ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗުގައި މަޑުކޮށްލައްވައިގެން: ފުއްގިރި މައްސަލާގައި ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށް އޮތް ދެ ހަފުތާގައި ބާއްވަން ވަނީ ތާވަލްކޮށްފައި --- ފޮޓޯ/މިހާރު
22 އެޕްރީލް 2023 - 19:28
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް އޮތް ދެ ހަފުތާގައި ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ ކްރިމިނަލް ކޯޓުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖައްސާފައިވާއިރު، ހެކިބަސް ނެގުމުގެ އަޑުއެހުންތައް އޭގެ ތިން ދުވަސް ފަހުން ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ. ހެކިބަސް ނެގުމުގެ ދެ އަޑުއެހުމެއް ބާއްވަން މިވަގުތު ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން އުޅޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާކުރެ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާނާއްކޮ
24 April 2023
"ވައްކަމުން ގައިގާ ޖަހާ މަހަށް އަޢުލާކަން ބޮޑީ ނަރަކަ" ކަމަށް ކީރިތި ﷲ އެވަނީ އެކަލާނގެ ރަސޫލާ މެދުވެރިކުރައްވައި 7 އުޑުގެ މަތިން ބާވާލައްވައި އަންގަވާފަ! ދެން އެފަދަ މީހެއްގެ ހިމާޔަތުގައި މުސްލިމަކު ނުކުންނަންވާނެބާ؟
ޔޯބުރޯޔޯ
23 April 2023
ފަނި ގިރާނީ...ފުށް ގިރަންޏާ ތިހެންވާނި އިނގޭ ދެންވެސް ސަމާލުވާތި ބުރޯ
ކިއުންތެރިޔާ
23 April 2023
އެހެންވީމަ އެ 5 އަހަރުތެރޭ ރިސޯރޓް ހަދަން ދޫކުރި ކޮންމެ ރަށަކުން 1 މިލިއަން ޑޮލަރު ޖީބަށް ލެއްވީތާ! ވާހ! އަދި ފެން މައްޗަށް މިއެރީ އާރަށަކާ ފުށްގިރިއަކާތާ! މައްޗަށް އަރަމުން އަންނަ ރަށްތައް އެނގުނީމަ އެނގޭނީ މިހާ ހަމަޖެހިލައިގެން މިވެރިން މިތިބެނީ ކީއްވެކަން. ފައިސާ އަކީ ލައްކަ ބާރުހުރި އެއްޗެކޭ މީހުން ބުނޭ. 10 މިލިއަން ޑޮލަރ ސަލާމަތް ކުރަން 1 މިލިއަން ޑޮލަރ ދޭން ފަސްނުޖެހޭނެ މިވަރު ބޭފުޅަކު. އެހެންވީމަ ލޯޔަރުން އެތިބަ ކަރުބުޑުން ފުމެނީ.
ސުންދުސް
23 April 2023
ޔާމީނު ނޫނީ ނުހުހްނާނެ ޙަރާމްވެގެންވާ ބޮޑެތި ވައްކަމާ ދެން ވެސް ލެއްވިހާ ނުބައި ޢަމަލެެއް ހިންގާފައި ވެރިކަމަށް އައުމަށް އިސްލާމްދީން ހިމާޔަތްކުރަން ތިމަންނައަށް ވޯޓުދޭށޭ ގޮވަންކެރޭ މީހަކު. ޙަރާމް ވައްކަމާ ދެން ހުރިހާ ނުބައިކަމެއް ކުރީމާ މީހާގެ ހިތުގައި ހިލަފާރެއް ލެވޭނެ ކަމަށް އޮންނަނީ މިހެންވެ! ޔާ ﷲ، އަޅަމެންގެ މި ޤައުމު މިފަދަ މުޖުރިމުން ކިބައިން ސަލާމަތްކުރައްވާނދޭވެ! އާމީން
ބުންދުސް
23 April 2023
އިބޫ އަކީ ހުދު ކާފޫރު ދޯ
ސަތާރައަށާރަ
23 April 2023
ރާވައިގެން ހިންގި ބޮޑު ވައްކަން ހިންގުމަށް ދުރާލާ އެކިއެކި ޤާނޫނުތަކަށް ބަދަލު ގެނެސް އެވަރުން ލިބުނު ޑޮލަރުތައް މަދުވެގެން، އަމިއްލައަށް އިޞްލާޙްކުރި ޤާނޫނުތަކާ ޚިލާފަށް ވެސް ރޯމާދުވާލު 50 ވަރަކަށް މިލިޔަން ޑޮލަރު އަމިއްލަ އެކައުންޓަށް އަޅައިފި. އެއީ އޭރުގެ ރޭޓުން 900 މިލިޔަން ރުފިޔާ. އެވަރު ބޮޑު ޖަރީމާއެއްގެ ސީދާ ޑޮން ޖެހޭނީ ޢުމުރަށް ޖަލަށްލާން!
