ކުރީގެ ރައީސް ނަޝީދު: އަމްރުގެ ލީޑަޝިޕްގައި މިދިޔަ ހަތަރު އަހަރު އެސްޓީއޯގެ ނަތީޖާ ރަނގަޅު ކަމަށް ނަޝީދު ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު
27 މާޗް 2023 - 01:55
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާ އެކު ހުންނެވި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެ ކުންފުނިން އިއްޔެ ވަކިކުރުމާ ގުޅިގެން އޭނާ އަށް ނަޝީދުގެ މަރުހަބާ އާއި ޝުކުރު ރޭ ދަންނަވައިފި އެވެ.
އެސްޓީއޯގެ އެމްޑީކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އަމްރު ވަކިކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސްގެ ބަދަލުގައި ނަޝީދުގެ ފިކުރާ އެއްކޮޅަށް އަމްރު ފާޅުގައި ނުކުންނެވުމުން އޭނާ އެ ކުންފުނިން ވަކިކުރުމަށް ބޮޑެތި ފިއްތުންތައް ކުރިމަތި ވެފައި ވަނިކޮށެވެ.
އަމްރު ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ އާއި ނަޝީދުގެ ފެކްޝަނުން ގުޅިގެން މެނިފެސްޓޯ އެކުލަވައިލުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ވެސް މިދިޔަ ހަފުތާގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އިވޭ އަޑުތަކަށް ބަލާއިރު، ނަޝީދު ބޭނުންފުޅު ވަނީ ޖުމްހޫރީ ޕާޓީ/ނަޝީދުގެ ފިކުރުގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސާށެވެ.
އެސްޓީއޯ އިން އަމްރު ވަކިކުރުމާ ގުޅިގެން އެކަން ފާހަގަކުރައްވައި ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ސަރުކާރުގެ އެހެން ކުންފުނިތަކާ އަޅާކިޔާއިރު، އެސްޓީއޯ އިން މިދިޔަ ހަތަރު އަހަރު ނުވަތަ އަމްރުގެ ލީޑަޝިޕްގައި ރަނގަޅު ނަތީޖާ ނެރުނުކަން ސާފުވާނެ ކަމަށެވެ.
"ކުންފުނީގެ ފައިދާ ބޮޑު. އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި. ކޮވިޑްގެ ހާލަތުގައި ވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި،" ނަޝީދު ވިދާޅުވި އެވެ.
"ހުސައިން އަމްރަށް މަރުހަބާ އާއި ޝުކުރު."
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވެސް އަމްރު ހުންނެވީ ނަޝީދާއެކު އެވެ. އެ ކެމްޕެއިންގައި އަމްރު ފާޅުގައި ނުކުންނެވުމުން އޭރު ވެސް އޭނާ އެސްޓީއޯ އިން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ އެތެރެއިން އެކި ފެންވަރުގެ މީހުން ފިއްތުންތައް ކުރިމަތިކުރި އެވެ.
އެސްޓީއޯގެ ސީއީއޯ އަދި އެމްޑީގެ މަގާމުން އަމްރު ވަކިކުރުމާ ގުޅިގެން ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ހަވާލު ކޮށްފައި ވަނީ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނަނީ އަންނަނީ
28 March 2023
މުއިއްޒު 2023 އިންޝާ ﷲ
ތި މުއިއްޒުވީ
28 March 2023
2 ދައުރު ދޭން ޖެހުނީ ތި؟
މިސްޓަރ ޓިނޭ
29 March 2023
ތިޔަ މުޒިއްލު އަކީ ވަރަށް ބޮޑާ މީީހެކެވެ. މަގާމް ގެ ދަހިވެތި ކަމުގަ އަމިއްލަ ޕާޓީ ދޫކޮށް ، ބޮޑު ވަގު ކަލޭގެ ފާނުގެ ބޯއީ އަކަށް ވެގެން ރައްޔިތުންނަށް ވަރަށް ބޮޑަށް ޖެއްސުން ކުރި މީހެއް، މަގޭ ވޯޓް ހަރާމް
ގުރުބާނީކުރަނީ
27 March 2023
އަބަދުވެސް އެހެންމީހަކު ނުވަތަ ބަޔަކު ގުރުބާންކޮށްގެން ތިމާގެ މަންފާއަށް އުޅޭތަން މިފެންނަނީ. ފެބްރުއަރީ 7 އާއި ގުޅިގެންވެސް އެތައްބަޔަކު މަގުތަކައް ނެރެގެން އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. މިހާރުހުރި މަގާމުވެސް ހޯދީ ޕާޓީތެރޭގައި ހަމަނުޖެހުން އުފެދޭނެގޮތަށް މަގުފަހިވުމުން އެންމެ ރަނގަޅުގޮތަކީ ތިމަންނަ އެމަގާމަށް އައުމުންކަމަށް ވިސްނައިދީގެން. މުޅިންވެސް އަމިއްލަ އެދުން.
ފަހުދު.
