އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ބަޔަކު ރޭ ބަސް ހުއްޓުވައި، ދަތުރުކުރިޔަ ނުދީ ހިފަހައްޓައިގެން.
13 އެޕްރީލް 2023 - 10:51
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޮންމެ ރެއަކު ސިލްސިލާކޮށް މާލޭގައި ބާއްވާ މުޒާހަރާގައި ޓްރެފިކް ހުއްޓުވާތީ އާންމުންގެ ފާޑުކިޔުން ބޮޑުވެއްޖެ އެވެ.
ފަހަކަށް އައިސް އެއީ ޕީޕީއެމްގެ ސަޕޯޓަރުން އާންމުކޮށް ކުރާ ކަމަކަށް ވިޔަސް އެ ފާޑުކިޔުން އިތުރަށް ބޮޑުވީ ރޭގެ މުޒާހަރާގެ ބައިވެރިންތަކެއް އެމްޓީސީސީގެ ބަހެއް ހުއްޓުވައި، ބަހުގެ ކުރިމައްޗަށް އަރައި އެ ހުއްޓުވުމުންނެވެ. އެ ބަހުގެ އިތުރުން ރޭ ޕީޕީއެމްގެ އޮފީސް ކުރިމަތިން ދިޔަ އެހެން ބައެއް ވެހިކަލްތަކުގެ ކުރިމައްޗަށް އަރައި، އެ ވެހިކަލްތައް ކުރިއަށް ދާން ހުރަސް އެޅި މަންޒަރު ފެނުނެވެ. އެހެންވެ، ޓްރެފިކް ތާށިވެ، ކުރިއަށް ދެވޭ ގޮތް ނުވެގެން ބައެއް މީހުން ތިބެން ޖެހުނެވެ.
ކޮންމެ ރެއަކު ވެސް އިދިކޮޅުގެ މުޒާހަރާ ފަށަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެތަނުގެ ކުރިމަތީގައި ބަސް ސްޓޮފެއް ހުރެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ބަސް ސްޓޮޕަށް ރޭ މަޑުކުރަން ދިޔަ ބަހެއް މުޒާހަރާގެ ބައިވެރިން ހުއްޓުވައި، އެ ވެހިކަލް ކުރިއަށް ދާން ހުރަސްއެޅީ އެވެ.
އެކަމާ ގުޅިގެން، މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އާޒިމް ވިދާޅުވި ގޮތުގައި، އެއީ އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން މިހާރު ވަރަށް އާންމުކޮށް ކުރަމުން ދާ ކަމެކެވެ.
— Naailu (@kudanai) April 12, 2023
"ރައްޔިތުން ގަޑިތަކަށް ތަންތަނަށް ގެންދިއުމަށް އެމްޓީސީސީ އަށް ވަރަށް ދަތިވޭ މިގޮތަށް އަމަލުކުރައްވާތީ. ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސްނޭޅުމަށް އެދެން،" އާޒިމް ވިދާޅުވި އެވެ.
"ފުލުހުން، މި ކަހަލަ ނާތަހުޒީބު ކަންތައް ކުރާ ބޭފުޅުން އިސްލާހުކޮށް ދެއްވާ."
ޖެއްސުން ކޮށް ދުއްތުރާ މިކުރެވެނީ ރައްޔުތުންނަށް ކަމެއް ހިތަކަށް ނާރާ. ތަނެއްދޮރެއް ނުދަންނަ ނާތަހުޒީބު ބައެއް. އެހެން ތެޅިފަ އަދި ހައްޔަރުކުރީމަ ގޯސްވާނީވެސް ޕޮލިހުން. ރައްޔިތުންނަށް އެގޮތަށް އުނދަގޫ ކުރާކަމަށް ވަންޔާ ހައްޔަރުވެސް ކުރަންވީ، ޖަލަށްވެސް ލާންވީ
— Fathmath Aroosha (@FathmathAroosha) April 13, 2023
މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި ފަހުން އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ފާޑުކިޔައި، ޓުވީޓްތައް ކޮށްފަ އެވެ.
