ކަނޑުމަތީގައި ދިވެހި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާ އެކު އިންޑިއާގެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި ޑްރަގްސް އަތުލައިގަތީ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށާއި މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނަކު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރުކުރީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ކުރިން ވެސް ގެންދިޔަ މީހެކެވެ. އެކަމަކު އޭނާ ދޫވީ ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.