ކިރިބަސްގެ ފިޝަރީޒް މިނިސްޓަރާއި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު މިއަދު އެއާޕޯޓުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ/ފިޝަރީޒް މިނިސްޓްރީ
16 މާޗް 2023 - 17:19
ރާއްޖޭގެ މަސްވެރިކަމާބެހޭ ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވަން ކިރިބަސްގެ ފިޝަރީޒް މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ބުނީ ކިރިބަސްގެ ފިޝަރީޒްގެ މިނިސްޓަރު ރިބަނަޓާކެ ތިވަލުގެ އެ ދަތުރުފުޅުގައި ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައި، ކިރިބަސްގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ގާއިމް ކުރަން ކުރެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ތިވަލުގެ އިތުރުން ކިރިބަސްގެ ފިޝަރީޒް މިނިސްޓްރީގެ އިސްވެރިންނާއި މަންދޫބުން ވެސް އެ ދަތުރުގައި ރާއްޖެ ވަޑައިގަތެވެ. އެ ވަފުދަށް ރާއްޖެއިން މަރުހަބާ ދެންނެވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތަކަށް ޒިޔާރަތް ކުރުމާއި މަސް ދޯނިތައް ބަންނަ ގޮތް ބެލުމަށް ބޯޓުޔާޑުތަކަށް ވެސް އެ ވަފުދުން ޒިޔާރަތް ކުރާނެ ކަމަށެވެ.
ކިރިބަސްއަކީ ޕެސިފިކް ކަނޑުގައި އޮންނަ އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ. އެ ގައުމުގެ ޖުމްލަ އާބާދީއަކީ 119،000 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއީ މިހާރު މިނިކާކަރަ
16 March 2023
މިހިރަ ކޮމެންޓްތަކުން އެނގެނީ ދިވެހިންނަކީ ވަރަށް މަވެފައި ތިބޭ ގޮތެއްފޮތެއް ނެތް ބައެއްކަން! ފުރައްސާރަ ކުރާކަށް ބައެއް ބައެއް ނޯވޭ. ދުވަހަކު އެބައެއްގެ ގޯނާއެއް ނުވާ މީހުންވެސް ސަލާމަތް ނުވޭ!
ދަގަތްފާނު
16 March 2023
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. އެގައުމުގެ މީހުނަށް ކެތްތެރިކަން ދެއްވާށި.
ދައުރު
16 March 2023
ދައުރެއް ނިމިގެން ދިޔައީ ކަމާދާ މީހަކު ރާއްޖެ ނައިސް ދެން ނިމިގެންދަމުން މިކަހަލަ ބަޔަކު އަންނާތީ މި ފެންނަނީ
ފެންވަރު އޮޅި ގޮތްފޮތް ނެތި
16 March 2023
ކީއްވެތަ ދިވެހީންގެ ގިނަ މީހުން މިޒާތަށް އެހެންމީހުން ސިފަކުރަން އާދަ މިވަނީ؟ ދެރަކަމެއް!!
ޞޖހބގ
16 March 2023
ކިބިރަސް އޭ. އަދި މިއެނގުނީ އެހެންކިޔާ ގައުމެއް އޮންނަކަން
ބެނބޫ
16 March 2023
ޖާހިލު ކަމަކީ ފަހުރުވެރިވާން ޖެހޭ ކަމެއްނޫން!
ވަހީދުބޭބެ
18 March 2023
ދެކޮޅު ދެކޮޅަށް ފޮތް ދަބަސް އުފުލިޔަސް އަދި ނުފުދޭކަން ތިއެނގެނީ. ސްކޫލު މަދުރުސާތަކުން ކިޔަވައި ނުދޭނެ ހުރިހާ އެއްޗެއް. ކިޔަވައިދޭނީ އެއިރަށް ގައުމަށް ކޮންމެހެން ބޭނުންވާ ދާއިރާއިން. އެހެންވެ ހިސްޓްރީ، ޖިއޮގްރަފީ، ފަދަ މާއްދާތަކަށް މިހާރު މިގައުމުގައި އިސްކަން ނުދޭނެ. މިހާރު ބަލަނީ މެޑިސިން، ޓީޗިން، ލީގަލް، އެކައުންޓިން ފަދަ ދާއިރާތަކުން މީހުން އުފެއްދޭތޯ. ސާފުބާ
ކުރުސީ
16 March 2023
ތީޓީމް 1 މަސްދުވަހަށް މަހަށް ފޮނުވާލަންވީ.. އޭރުން ހުންނާނީ އަމަލީ ތަޖްރިބާ ލިބިފައި..