""ކޮންމެ ކުލައަކުން ވިޔަސް މިއީ ވަރަށް ދެރަ ކަމެއް. އެތައް ބައެއްގެ ވަގުތު، ރޯދަ މަސް، މައިންބަފައިން އިންތިޒާރުގައި ދަރިން ވެސް ތިބެދާނެ، ބަލި މީހަކު ވެސް އިނދެދާނެ،" މީހަކު ބުންޏެވެ.
Public transport ah huras alhaa aammu rayyithun ge aammu diriulhumah huras ulhumakee varah varah dhashudharajaige kameh
— Ibrahim Saeed (@ibrahimsaeeds) April 13, 2023
"މި އަށް ކިޔަނީ އާންމު އުނދަގޫ."
"ޕަބްލިކަށް ދަތިވާތީ މުޅި މާލެ ގްރީން ޒޯން ކުރެއްވި ބޭފުޅުން މިއަދު ޕަބްލިކް ބަސް ކުރިމަތީ ބަސް ހުއްޓުވައިގެން."
ބައެއް މީހުން ބުނި ގޮތުގައި، މުޒާހަރާ ކުރާ ގަޑީގައި އެ މަގުން ދަތުރުކުރާ އެހެން ވެހިކަލްތަކަށް ވެސް މުޒާހަރާގެ ބައިވެރިން ހުރަސްއެޅުން މިހާރު އާންމު ކަމަކަށް ވެއްޖެ އެވެ.
That’s now aamu undhagoo 😒
— Aishath Yumna (@iruossey) April 12, 2023
މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޮޑުތަކުރުފާނު މަގުގައި މުޒާހަރާ ކުރަމުން ދިޔަ ވަގުތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް އެ ސަރަހައްދު ހުރަސްކޮށް ދާން އުޅެނިކޮށް މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑް ވެސް ހުއްޓުވައިފަ އެވެ. އެ މައްސަލާގައި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
އެއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސްއަޅައި، ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި އެއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް އެހާ ބޮޑަށް ސެކިއުރިޓީ ފެއިލްވި ވެސް ފުރަތަމަ ފަހަރެވެ. އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލްގަ
13 April 2023
ނެތް ވޯޓްލާނެ ރަނގަޅު ބައެއް
ވާނުވާއެ
13 April 2023
ތިޔަ ފާޑަށް އުޅޭ ޕީޕީއެމް މީހުން އެބަޖެހޭ މައިތިރިވާން. މިހާރު ދެން ތިޔަ ހައްދުންނައްޓަނީ. މި މާތް ރަމަޟާން މަހުގެ ފަހު ދިހައިގަ ތަންކޮޅެއް މައިތިރިވެ މިސްކިތައް އަރާ ދުޢާކުރިއްޔާ މާ އައުލާކަން ބޮޑުވާނެ. މަގުމަތީ ހަޅޭއްލަވައިގެން މި މާތް މަހުގެ ހުރުމަތް ކަނޑައިގެން ވާނެ ހަމަ އެއްވެސް ފައިދާއެއް ނޯންނާނެ.
ހުއްޓުވުންހުއްޓުވާ
13 April 2023
އިނގިރޭސި ވިލާތުގައިވެސް އާންމުދަތުރުފަތުރާއި ޚިދުމަތްތަކައް ހުރަސްއެޅޭގޮތަށް އިހްތިޖާޖުކުރުން ހުއްޓުވަން ގާނޫނުތަކައް ބަދަލުގެންނަން އުޅެނީ. މިހާރު ބޮޑެތި ޑިމޮކްރަސީތަކައްވެސް އެނގިއްޖެ ޚިޔާލުފާޅުކުރުންވެސް އޮންނަންޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައިކަން. އެހެންނޫނީ އެކަމެއް އާންމު "ދުއްޕާން" އަކަށް ވެދާނެކަން. މިކަން ހުއްޓުވަން އެބަޖެހޭ.
