ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ޑްރަގް: އެ މައްސަލާގައި ހައްޔަރުކުރީ އިންޑިއާ މީހާގެ ބަންދަށް ތިން ދުވަސް ވަނީ އިތުރުކޮށްފައި --- ފޮޓޯ/ކަސްޓަމްސް
14 އެޕްރީލް 2023 - 21:18
ރާއްޖެއަށް ފަސް ކިލޯގެ ޑްރަގް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާ ތިން ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އިތިއޯޕިއާ މަގުން ރާއްޖެއަށް ފަސް ކިލޯގެ ޑްރަގް އެތެރެކުރަނިކޮށް މިދިޔަ ބުދަ ދުވަހު ކަސްޓަމްސުން އަތުލައިގަތީ 56 އަހަރުގެ އިންޑިއާގެ އަންހެނެކެވެ. އޭނާގެ އަތްދަބަހުގައި ފޮރުވާފައި ހުއްޓާ ފެނުނު ޑްރަގްގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސުން ބުނެފައިވެ އެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ ކޯޓުން އަންގާފައިވަނީ ތިން ދުވަހަށް ބަންދު ކުރުމަށެވެ. އަދި ތަރުޖަމާނެއް އޭނާއަށް ހަމަޖައްސާފައި ނުވާތީ ދެން އޮންނަ މަޖިލީހަކަށް ތަރުޖަމާނަކާ އެކު ހާޒިރުކުރަން ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވެ އެވެ.
އިއްޔެ ވެސް ކަސްޓަމްސުން ވަނީ އިތުރު ފަސް ކިލޯއެއްހާ ޑްރަގާ އެކު ޕާކިސްތާން މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އެ މީހާ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސުން ބުނެފައިވެ އެވެ.
ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީންނަށް ދައުވާ ނުކޮށް ޑީޕޯޓްކޮށްލުމުގެ ބާރު ލިބޭ ގޮތަށް އިމިގްރޭޝަނުން ދާދިފަހުން ގަވާއިދެއް ހަދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުނު
15 April 2023
ހާދަލަސްވީ އޭނަ ފޮނުވާ ނުލާ! ރޭވިގެން ހިންގާ ޖަރީމާއެއް
ބަރުބާދު
15 April 2023
3 ދުވަސް ތަންކޮޅެއް ގިނައެއްނޫންތޯ؟. ސިގިރޭޓް ފޮއްޓެއް ވަގައްނެގީމަ 15 ދުވަސް މުއްދަތު ޖެހޭ!.! ވަކިގައުމެއްގެ މީހެއްވީމަ ވަކިގޮތަކައްތޯ؟
އިހުސާން
15 April 2023
ހާދަ ގިނަދުވަހެއް. 3 ދުވަހަށްވުރެ ގިނަނުކޮށް ދޫކޮށްލާނަމަ ދެން ތީ ނުކޮށް ދޫކޮށްލާކަހަލަ ވިޔަފާރިއެއްވެސްނޫންތާ. ޕޮލިސް އެބަކިޔާ މަގުމަތީ ވެލިއުއަކީ 70 މިލިޔަން ދިވެހި ރުފިޔާއޭވެސް.
އެ ކަނބާ
15 April 2023
މީމިހާރު 50/50ގެ ވިޔަފާރިއެއް، އެތެރެވެއްޖިޔާ ޕްރޮފިޓު އެތެރެ ނުވެއްޖިޔާ ޓްރައި އަގެއިން ނެކްސްޓު ޓައިމް ހުރިހާ ގެއްލުމަކާ ދެރައެއް މިތަކެތިބޯ ނިކަމެތިމީހާއަށް އަދި އޭނާގެއާއިލާއަށް އުމުރު ނިމިގެންދާއިރު ހުކުމުން ސަލާމަތެއްނުވޭ، ފަރުވާއެއް ނުލިބޭ ލިބޭނެގޮތެއްވެސް ފަހިނުކޮށްދޭ މިހާރުވެސްދޭ ފަރުވާ ލިބެނީ 1 އަހަރުފަހުން މިކަމުން ދުރުކުރުމަށް ހުންނަބޭސް ފަސޭހައިން އެބޭނުންވާ ބަޔަކަށް ލިބޭނެ ގޮތަކަށް ކަންތައް ހަމަޖައްސައިދޭންވީނު. ފިސާރި ގައުމެއްމީ
ބަކުންބޭ
15 April 2023
ބިގް ބްރޯގެ ދަރިއެއް އަވަހަށް ކުށްވެސް ސާފުކޮށްފަ ރަށަށް ފޮނުވާލާ،
ޒަރީރު
15 April 2023
ޕީސްކޮޅަކާއެކު މަގުމަތިން ފެންނަ ކުއްޖާއަށް 15 ދުވަސް. 5 ކިލޯ ޑްރަގް އެތެރެކުރި މީހާއަށް 3 ދުވަސް. ސަރުކާރުގެ ކަންބޮޑުވުމެއް ނެތީ ސަރުކާރަށް މިގޮތް އޯކޭވާތީ
ބސވެވ
14 April 2023
އަވަހަށް ރަށަށް ފޮނުވާލާ
ދޮން މަނިކު
14 April 2023
5 ކިލޯ ޑްރަގް ބަންދަށް 3 ދުވަސް!!! އެމީހުންގެ ހައްގުތަށް ވަރަށްބޮޑައް ރައްކާތެރި ކުރެވިފައި. ސާބަސް ދިވެހި ޖުޑިޝަރީ
1828
14 April 2023
ތަހުޤީޤްކުރަން 30 ދުވަސް ކޮންމެހެން ދޭކަށް ނުޖެހޭ.
3746
15 April 2023
5 ކިލޯ ޑްރަގުން ކިތައް މީހުންގެ ދިރިއުޅުން ހަލާކުު ކޮށްލެވޭކަން އެނގޭބާ؟ ޒުވާނުންގެ ގިނަ މީހުން ޑްރަގަށް އެޑިކްޓް ވެފައިވަނީ ނޭނގި ތިބެ. ނޭނގި ތިބެ ރައްޓެހިންގެ ފަރާތުން މަސްތުވެ އޯވަރ ޑޯޒްވެގެން މަރުވެފައި ވެސްވޭ. އެހެންވީއިރު ތަހުގީގަށް 30 ދުވަސް ދޭން ނުޖެހެޔޭ ކިޔައިގެން ވާހަކަ ދައްކާއިރު މިކޭހުގައި މިއުޅެނީ ބިދޭސީއެއް. އެގައުމުން ބަލަން ޖެހޭތަނެއް ބަލަން ވެއްޖިއްޔާ ކިހާ ދުވަހެއް ނަގާފާނެކަން އެނގޭބާ؟
ސޭސަރު
14 April 2023
ތިނުވާނެ އިންޑިޔާ މީހަކު ގެނަ އެއްޗަކަށް. އަވަހަށް ފޮރުގައި ނެތް ތަންކޮޅު ހޯދާފަ ދޫކޮށްލަބަލަ. ތިޔަވާނީ އޮޅުމަކަށް
1828
14 April 2023
ޝުކުރިއްޔާ އިންޑިއާ އަދި ޕާކިސްތާން.
ވަހީދުބެ
15 April 2023
ބަންގާޅު މީހުންނަށް ވެސް ޝުކުރު އަދާކުރަންޖެހޭ މާލެތެރޭގައި ޑެލިވަރީގެ މަސައްކަތުގައި އުޅޭތީވެ.