ބީއެމްއެލް. އެ ބޭންކުން ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 މާޗް 2023 - 13:38
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި ބީއެމްއެލުން ހާއްސަ އެއްބަސްވުމެއް ހަދައިފި އެވެ.
އޭޑީބީން ވަނީ ބީއެމްއެލް މެދުވެރިކޮށް 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) ގެ އެހީއެއް ދޭން ނިންމައިފަ އެވެ.
އެއީ އެ ބޭންކުގެ 13 މިލިއަން ޑޮލަރާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީން 13 މިލިއަން ޑޮލަރާއި ޑިވެލޮޕްމެންޓް ބޭންކް އޮފް އޮސްޓިއާ މެދުވެރިކޮށް ފަސް މިލިއަން ޑޮލަރެވެ. އެ ލޯނުތަކުގެ ބޭނުމަކީ ކުންފުނިތައް އުފެއްދުމާއި ކުންފުނިތައް އިތުރަށް ފުޅާކުރުމެވެ.
ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޭ ފައިނޭންސިން ޕެކޭޖުގެ ދަށުން ދަރަނި އަދާކުރުމަށާއި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތަކަށް ހާއްސަކޮށް ކެނޭޑިއަން ކްލައިމެޓް ފަންޑް ފޯ ދަ ޕްރައިވެޓް ސެކްޓާ އިން އޭޝިއާ ދޭ (ސީއެފްސީއެސް) އިން ނުވަ މިލިއަން ޑޮލަރާއި އޭޝިއަން ޑިވެލޮޕްމެންޓް ފަންޑުން އެއް މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.
އޭޑީބީގެ ޑިރެކްޓަ ޖެނެރަލް ފޯ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ސުޒޭން ގެބޯރީ ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އަށް ކަނޑުގެ ދިރުންތައް މުހިއްމު ދައުރެއް އަދާކުރާ އިރު ތިމާވެއްޓާ ރައްޓެހި ވިޔަފާރިތައް ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މަދު ކަމަށެވެ.
އެ ލޯން ޕެކޭޖުގެ 60 ޕަސެންޓު ހާއްސަ ކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށެވެ. އަދި ފަސް ޕަސެންޓު ހޭދަކުރަނީ އަންހެން ވިޔަފާރިވެރިންނަށެވެ.
ބީއެމްއެލަކީ 42 ބިލިއަންގެ މާލިއްޔަތެއް އޮތް ބޭންކެކެވެ. އެ ބޭންކުން 38 ބްރާންޗް ހިންގާއިރު 142 އޭޓީއެމް އެބަހުއްޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެބޯގެރި
31 March 2023
ތީސީދާ ރައްޔަތުން ބިކަކުރާ ލޯނު