ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
05 އެޕްރީލް 2023 - 12:13
މަސްތުވާތަކެތި ހިފައިގެން ރާއްޖެއަށް ގިނައިން އަންނަނީ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށާއި އެ މީހުން ބަލަހައްޓަން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަ މީހުންގެ އަތުން އެ ތަކެތި އަތުލުމަށް ފަހު މީހުން ފޮނުވާލާ މައްސަލައިގައި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ސުވާލާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މާރިޔާ ވިދާޅުވީ ޑްރަގް ހިފައިގެން ގިނައިން އަންނަނީ އެއިޑްސް އަދި ކިޑްނީ ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށެވެ.
އެ ފަދަ މީހުން މިހާރު ވެސް ޖަލުގައި އެބަތިބި ކަމަށާއި އެ މީހުން ބަލަހައްޓަން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ނަމަވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނާ ގުޅޭގޮތުން ހެދި ގަވައިދުގައި އޮންނަނީ ކޯޓުގެ އަމުރަކުން އެ މީހުން އަނބުރާ ފޮނުވާލެވޭނެ ކަމަށެވެ. އެކަމަކު، ޖަލުގައި އެތައް ދުވަހެއް ވަންދެން ބެހެއްޓުމަށްފަހު އަނބުރާ ފޮނުވާލަން ވަރަށް ދަތިވާކަން، މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަ މީހުން އަނބުރާ ފޮނުވާލަނީ އެ މީހާގެ ކަންކަމަށް ޒިންމާވުމުގެ ބަދަލުގައި ކަމަށް އިމިގްރޭޝަނާއި ކަމްޓަމްސްގެ އޮފިސަރުން ބުނާ ކަމަށެވެ.
"އެ ނޫން ގޮތަށް އެކަން ކުރެވިގެން، މިގޮތަށް ދިވެހި ދައުލަތުން، ދިވެހި ރައްޔިތުންގެ ފަރާތުން އެތައް ހަރަދެއް ކުރެވިގެން ރިމާންޑުގައި މީހުން ބަހައްޓަން ޖެހޭތީ އެކަން އެގޮތަށް ނުކުރުމަށްޓަކައި ސީދާ ފެންނަ ގޮތުގައި ގަވައިދެއް އޮންނަން ބޭނުންވާތީ އެކަން އެގޮތަށް ކުރެވުނީ. ކުރީގައި ވެސް ކޮށް އުޅޭ ކަމެއް މިއީ. އެތައް ދުވަހެއް މި ގޮތަށް ޕްރެކްޓިސް ކުރާތާ." އޭނާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިމިގްރޭޝަނުން މި ފަހުން ހެދި ގަވައިދެއްގެ ދަށުން ވަނީ މަސްތުވާތަކެއްޗާ އެކު ރާއްޖެއަށް އަންނަ ބިދޭސީން އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާ އަށް ދީފަ އެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދިރުނު ފިކުރު
07 April 2023
ޑްރަގެ ގެންނަ ބިދޭސީން ބެލެހެއްޓުމާ ޑިފެންސް މިނިސްޓްރީ އާ ކޮންކަމެއް؟ ހައްޔަރުކޮށްގެން ބަލަހައްޓާ މީހުން ބަލަހައްޓަނީ ޝޭޙް އިމްރާނު ބެލުމުގެދަށުގަ ހުންނަ ތަންތަނުން ނޫންތަ؟ ރާއްޖޭގެ ޖަލުގަވެސް އެބަތިބި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން. އޭގެ އިތުރުން ބުނާނަމަ މަގުތަކުގަ ގިނަވެފަ މިއުޅޭ ހަކުރުބޯ މީހުންގެ ތެރޭގަ ހިމެނޭ ޓީ.ބީ އާއި އެއިޑްސް ޖެހިފަ ތިބޭ މީހުން ޖަލަށް ނުލާ ސަބަބު މިއެނގުނީ އަދި ކިރިޔާ. ޝުކުރިއްޔާ މާރިޔާ
އެލޮކޮސް
06 April 2023
ސިނގަފޫރުގައި މަރަނީ. ވަރަށޤ ޚަރަދު ކުޑަގޮތެއް. ވަޒަނެއް ލިބޭނެ 50 ރުފިޔާއަށް ތަންކޮޅެއް ބަލްކުކޮށް ގަތީމަ.