ހެޔޮނުވާނެ ދިވެހިންކިބައިން ދަސްނުކުރައްޗޭ!
16 March 2023
މާތްކަލާނގެއާ ވަކީލް. ދިވެހިންގެ ހުނަރު، ފާޅުގަ އެންމެންގެ ހުނަރު! ވައްކަންކުރުމާ ކޮރަޕްޝަން. ކިރިބަސް އަކައް އެކަހަލަ ލަނޑެއްދޭން ހެޔޮވެސް ނުވާނެ! ކިރިބަސް އައް ސަލާމަތްކަން ދެއްވުމައް އެދި ދުއާކުރާނަން!
ދޯޕައްޓާ
16 March 2023
އެގައުމުގެ ދުވަސް ތިދިޔައީ.
މައިކާލޯސް
16 March 2023
ތިތަނަށް ކިޔާ އަސްލު ނަމަކީ ކިރިބައްތި!
ކިއްލި
16 March 2023
އޭނ ކިއްލި ބައްތިއޭ؟
ޙައްބޭ
16 March 2023
އެތާގެ މީހުންވެސް އެހެން މީހުންވެސް އެތަނަށް ކިޔަނީ ކިރީބާސް. ( Ki-ree-bas ) މިހެން. ތިމީހާ ކިޔާގޮތަށް ކިޔަންޏާ ހިގާ ރ ގައި އުބުފިލިޖަހަން.
ކަހެރުވައް
16 March 2023
ކިރިބާސް އަކީ ކިރިބަތީގެ މީހުން އެމީހުންގެ އަމިއްލަ ބަހުރުވައިން އެގައުމަށް ކިޔާ ގޮތް. ސީއެންއެން އިން "ދިވެހިރާއްޖޭގެ" ޓުއަރިޒަމް މިނިސްޓަރު އެމެރިކާއަށް އައިސްފިޔޭ ބުނުމުން އެކަމާ އެމެރިކާ މީހުން ހައިރާންވެގެން އުޅުނަސް ދިވެހިރާއްޖެ އެއީ ދިވެހިން "މޯލްޑިވްސް" އަށް ކިޔާގޮތްކަން ދިވެހިިންނަަށް އެނގޭނެ.
ޙައްބޭ
17 March 2023
މޯލްޑިވްސް އަށް ދިވެހިރާއްޖެ ކިޔުމާއި ކިރިބަތީ އަށް ކިރިބާސް ކިޔުމާއި ވަރަށް ތަފާތު. ތިކިޔާ ކިރިބަތީ މީހުންގެ ބަހުގައި އޮންނަނީ 13 އަޑެއް. މީގެ ތެރޭގައި ޓަަވިޔަނި ނުހިމެނޭ. TI މިއަޑަކީ އިނގިރޭސިން S އަޑު. ބީބީސީއަކަސް ސީއެންއެން އަކަސް މިކަން އެނގޭ އެއްވެސް ބަޔަކު ކިރިބަ Ti ނުކިޔާނެ.
ލިޔުނަ
17 March 2023
ކިޔާ ގޮތަކީ ކިރިބާސް. ލިޔެފައޮންނަ ގޮތަކީ Kiribati ކިރިބަތީ އިތުރު މިސާލުތަކެއް ކިޔާ ގޮތަކީ ލަޒާނިޔާ . ލިޔެފަ އޮންނަނީ Lasagna ލަސަގްނާ ކިޔާ ގޮތަކީ ޝެމްޕޭން ލިޔެފަ އޮންނީ Champagne ޗެމްޕަގްނެ ކިޔާ ގޮތަކީ ވަރސާޗެހ ލިޔެފަ އޮންނީ Versace ވަރސޭސް