27 March 2023
ދެން އަމްރު މާލޭގެ ޕްރައިމް ލޮކޭޝަނަކުން ބިމެއް ގަތް ގޮތް ބަލަމާ ހިންގާ
ބަރަބޯބޯކިބާ
28 March 2023
އޭނަ އަތުގަ ލާރި ހުރީމަ ގަންނާނީ. ކަލޭ އަތުގަ ލާރި ނެތުމަކީ އެންމެން އަތުގަ ލާރި ނުހުންނާނެ ކަމުގެ ހުއްޖަތެއްނޫން.
ނިލިސް
27 March 2023
ސަރުކާރުގެ ވިސްނުމާ ދެކޮޅު ފިކުރުގެ މީހަކު އެސްޓީއޯގައި ހުރުމަކީ ސަރުކާރަށް ބަލައިގަނެވޭނެ ކަމެއްނޫން.
ނިލިސްސސސ
27 March 2023
ރޯޔަލް ރޭޕް ބަލަންޖެހޭ ކަމެއް އަދި އޮތީ ރޮލާ
ހިލާފު
27 March 2023
އެސްޓީއޯގެ އެމްޑީއަކީ ސިޔާސީ މަގާމެއްބާ؟ އެސްޓީއޯގެ އެމްޑީ އައްޔަން ކުރުމަކީ ވެސް ވަކި ކުރުމަކީ ވެސް ރައީސް އޮފީހަށް ލިބިގެންވާ ބާރެއް ނޫން. ވިލިމާލޭ ދާއިރާ މެންބަރު އުޝާމް ޓްވީޓް ކުރައްވާފައިވަނީ އެއީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ލިބިގެންވާ ބާރެއް ކަމަށް. އެހެން ކަމަށްވާނަމަ، އެމްޑީ ވަކިކުރަން ރައީސް އޮފީހުން ޕީސީބީއަށް އެންގުމަކީ ގާނޫނާ ހިލާފު ކަމަކަށް ނުވޭބާ
ބޮޑުމީހާ
27 March 2023
މަނިކްފާނު ދެން ސިޔާސީ ދާއިރާއިން އިސްތިއުފާ ދޭންވީ ނޫންތޯ! އެމްޑީޕީންވެސް ބުނެފި މިހާރު ތާއިދެއް ނެތްވާހަކަ. އެމްޑީޕީގެ ޕޮލިސީތަކަކީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުން. އެކަމަކު މިއަދު މަޖްލީހާއި ސަރުކާރު އޮވެމެ މިފެންނަނީ ދައުލަތުން ވައްކަންކުރުމާއި އިންތިހާއަށް ކޮރަޕްޝަން އިތުރުވެގެންދާތަން. މަނިކްފާނަށް ކުރެވުނު ކަމެއް ނެތް، އެމްޑީޕީ ފެއިލް!
ރައްޒާގު
27 March 2023
ނަޝީދު އެއީ ކާކުކަން އަދިވެސް ނޭގޭމީހުން އުޅޭތީ ހިތާމަކުރަން. ނަޝީދުގެ ތަރި އޮއްސެން ދާއިރު އޮއްސުނަނުދީ ހިފޭއްޓޭތޯ ބަލާމީހުންގެ ގަމާރުކަން ވަކި ކުޑަތަ؟
ޢެޑްމުންޑޯ
27 March 2023
އެސްޓީ އޯ ގެ އެމްޑީ އަކަށް ހުރެ ކުޑަ މުއްދަތެއްގައި 9 މިލިއަން ރުފިޔާ އަށް މާލޭން ގޯއްޗެއް ގަނެފައިވާކަން ، އެއީވެސް ފާހަގަކޮއްލެވޭ ކަމެއް އެހެން ނޫންތޯ ؟
ރާޖާ
27 March 2023
ކޮވިޑް ދުވަސް ވަރު ގައުމުގެ ހުރިހާކަމެއް އިސްނަންގަވައިގެން ހިންގެވީ އިބޫ. އެއީއަކީ އެސްޓީއޯގެ އެމްޑީގެ ކަމެއް ވަކި ނޫން ބާޒާރުގައި ތަކެތި މަދުނުވާނޭގޮތަށް ސަރުކާރުން އިންޑިޔާއާއި އެކު ބޭއްވި ގުޅުން. އެއީ ހުރިހާ ކަމެއްގެ އަސްލު. މަނިކުފާނުވެސް އެބަ އެއްބަސްވޭ ގައުމު ހިންގީ ރަގަޅަށްކަމަށް ދޮއްތޯ
ކުޑަކުއްޖާ
27 March 2023
"ކުންފުނީގެ ފައިދާ ބޮޑު. އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި. ކޮވިޑްގެ ހާލަތުގައި ވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި،" - މިއީ ސަރުކާރުގެ ސިޔާސަތު. މިސިޔާސަތާ އިދިކޮޅުވެ އެހެން ފިކުރެއްގައި ނުކުމެ ރައީސް އާއި ދެކޮޅަށް މަސައްކަތް ކުރަން ފެށީމެ ރައީސް އަށް އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮތަތީވެ އެ ވަކިކުރީ. އެއީ ހަމަ ތިޔަ ފިކުރުން ވެސް އެކަން ކުރާނެ ގޮތްކަން ކުރިންވެސް އޮތީ ދައްކާފަ. ވަރަށް ސަލާމް.