ކުޅިވަރު / އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް

އެމްބީއޭ ޖޫނިއާ ޗެމްޕިއަންޝިޕް: ގިޔާސުއްދީނަށް ދެ ތަށި، އިސްކަންދަރާއި އަހުމަދިއްޔާ ވެސް ތަށްޓެއް

ޖޫނިއާ ޗެމްޕިއަންޝިޕް ގައި 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދި ގިޔާސުއްދީން ސްކޫލް ޓީމު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން ބޭއްވި އިންޓަ ސްކޫލް ޖޫނިއާ ޗެމްޕިއަންޝިޕުގެ 13 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯދި އިރު، 15 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ފިރިހެން ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދައިފި އެވެ.

ބުދަ ދުވަހު ކުޅެވުނު ހަތަރު ފައިނަލް ގައި ވެސް ކުޅުނު އެއް ސްކޫލަކީ އިސްކަންދަރު ސްކޫލެވެ. ގިޔާސުއްދީން ސްކޫލް ދެ ފައިނަލުގައި ކުޅުނު އިރު އަހުމަދިއްޔާ އާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ވެސް ކުޅެފައިވެ އެވެ.

ޖޫނިއާ ޗެމްޕިއަންޝިޕްގެ ހަތަރު އުމުރުފުރާ ގައި ޗެމްޕިއަންކަން ހޯދި އަށް ޓީމު. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހު ފުރަތަމަ ކުޅުނީ 15 އަހަރުން ދަށުގެ އަންހެން ފައިނަލެވެ. އިސްކަންދަރާ ވާދަކޮށް އެ މެޗު 46-29 އިން ކާމިޔާބު ކުރީ މުޅި މެޗު ޑޮމިނޭޓް ކުރި އަހުމަދިއްޔާ އެވެ.

ދެން ކުޅެވުނު 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އިސްކަންދަރު ހޯދީ 46-5 އިން ބިލަބޮންގް ސްކޫލް ބަލިކޮށްފަ އެވެ. މި މެޗްގެ ފުރަތަމަ ކުއާޓާ ގައި ބިލަބޮންގަށް އެންމެ ޕޮއިންޓެއް ވެސް ނުހޯދުނެވެ.

ޖޫނިއާ ޗެމްޕިއަންޝިޕްގެ 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ގިޔާސުއްދީން ހޯދީ 30-17 އިން އިސްކަންދަރު ސްކޫލް ބަލިކޮށްފަ އެވެ. އަދި މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ގިޔާސުއްދީން ހޯދީ 30-20 ޕޮއިންޓުން އިސްކަންދަރު ބަލިކޮށްގެންނެވެ.

13 އަހަރުން ދަށުގެ ފިރިހެން ފައިނަލް ގައި ގިޔާސުއްދީނާއި އިސްކަންދަރު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބުދަ ދުވަހު ކުޅުނު ހަތަރު ފައިނަލަށް ފަހު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ ފެބްރުއަރީ މަހު ބޭއްވި 17 އަހަރާއި 19 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތަކުގެ ވަނަތަކަށް އައި ޓީމުތަކާއި ކުޅުންތެރިންނަށް ވެސް އެވޯޑް ދީފަ އެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބިލަބޮންގް ސްކޫލް އަދި އަންހެން ބައިގެ ޗެމްޕިއަން އިމާދުއްދީން ސްކޫލް ހޯދިއިރު، 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ވެސް ހޯދައިފައި ވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.

13 އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމް:

އައިޝަތު ކަރީން ސައިޒާން (އިސްކަންދަރު)، ލީރާ އަހުމަދު ފިރާޝް (ބިލަބޮންގް)، މަރިޔަމް މަލާކް މުހައްމަދު ސިފާން (ގިޔާސުއްދީން)، މަރިޔަމް ޒައިނާ ނައީމް (މަޖީދިއްޔާ)، އައިޝަތު އައިނީ އަބްދުލް ގަނީ (ގާޒީ)، އީލާފް އަބްދުއްލަތީފް (އިމާދުއްދީން)، އަމަތުﷲ ބިންތި ޔާމިން (އިމާދުއްދީން)، އައިޝަތު އަރުޝީ އާޒިމް (މަޖީދިއްޔާ)، އާމިނަތު މަލްކާ ޒަމީރު (އިސްކަންދަރު)، އައިޝަތު މަލީކާ ޒަމީރު (އިސްކަންދަރު)، ސާޔާ އަހުމަދު މުސެއިދު (ގިޔާސުއްދީން،) ޔާސްމީން އަބްދުﷲ ސައީދު (ގިޔާސުއްދީން)

13 އަހަރުން ދަށުގެ އަންހެން ފައިނަލް ގައި ގިޔާސުއްދީނާއި އިސްކަންދަރު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

13 އަހަރުން ދަށުގެ ފިރިހެން ޑްރީމް ޓީމް:

