އެޗްޑީސީން ހުޅުމާލޭގައި ހުޅުވި ކްލޭ ސްޓޫޑިއޯ: މިއީ ރާއްޖޭގައި ހުޅުވި ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯ.-- ފޮޓޯ: އެޗްޑީސީ
22 މާޗް 2023 - 10:57
އެޗްޑީސީން ހުޅުމާލޭގައި ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް އިއްޔެ ހުޅުވައިފި އެވެ.
މިއީ ރާއްޖޭގައި ހުޅުވި ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯ އެވެ.
އެޗްޑީސީން މިއަދު ބުނީ އެ ކްލޭ ސްޓޫޑިއޯ ހުޅުވީ، ހުޅުމާލޭގެ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ގްރައުންޑް ފުލޯގައި ކަމަށެވެ. އެ ސްޓޫޑިއޯ ރަސްމީކޮށް ހުޅުއްވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ކަމަށް އެ ކުންފުނިން ބުންޏެވެ.
The wait is over! @claystudiomv has officially opened, introducing the immersive and therapeutic art of pottery. pic.twitter.com/GXcUnw1eS7
— HDC (@hdcmaldives) March 22, 2023
އެ ސްޓޫޑިއޯ އިން ދޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި؛
- ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމަށް ކޯސްތައް ހިންގުން.
- ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނުގެ މަސައްކަތް ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުންނާއި ކުޑަކުދިންނަށް އެ ފުރުސަތު ދިނުން.
އެޗްޑީސީން ބުނި ގޮތުގައި، ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ބޭއްވުމަށް އަދި ފްރީލާންސް އާޓިސްޓުންނަށް ވެސް މި ސްޓޫޑިއޯ ބުކްކޮށްގެން ބޭނުންކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy