ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ކުރާ ޓީމާއެކު، އިންޑިއާ އެމްބަސީގެ މުވައްޒަފުން.
20 އެޕްރީލް 2023 - 12:49
އިންޑިއާ ސަރުކާރުގެ ލޯނެއްގެ ދަށުން ލ. ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލާ ގުޅޭ ކަންކަން ވަކި ހިސާބަކުން މަޑުޖެއްހިއްޖެ އެވެ.
ރާއްޖޭގައި އެއް ފުރާޅެއްގެ ދަށުން ކެންސަރުގެ ބައްޔަށް ފަރުވާ ދިނުމަށް "ކެންސާ ކެއާ ސެންޓަރު" އިމާރާތް ކުރަން ނިންމާފައި ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުންނެވެ. އޭގެ މަސައްކަތްތަކެއް ކުރުމަށް އެ ގައުމުގެ މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުންތަކެއް ސެޕްޓެމްބަރު، 2021 ގައި ރާއްޖެ އަ އެވެ. އެ ދަތުރުގައި ވަނީ ޕްރިލިމިނަރީ ސާވޭ ހަދައި ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް ބަލައިފަ އެވެ.
އެ މަޝްރޫއާ ގުޅޭ ޓެކްނިކަލް ފީސިބިލިޓީ ރިޕޯޓު މުރާޖައާކޮށް ގެނައި ބަދަލުތަކަށް ޖުލައި 28، 2022 ގައި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް، ރައީސް އޮފީހުން އެ އަހަރުގެ އޮގަސްޓް މަހު ހިއްސާކުރި މައުލޫމާތުގައި ބުންޏެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ކެންސަރު ހޮސްޕިޓަލާ ގުޅޭ ކަންކަން އެއްވެސް ވަރަކަށް ކުރިއަށް ނުގެންދާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ކަންކަން އަވަސްކުރަން އިންޑިއާ ވެސް މާ ބޮޑު މަސައްކަތެއް ނުކުރާކަން އެނގިފައިވެ އެވެ.
ރައީސް އޮފީހުން އޭރު ބުނީ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ރާއްޖޭގެ އެންމެ ބޮޑު ރަށުން 20،000 އަކަފޫޓުގެ ބޮޑު ބިމަކާއެކު (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތްތައް މިދިޔަ އަހަރު ފެށޭނެ ކަމަށް އޭރު ބުންޏެވެ.
އެކަމަކު، އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އަމަލީ މަސައްކަތެއް ނުފެށެ އެވެ. ނުވިތާކަށް އެ މަސައްކަތާ ގުޅޭ މުއާމަލާތްތައް ވެސް މި ވަގުތަށް މެދުކެނޑިފައިވާ ކަމަށް ވެ އެވެ.
އެތަން ހަދަން ނިންމާފައިވަނީ ބަލިން ރައްކާތެރިވުމާއި ބައްޔަށް ފަރުވާ ކުރުމުގެ ހުރިހާ ވަސީލަތްތަކާ އެކު، މުޅި އެ ސަރަހައްދަށް ހިދުމަތް ދެވޭ ފެންވަރުގަ އެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން މި ވަގުތަށް އިތުރު ތަފްސީލެއް ނެތް ކަމަށެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ ކެންސަރު ޖެހިގެންނެވެ.
ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު 125 ދިވެހިން މަރުވި އެވެ. އެއީ 50 އަންހެނުންނާއި 75 ފިރިހެނުންނެވެ.
ކެންސަރު ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރަށް ފަރުވާ ހޯދާ މީހުން މުޅިން ވެސް ޖެހެނީ ރާއްޖެ އިން ބޭރަށް ދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމޭއްތަ
22 April 2023
އިންޑިއާއަކުން ނުކޮށްދޭނެ. އެމީހުންގެ ހޮސްޕިޓަލް ތަކުން އާމްދަނީ ހޯދަނީ އާސަންދައިން. ތިކަންވެސް ޗައިނާ ބަޔަކާ ހަވާލު ކުރަނިކޮށް އިސާހިތަކު ނިންމަފާނެ
ބަލަ
21 April 2023
ކޮބާ ތިނަދޫގަ އަޅަންބުނި ހޮސޕިޓަލާ ބޯޅަދަނޑާ ސިންތަޓިކް ޓްރެކް.
