޮތުން ހޭވިފައި އޮތް ހަޑިއެއްވީމަ.
ހާލީ ހާ
07 March 2023
ތި ހުރިހައި އެންމެނަށް ވުރެ އިބޫ ގާނޫނަށް ފަރިތަވާނެ. އެއްފަހަރު ވެސް ގާނުއަސާސީ ކިޔައި ބަލާލީމުތަ؟ ހަނދާން ެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެބަހުރިތަ، އެމެރިކާގެ ރައީސް ހޭނައްތާލާފަ އޮޕްރޭޝަނަކަށް ދާން. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭވެރިކަން ނާއިބާ ހަވާލު ކުރިކަން
ކލގޔ
08 March 2023
ބުރޯ ހާ ލީހާ؛ އެމެރިކާގެ ގާނުނު އަސާސީއެއްނޫނޭ ރާއްޖޭގައި ބޭނުންކުރަނީކީ، އިނގިރޭސި ފިލުމުތައް ބަލާފައި އެވެރިން ޖައްސާވައްތަރުތައް ޖެއްސީ، ދިވެހި ގާނޫނު އަސާސީއެއް ބެލުމެއްކެހުމެއްނެތް!