ޝަބާޝް މުބާރިކު
06 April 2023
އެއް ސޮޓުން ރާއްޖެ ޑުރަގު ޓުރާންސިޓު ބަނދަރެއް ގޮތުގަ އިސްތިހާރު ކޮއްލީ. ކިހާ މޮޅު މަރިއްކޮ. ދަރަނިބޯ ސަލާމަތް ނުވެގެން ޑުރަގު ވިޔަފާރި ވެސް އެއްމެ ފަހުން ކުރަން ފެށީތަ
ހުއްބުލް ގަލަން
05 April 2023
ޑްރަގު އެތެރެކުރާ ބިދޭސީން ބެލެހެއްޓުން ހަރަދުބޮޑޭ ކިޔާފަ ދެންވީ، އެމީހުން ރާއްޖޭގެ އެއާޕޯޓަށް ޑްރަގު ހަވާލު ކުރީމަ ޝުކުރިއްޔާއޭ ކިޔާފަ ފޮނުވާލަންދޯ.
2000
05 April 2023
ކަލޭމެން ކުރާ ބޭކާރު ޚަރަދު ކުޑަކޮށް ބިދޭސީންގެ ސަބަބުން މިގައުމަށް ޖެހިފައިވާ ބަލާ ވެރިކަން ކުޑަކޮށްދީބަލަ
މާކުންބޭ
05 April 2023
ތިހިރަ ފޮރިން މިނިސްޓްރީ އިން ކުރާ ބޭކާރު ހޭދަ ހާއްޞަކޮށް ބޭކާރު އެމްބަސީތަކަށް ކުރާ ޚަރަދުތައް ކަނޑާލާފަވެސް ތި ކްރިމިނަލްސްތަކަށް ދޭންޖެހޭ އަދަބު ދޭންޖެހޭ.
2 ބިސް މާރިޔާ
05 April 2023
ގާ އަޅުވަބަލަ އެމީހުން ލައްވާ. ދެން އެގާ ވިއްކާނީ ހުޅުމާލޭގެ އިމާރާތް ކުރާ މީހުންނަށް. އެލިބޭ ފައިސާއިން ހުރުމާއި ކެއުން ހަމަ ޖެއްސޭނެ. ދެން ބޮޑުއަދަދުން ޖޫރިމަނާ ކުރާނީ. އެއަދަދު ނުދެއްކޭ މީހުން އުމުރު ހުސްވަންދެން ގާއަޅަން ތިބޭގޮތައް ގާނޫނު ހަދާފަ އެތަންފީޒު ކުރަން ކެރޭ މީހުންނަށް މަގާމުތައް ހަވާލު ކޮށްލަބަލަ
ޢަލީކޮއި
05 April 2023
އެބައި ގަނޑު ހައްޔަރު ކޮއްފަ ބައިތިއްބަނީ ފައިވްސްޓާ ހޮޓާތަކުގަ އެންމެއަރާމުގަތަ އެހެންވިމާ ވެރިން ބުނެގެންތާ ތިޔަ އެއްޗެއް ތިޔަ އެތެރެކުރަނީ މިވަރުގެ ހަޔާތްކުޑަބައެއް އުޅޭނެތަ ތާކު
އީނު
05 April 2023
ދެން މާ މޮޅު ގޮތެއްނު. އެމީހުން ލައްވާ އަދަބެއް ނުލިބޭ ގޮތަށް މަސްތުވާ އެއްޗިސް އެތެރެ ކޮށްފަ އެމީހުން އަނބުރާ ރަށަށް. މިހާ ވަރުވީމަ މިއަށް ކިޔަނީ ކަލޭމެން ކުރުވާ ކަމެކޭ. ދެން އިތުރު ވާހަކަ ނުދައްކާ!
ކަމަކުނުދޭސް
05 April 2023
ހާދަމޮޅު އެކްސްކިއޫޒެކޭ. ވާވާ. މިހާރު މިނެޓެއް ތެރޭ ހުރިހާ ބަލިތަކެއް ދެނެގަނެވޭތީ ވަރަށް އުފާކުރަން. އެހެންވީމާ ތި ލޫޕްހޯލް ބޭނުންކޮށްގެން ޑްރަގް ހެސްކިޔާފަ އެތެރެކުރާނެ. އެތެރެ ކުރާ މީހާވެސް ހާސްވާކަށް ނުޖެހޭ. ބަސްޓްވެއްޖިއްޔާ ސަލާމަތްވޭ. ބަސްޓް ނުވެއްޖިއްޔާ މިލިޔަން