އިބޫ
21 April 2023
ކޮބާ ހޯރަފުށީ އަޅަށް ވައުދުވި ހޮސްފިޓަލް
ތިއީ
20 April 2023
އުފެދުމުގައިވެސް ކުރިއަށްދާން ނެތް ކަމަކަށް ވާން އޮތީ ހަމައެކަނި ތިޔަ ގޮތް. ތިއީ ތިހެންވާނެކަން ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް.
ރާއްޖެމީހާހހ
20 April 2023
މި ވެރިކަން ވަލޯ ވެއްޖެ
އެންޑް
20 April 2023
މިސަރުކާރަށް އަތްޖަހާ ވޯޓްދޭމީހުން އެކަނި ހީކުރީ ތިޔަތަނެއް ފަށާނެކަމަށްވެސް. އެހެން މީހުންނަށް އެނގޭ އެއީ ހަމައެކަނި ދައްކާ އަވާމެންދުރެއްކަން. މިސަރުކާރު ހައްދަންވެގެން އިންޑިއާއިން ދައްކާހާ ވާހަކައަށް ހެއްލޭނީ ހަމައެކަނި މިސަރުކާރަށް ތާއީދުކުރާ މީހުން. ބޮލެއް ހުރި މީހަކަށްވިއްޔާ އެނގޭނެ އިންޑިއާއަށް ނުވާވަރުންކަން އެތައް ކަމެއް ކޮށްދޭނެއޭ އެބުނަނީ. އެމީހުންނަށް ވާވަރުގެ ކަންކަމެއް ނޫން އެއީކީ. މާކެޓް ގެއްލޭނެ އެއްކަމެއްވެސް އެމީހުން ނުކުރާނެ
ނޭޅޭނެ
20 April 2023
މި ސަރުކާރުގައި މިފަދަ ބޮޑު މަޝްރޫއެއް ހިންގާލުމުގެ ޤާބިލްކަމެއް ނެތެވެ. ބުރިޖެއްވެސް ނޭޅުނު، އަމީނީމަގެއްވެސް ނުހެދުނު، އެއަރޕޯޓުގެ ޓާމިނަލްވެސް ނުނިންމުނު، ކުރި ރަނގަޅުކަމެއް ފެންނާކަށެއްނެތް
ލުގުމާނު
20 April 2023
ކޮންކަމެއްތޭ ވީ… ފޮނިކެނޑުން ނޫން
ޑރ. ރާމީ ޙަސަން މަނިކު
20 April 2023
ލ.އަތޮޅު ހޮސްޕިޓަލްގައި ޕެނަޑޯލް ގުޅައެއް ހާހިސާބު ވެސް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެން އިތުރު ހޮސްޕިޓަލް އެއް އަޅައިގެން ޑޮކްޓަރުންނާއި ބޭސް ހަމަކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ. "ކަޓު" ނަގާފައި ބޮޑު ބިލްޑިންގއެއް އަޅަން ބަޔަކާއި ހަވާލުކޮށް ކޮރަޕްޝަން ހިންގުން ނޫން ކަމެއް މި އިބޫ ނުކުރެއެވެ. ކައިރީގައި މިއޮތް، ޓްރިވެންޑްރަމް ގެ ރީޖަނަލް ކެންސަރު ސެންޓަރަށް ހިލޭ ކެންސަރަށް ބޭސްކުރަން ނުގޮސް ލ. އަތޮޅަށް ދާނީ ކާކު ހެއްްޔެވެ؟
ސުރައްޔާ
20 April 2023
މޮޅު ޙިޔާލެއް. ޑޮކްޓަރު ވަރަށް މޮޅު.
ބޮޑުމީހާ
20 April 2023
މިސަރުކާރުން ފޮޓޯއެއް ދައްކާއިރަށް ނޫސްވެރިންނާއި ސަރުކާރު ތަމްސީލުކުރާ އެކްޓިވިސްޓުން ހީވަނީ އެދެން ނިމިފަ ހުރި ޕްރޮޖެކްޓްތައް ކަމަށް، ފޮޓޯ/ވީޑިއޯ ދައްކައިގެން އިބޫ ސޯލިހު 3 އިންތިހާބު ކާމިޔާބުކޮށްފި. ހަގީގަތުގައި މިސަރުކާރުން ފޮނިކަނޑާވަރާއި ކޮށްފައިވާ ބޮޑެތި ޚަރަދުތަކަށް ބަލާއިރު ނެރެވުނު ނަތީޖާ 0.