މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.
ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑް ހުއްޓުވާފައި. މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރު.
21 މާޗް 2023 - 10:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބަލަން ނިންމައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ބަލަނީ އެ ކޮމިޓީގެ އިސް ނެގުމަށް ކަމަށެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ބާވަތުގެ މައްސަލަ ބެލުމަކީ އެ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާ ގުޅޭ ކަމެއް މި އޮތީ ދިމާވެފައި. މިއީ ވަރަށް ސީރިއަސް ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
އެ ކޮމިޓީން ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު 11 ޖަހާއިރެވެ.
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި ސަޕޯޓުންތަކެކެކެވެ.
މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ރައީސްގެ މޮޓޯކޭޑް ފެނުމާއެކު، މަގު ބަންދުކޮށް މަގު މެދުގައި އިށީނީ އެވެ. އެހެންވެ، އެއްގޮތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ބޮޑީގާޑުންނަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ސެކިއުރިޓީ ފޯސް އިން ހަތިޔާރާއެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް އެންގި އެވެ. ނަމަވެސް އެ މީހުން ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުންނަށް މަޖުބޫރުވީ، އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ދާށެވެ.
މި މައްސަލާގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
21 March 2023
ރައީސް ގެ ވަށައިގެން ތިބި ގިނަ އަދަދެއްގެ 'ފިކުރު ދިރުވާ' ބޭފުޅުން ދަނީ ތަކުރާރުކޮށް ރައީސަށް ޖެއްސުން ކުރަމުންނެވެ. މިދިޔަ 2 ހަފްތާ ތެރޭ ކުރި ކަންތައް: 1. ސެކިއުރިޓީ ފެއިލް ކޮށްލުން 2. އައިޑީ ކާޑު ހަދާ އަގު ބޮޑު ކުރުން 3.އަރަބިއްޔާ ސްކޫލުގެ މޫނު ބުރުގާ މައްސަލަ. މީގެން 2، 3 މީ ސެޕްޓެމްބަރުގެ ފަހަށް މަޑުޖައްސާލެވެން ހުރި ކަން ކަމަށް ވާއިރު ފަޔަށް ހިނިއަރައިގެން ކުރާ އުސޫލުން މިކަންކަނަ މި ކުރަނީ ފިިކުރު ދިރުވުމުގެ ތެރެއިން ކަމަށް ޤަބޫލު ކުރެވޭ!
ހުސްނުހީނާ
21 March 2023
ރޭވިގެން ގައުމުގެ ރައީސް ހަވަރަށްދިނީ! ވަރަށްނުރައްކާތެރިކަމެއް! މިޖަރީމާ ރަނގަޅަށް ބަލަންޖެހޭ! އިހުމާލުވި އެންމެންނަށް ހައްގު އަދަބުދޭންޖެހޭ!
ހޯރަބޭ
21 March 2023
ތިކަހަލަ ހުރިހާ ނުލަފާކަމެއް ފީފީއެމުން ކުރާނެ
ދޫނިބޭ
21 March 2023
ދުނިޔޭގެ އެހެން ގައުމެއްނަމަ ފަޔަށް ހިނިއަރުވާލިސް. ސިފައިން ރީއްޗަކަށް ގެންގުޅޭ ބަޑިތަކެއްތަ މީ.
މޯޑް
21 March 2023
މާރިޔާ އިސްތިއުފާ ދޭށްޖެހޭ. ތީ އާދައިގެ ކަމެއް ނޫން. ރައީސް ހަވަރަށް ދޭށް ވިންޔާ އެ އުޅުނީ
ރައްޔިތުމީހާ .
21 March 2023
އާންމުންގެ ވެހިކަލްތަކަށް ހުރަސް އަޅާ މައްސަލަވެސް ބަލައިދޭތި!
އޮނަރަބްލް އަފީފު ދީދީ
21 March 2023
ކޮމަޓީން މަޖިލީހުގެތަޅަމަށް އަވަހަށްހުށަހަޅާންވީ ޤާނޫނުއަސާސީ އިސްލާޙްކޮށް ދިވެހިރާއްޖޭގެވެރިރަށަކީ ކ.އަތޮޅު މާލޭގެބަދަލުގައި ހައްދުންމަތީ ގަން ކަމުގައިކަޑައަޅާ ކުރިއަށްއޮތް 20 އަހަރުގެ ދައުލަތުގެބަޖޭޓްގެ %85 ލާމް އަތޮޅު ގުޅިފައިވާ ރަށްތަކަށް ހޭދަކޮށް ސްޕްރީމް ކޯޓާއި، މަޖިލީހުގެ އިދާރާއާއި ރިޔާސީ ގަނޑުވަރު އަދި ރާއްޖޭގައި ހުންނަ އދ އޮފީސްތަކާއި ޤައުމުތަކުގެ އެމްބަސީތައް ލާމަށް ބަދަލު ކުރަން. ސްލަމް އެއްގައި ރާއްޖޭގެ ވެރިކަން ނުކުރެވޭނެ.
ވަޒީފާގެ ފުރުސަތު
21 March 2023
ވެރިކަމުގެ މުސާރަ ކިހާވަރެއްތަ އެންމެން މިކަމަށް ސިޓީމިލަނީ
ހާދަރު4
21 March 2023
ބައިތިއްބާ ފިލްމު ޑުރާމާ ކުޅެ….ރެޕު ލަވަކިޔަން…..ބޮޑު މުސާރަނަގައިން ތިބޭ ބޭކާރުބައެއް…..ސިފައިންވެސް ފުލުހުންވެސް…..
ނަލަނަލަ ރާއްޖެ
21 March 2023
ތީ ބަޔަކު ދަސްކޮށްދިން ކަމެއް. ގޮތެއް ފޮތެއް ނެތި އުޅޭބަޔެއް. އިޖުތިމާއީ ފޭރާން ހަލާކު ކުރީވެސް އެމީހުން. އަދިކުރަމުންވެސް ދަނީ އެމީހުންނާއި އެްްފިކުރުގެ މީހުން. ތާރީޚު ހެކިވާނެ.