އާކިފް މުހައްމަދު ނަޝީދު (ގިޔާސުއްދީން)، މުހައްމަދު ލައިލް އަބްދުﷲ (ގިޔާސުއްދީން)، އިއާން ޔޫސުފް ޝިހާމް (ފިންލެންޑް ސްކޫލް)، މުތީއު ބިން މާނިއު (ހުރަވީ)، ޒާކިން އަޝްރަފް ރަޝީދު (އިސްކަންދަރު)، އިސްމާއިލް އައިދިން އަލީ (އިސްކަންދަރު)، މުހައްމަދު ރައުޥަމް ސައުދު (މަޖީދިއްޔާ)، ޝާދިން އަބްދުއްރައްޒާގް (މަޖީދިއްޔާ)، ޔޫސުފް ޔުއާން ރިއްފަތު (ބިލަބޮންގް)، އަޔާން ނާއިފް ވަހީދު (ގިޔާސުއްދީން)، ޔޫސުފް ކައިލް މުހައްމަދު ސިފާން (ގިޔާސުއްދީން)، މުހައްމަދު ވާއި ވިސާމް (ޖަމާލުއްދީން)

15 އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމް:

ކަލްސާމް ކީނާ ނިމާލް (އަހުމަދިއްޔާ)، މަރިޔަމް ކައިލީން ޝިރުހާން (އަހުމަދިއްޔާ)، ފާތިމަތު ރުކާން އިބްރާހިމް (އަހުމަދިއްޔާ)، ސާރާ ޒާޝާ ޒަކަރިއްޔާ (އިސްކަންދަރު)، ފާތިމަތު ޝުބާ ޝުޖާއު (އިސްކަންދަރު)، އައިޝަތު އީޝަލް އަލީ (އަމީނިއްޔާ)، އައިޝަތު އުލްޔާ އަލީ (އިސްކަންދަރު)، އެއިލިޔާ އިސްމާއިލް ޝަފީއު (އިމާދުއްދީން)، އައިޝަތު ލައާލީ އަލީ (އަހުމަދިއްޔާ)، އަސްނާ އަހުތަރު ރަޝާދު (އަހުމަދިއްޔާ)، މަލްކާ އަހުމަދު އިސްހާގު (ގިޔާސުއްދީން)، އައިޝަތު ކައިސާ މުހައްމަދު ހުވައިލިދު (އަހުމަދިއްޔާ)

17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ބިލަބޮންގް ޓީމަށް ތަށި ހަވާލް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

15 އަހަރުން ދަށުގެ ފިރިހެން ޑްރީމް ޓީމް:

އިސްމާއިލް ޒުއިޒް މުހައްމަދު ޒިލާލް (އިސްކަންދަރު)، ޔޫސުފް އަލާން އަލީ ޝަރީފް (އިސްކަންދަރު)، އިބްރާހިމް އަވްސަމް އަބްދުﷲ (އިސްކަންދަރު)، އިޔާލް ނަޝީދު (ބިލަބޮންގް)، މުހައްމަދު ޒާކިން އިސްމާއިލް (އިސްކަންދަރު)، މުހައްމަދު ޒަކުވާން (ޖަމާލުއްދީން)، މުހައްމަދު ވިޝާލް އަބްދުލް އަހަދު (އިސްކަންދަރު)، އަލީ މާކިން ސާމިއު އަންވަރު (ބިލަބޮންގް)، މުހައްމަދު ޔައިޝް އަހުމަދު ފިޔާޒް (ބިލަބޮންގް)، މުއާން މުހައްމަދު ރަޝީދު (ބިލަބޮންގް)، މުހައްމަދު ލާއިގް އަމަން (ޖަމާލުއްދީން)، މޫސާ މިންހަލް ހައިޝަމް (އަމީނިއްޔާ)

17 އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމް:

އައިޝަތު އުލްޔާ އިސްހާގު (ޖަމާލުއްދީން)، އާމިނަތު އެޒިއާ ތަހުސީން (އިސްކަންދަރު)، މަރިޔަމް ޔާނާ އާމިލް (އިސްކަންދަރު)، މަރިޔަމް ޒުލާލް ޝިޔާމް (އިމާދުއްދީން)، އައިޝަތު އާލާ އާސިދު (އިމާދުއްދީން)، ޒާނާ ޒާހިދު (އިމާދުއްދީން)، އއިދާ އަހުމަދު މޫސާ (އިމާދުއްދީން)، އައިޝަތު ސާރާ އިސްމާއިލް (އިސްކަންދަރު)، އައިޝަތު އިމްޝާ އިމްރާން (އިމާދުއްދީން)، އައިޝާ ޔުމްނު ފާތިހު (އިމާދުއްދީން)، ރުވައިޝަް ރިޔާޒް (ގިޔާސުއްދީން) އާސިޔާ ރަޖުހާ އަމްޖަދު (އިމާދުއްދީން)

17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދި ބިލަބޮންގް ޓީމަށް ތަށި ހަވާލް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