އެނދިމަރިޔަނބު
13 April 2023
ޕީޕީއެމް ގުނބޯތަކަށް، ތި ކަމުގެ ސަބުން އިތުރުވާބެ އެންމެ ވޯޓެއްވެސް ބުނެބަލަ. ހަމަ ޔަގީނުންވެސް މަގޭ ވޯޓެއް ނުލިބޭނެ.
ގޮތެއްނެތ
13 April 2023
މިވަރަށް ދިވެހިންގެ ގޮތްނެތުނީމަ ކަމަކުނުދެ އެފަރާތަށްދޭންޖެހޭ އަދަބުދީ
ޓިން ޓިން
13 April 2023
ތީ މުޒާހަރާކުރުމެއްނޫން. ތީ ޖެއްސުންކުރުން.
ގެވެށިފާރަ
13 April 2023
ބުރިޖުގަ ބޮޑު އެކްސިޑެންޓެއް ހިނގައިގެން ޓުރެފިކް ބަންދުވީމާވެސް ތިޔަ ތަނުގެ ތެރެއިން ފިރިހެނެއް ގޮވާ އަޑުއިވޭ ނުކުންނަވާށޭ މަގު މައްޗަށް މިރޭ ހައްޔަރުކުރާކަށް ނުކެރޭނޭ... އެ މީހާ ހުންނަނީ ސުޕީކަރަށް ރިކޯޑިންއެއް ލާފަ، އިތުރު ކަމެއް ކުރާކަށް ނުޖެހޭ. ހުރިހާ ކަމެއް ކުރަންޖެހެނީ މި އެއްވާ މަދު މީސްކޮޅު. ކުށަށް މި ހުށަހެޅެނީ މި އެއްވާ ފަނަރަވަރަކަށް މީހުން. އެބޭފުޅާ ހުންނަވަނީ ފިލާ. ވެރިކަން ލިބިއްޖެޔާ މަތީ މަގާމުވެސް އޭނަޔަށް. ކަމަކު ނުދޭ
ދެބަންދިހާރަ
13 April 2023
ކުރިން ރޭވެސް އެހެން ދިޔައިރު ސްޕީކަރުން ގޮވަނީ ދުވާރު މަތިން މަގަށް ފައިބަން. ދުވާރުމަތީ ނުތިބެން. މިހީވަނީ ޔާމީނުގެ ތަރިކަމުދާހެން މަގު މައްޗަކީ.
ސަމަދު
13 April 2023
މިގައުމުގެ ފުލުހުން ތިބެނީ ހަމައެކަނި ވެހިކަލުތަކުގައި ސްޓިކާ ޖަހައި ރައްޔިތުން ރުޅިއެރުވުމަށްހެން ހީވަނީ ފެންނަމުންދާ މަންޒަރުތަކުން. މިގައުމު ފުލުހުންގެ އިދާރާގަ ނޫނީ ނުހުންނާނެ ނިސްބަތުން ގިނަ ވެރިން ތިބި ތަނެއް. ފުލުހުންނަށް ރައްޔިތުންގެ ފައިސާއިން ހޭދަކުރާ ހޭދައިގެ ފުރިހަމަ ނަތީޖާއެއް ނުފެނޭ.
ސިކުލީވު
13 April 2023
އަހަރުންނަނީ ދިވެހީން. މިކަހަލަ ކަންކަންކުރީމާ އަހަރުން ރޫޑިއަރަނީ އެކަން ކުރާ ބަޔަކާމެދު. ބަޔަކު ޖެއްސުންކުރާތީ އެބަޔަކު ބޭނުންހާ ކަމެއް ކޮށްދޭކަށް އަހަރުން ނޭދޭނަން. ޖެއްސުންކުރާ ބަޔަކަށް އޭގެ ބަދަލު ހިފާނީ ސައިލަންޓު މެޖޯރިޓީގެ ވޯޓުން. އެގޮތަށް އުޅުނު މީހުނަށް ކުރިންވެސް އެކަން ދައްކާފައި އޮންނާނީ