އިންޑިއާ މީހާގެ ލަގެޖްގައި ފޮރުވާފައި ހުރި ޑްރަގްސް. -- ފޮޓޯ/ކަސްޓަމްސް
17 އެޕްރީލް 2023 - 07:48
އިތިއޮޕިއާ މަގުން ރާއްޖެ އަށް ފަސް ކިލޯގެ ޑްރަގް ގެނައި އުމުރުން 56 އަހަރުގެ އިންޑިއާ އަންހެން މީހާގެ ބަންދަށް ކްރިިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް ދީފި އެވެ.
މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ލަލްތުލަންޕަރި ގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ދިނީ ތިން ދުވަހެވެ. އެއީ އެ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރި އިރު ތަރުޖަމާނަކާ ނުލައި ހާޒިރު ކުރުމުން، އޭނާގެ ދިފާއަށް ފުރުސަތު ދިނުމުގެ ގޮތުން ތަރުޖަމާނަކާ އެކު ގެންނަން ދިން މުއްދަތެކެވެ.
ތަރުޖަމާނަކާ އެކު ހާޒިރުކުރުމުން ގާޒީ ސަފްއަތު ހަބީބް އެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށް ނެރުއްވި އަމުރުގައިވާ ގޮތުން ލަލްތުލަންޕަރިގެ ލަގެޖުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ ކޮކެއިން ކަމަށް ވަގުތީ ޓެސްޓް ކިޓްގެ ނަތީޖާއިން ދައްކަ އެވެ.
މިދިޔަ ހަފުތާގައި ވަނީ ގިނަ އަދަދެއްގެ ޑްރަގްސް ގެނައި ޕާކިސްތާނު މީހަކު ވެސް އެއާޕޯޓުން ހައްޔަރުކޮށްފައިވެ އެވެ.
ވައިގެ މަގުން ރާއްޖެ އަށް ޑްރަގް ގެންނަން އާންމުކޮށް ބޭނުންކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގައި އުޅޭ މީހުން ކަމަށް، ކަމާބެހޭ އިދާރާތަކުން ބުނެފައި ވެ އެވެ. އެހެންވެ، މިހެން އަންނަ ކޮންމެ މީހަކު ހައްޔަރުކޮށް ބެލެހެއްޓުމަށް އުނދަގޫ އަދި ހަރަދު ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭތީ އިމިގްރޭޝަންގެ ގަވައިދަށް ބަދަލު ގެނެސް މިހެން އަންނަ މީހުންގެ އަތުން ޑްރަގްސް ތުލައި ޑީޕޯޓްކޮށްލުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް މިހާރު ވަނީ ދީފަ އެވެ.
އެކަމަކު މިގޮތަށް ޑީޕޯޓްކޮށްލަނީ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށް، އެހެން ގައުމަކަށް ޑްރަގް ގެންދަން އުޅޭކަމުގެ ޔަގީން މައުލޫމާތު ހުރި ނަމަ އެވެ. ސީދާ ރާއްޖެ އަށް ޑްރަގް ގެންނަ މީހެއް ނަމަ އެ މީހަކު ހައްޔަރުކޮށް، އެ އޮންނަ އުސޫލުން ތަހުގީގުކޮށް ދައުވާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
17 April 2023
"އެހެންވެ، މިހެން އަންނަ ކޮންމެ މީހަކު ހައްޔަރުކޮށް ބެލެހެއްޓުމަށް އުނދަގޫ އަދި ހަރަދު ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭތީ އިމިގްރޭޝަންގެ ގަވައިދަށް ބަދަލު ގެނެސް މިހެން އަންނަ މީހުންގެ އަތުން ޑްރަގްސް ތުލައި ޑީޕޯޓްކޮށްލުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް މިހާރު ވަނީ ދީފަ އެވެ." ގަވާއިދަށް މި ވައްޓާލީ ހާދަހާ ސަޅި ލޫޕްހޯލްއެކެވެ. އެހެން ނޫނަސް ތިޔަ ޑްރަގު ރާއްޖެ އެތެރެވެގެން ޒުވާނުން އެއިގެ މަސްތުން ސަލާމަތް ކުރަން ކުރާ ހަރަދު މާ ބޮޑުވާނެއެވެ.
އޮނަރަބްލް އަފީފު ދީދީ
17 April 2023
ހިތުހުރިގޮތަކަށް ރާއްޖެއަށް ޑްރަޤްއެތެރެކޮށް ޑްރަޤް ގެ ވިޔަފާރިއާއި އޭގެބޭނުންކުރާމީހުން ހައްދުންނެއްޓިގެންދާއިރު ކަމުގެ ސީރިއަސްކަންނަގައިގެން ސަރުކާރާއި ޤާނޫނުހަދާމަޖިލީހުން މަސައްކަތްނުކުރާނަމަ އެންމެފަހުން ބާރުގަދަޤައުމުތަކުން ޙާއްސަކޮށް ޔޯރޮޕިއަން ޔޫނިއަން، އެމަރިކާ، ކެނަޑާ އޮސްޓްރޭލިއާ، ސިންގަޕޯރ ތައިލަންޑް މެލޭޝިޔާފަދަ ބައެއްޤައުމުތަކުން "އެޤައުމާއި ޤައުމުގެރައްޔިތުންގެ ސަލާމަތަށްޓަކައި" ފިޔަވަޅުތަކެއްއަޅާތަން ފެނުމަކީ އެކަށީގެންވާ ކަމެއް.