17 އަހަރުން ދަށުގެ ފިރިހެން ޑްރީމް ޓީމް:

އަލްދާން އައިކް ރަމީޒް (ޖަމާލުއްދީން)، ކައިލް އަބްދުﷲ ނަޝީދު (ބިލްބޮންގް)، މުހައްމަދު އައިކް ވަޖީހު (އިމާދުއްދީން)، އަބްދުﷲ އަލާން އިރުފާން (ބިލަބޮންގް)، އައިކް އަހުމަދު މައުރޫފް (ގިޔާސުއްދީން)، މުހައްމަދު ކައިފް ޝިރުހާން (އަހުމަދިއްޔާ)، މުހައްމަދު ޒިމާމް އަބްދުﷲ ރަޝީދު (އިސްކަންދަރު)، މުހައްމަދު ނާއިފް އިރުޝާމް (ޖަމާލުއްދީން)، ސައްޔިދު ސަލާހުއްދީން (އިސްކަންދަރު)، އަހުމަދު ނަބީހު ޝިނާން (ހުރަވީ)، އިއުތިމާން އަލީ (ޖަމާލުއްދީން)، އަހުމަދު ލީމް ހުސެއިން ޝިފާއު (އިމާދުއްދީން)

19 އަހަރުން ދަށުގެ އަންހެން ޑްރީމް ޓީމް:

އައިޝަތު އިނާޝާ (ވިލާ)، ލީމް އަލީ ޝާހިދު (ވިލާ)، ޒުހާ އަޝްރަފް އަލީ (ބިލަބޮންގް)، ޒުކާ އަޝްރަފް އަލީ (ބިލަބޮންގް)، އާމިނަތު ޒާޔާ ނީރައިން (ބިލަބޮންގް)، އައިޝަތު ލުއާ އިބްރާހިމް (ވިލާ)، ތަޝާއު މުހައްމަދު އިގްބާލް (ބިލަބޮންގް)، އާމިނަތު އަޒްހާ އަދުހަމް (ސީއެޗްއެސްއީ)، މަރިޔަމް ޔަހްމާ ޔާސިރު (ވިލާ)، އަނާ އާމިނަތު ސިމާދު (ބިލަބޮންގް)، އައިޝަތު ޔާނިއާ އިއުތިމާދު (ވިލާ)، އައިޝަތު އީޝާ ޝަފީއު (ވިލާ)

19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ވިލާ ޓީމަށް ތަށި ހަވާލް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

19 އަހަރުން ދަށުގެ ފިރިހެން ޑްރީމް ޓީމް:

އަހުމަދު ލައިލް ޝިފާން (ވިލާ)، ޒައިދާން އާތިފް ޝުކޫރު (ވިލާ)، މުހައްމަދު އިސްހާގު އަހުމަދު (ވިލާ)، ޔޫސުފް ޒަކްވާން އަހުމަދު (ސީއެޗްއެސްއީ)، އިބްރާހިމް ނައުހާން ނާއިޒް (ވިލާ)، އަލީ ޖާސިމް އަބްދުﷲ ހަނީފް (ސީއެޗްއެސްއީ)، މުހައްމަދު ކައިސާން ނިޔާޒް (ވިލާ)، އިބްޒާ އިބްރާހިމް ސުޖާއު (ވިލާ)، މުހައްމަދު އާހިލް ޖަލީލް (ސީއެޗްއެސްއީ)، މުހައްމަދު ޝަހީދު ޝިޔާމް (އަހުމަދިއްޔާ)، މުހައްމަދު ފަރުހާން ފައިސަލް (ވިލާ)، ރީމާޒް އަލީ (ވިލާ)

4 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެމް ބީ އޭ

16 March 2023

މިގައުމުގަ ބާސްކެޓް ކުޅޭތަ ؟

The name is already taken The name is available. Register?

ޖޯކު

16 March 2023

އިއްލެ ގިޔާސުއްދީން ދެމެޗުގަވެސް ފަހަތުގަ ކުޅުންތެރިން ބަހަށްޓައިގެން ކުޅުނީ. ވަކި ބަޔަކުދޯ ގަވައިދަށް ބޯލަނބަން ޖެހެނީ؟

The name is already taken The name is available. Register?

ބެލެނިވެރިން

16 March 2023

ސްޓާރސް އެކެޑެމީ ހަމައެކަނި ބިލްބޮންގް ކުދިން އެކަނި ޓޮރެއިން ކުރާކަން ފާހަގަ ވެއްޖެ ،

The name is already taken The name is available. Register?

ބެލެނިވެރިން

16 March 2023

މިހާރު ހުންނާނީ ސްޓާރސް އަެކެޑެމީ އާއި ޑީބީސީ އައް އެއްޗެއް ވިސްނިފަ ، ބެލެނިވެރިން އަތުން ބޮޑުއަގުނަގައިގެން ކުރާ ބިޒްނަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454