ކޮންމެ ކުށްވެރިއަކީ ވަކިމީހެއް
23 April 2023
ރާއްޖޭގެ ވެރިކަމަށް އިސްވެ، ރާވައިގެން ބޮޑު ވައްކަމެއް ދައުލަތުގެ މާލިއްޔަތުން ހިންގާގެން އެފައިސާ ބޭނުންކޮށް، ކުށް ސާބިތުވީމާ އުގޫބާތް ދިނުމުގެ ބަދަލުގައި އަލުން ވެރިކަމަށް އޭނާ އިސްކުރަން ގޮވުމަކީ ބޮޑު ޕާޓީއަކުން ކުރާ ދަށުދަރަޖައިގެ މުޑުދާރު އަމަލެއް. ދުސްތޫރީ ހުވާކޮށް ދައުލަތާ ހަވާލުވި ވެރިޔާ ގާނޫނީ ހަމަ ފައިދަށުލާ ކުރި ވައްކަމާ، ދެން އޭގެ ދަށުން ކުށްކުރި އެހެންމީހުނާ އެއްދަރަޖައެއް ނޫން. ފޭކް ޖަސްޓިފިކޭޝަންސް ބަލައެއް ނުގަނެވޭ.
ފުށެއް ނުގިރޭނެެ
23 April 2023
އާނ އެބުނާހެން ފުއްގިރައިގެން ނުވާނެއެންނު ޔާމީނެއް ކަމަކު! ފުއްގިރަންޏާ އަޑުބައިން ހަންދަރުން ގިރަންޖެހޭނީ..
ޕީޕީއެމްއަށް ހެޔޮއެދޭ
23 April 2023
“ވައްކަން ކޮށްގެން ތަރައްޤީ ކުރީމާ ކޮބާތޯ މަައްސަލައަކީ؟” މި ވިސްނުން ގޯސް. ދެން ބުނަންވީ ދޯ ކާފަރު ފިލުމުކުޅެ އެ ދައްކައިގެން ލިބޭ ފައިސާއިން ފަޤީރުންނަށް އެހީވީމާ ކޮބާހޭ މައްސަަލައަކީ؟ ޙަރާމަކުން ޙަލާލެއް ނުނިކުންނާނެ. އެހެންވެ އިސްލާމްދީނުގައި އޮންނަނީ ޙަރާމް ފައިސާއިން ކައިގެން ގައިގައިޖަހާ މަހަށް އެންމެ އަޢުލާކަންބޮޑީ ނަރަކަ ކަމަށް. ވައްކަން ނުކުރާ ކެންޑިޑޭޓެެއް ނެރެމާ. އާދަމް ޝަރީފް ނޫނީ ޑރ. މުޢިއްޒު ނެރުން މިފަހަރު ރަނގަޅުވާނެ!
އަދިި
23 April 2023
އިބޫ ނެރެންވީނު
ކިލިމަންޖާރޯ
23 April 2023
ސަން ސިޔާމް އަށް ވެސް އަދަބު ދޭން ޖެހޭނެ އިބްރާހީމާ
ބިރު
23 April 2023
ހާދަ ޑިސްލައިކް ގިނައޭ އަދަބު ދޭން ޖެހެނީ ހަމައެކަނި ޔާންޓެ އަށް ބާ
ޢިހްސާސް
23 April 2023
ދައުލަތަށް ގެއްލުނު ފައިސާއިން ލޯލާރިއެއްވެސް ނުލިބޭ ދެން ދައުލަތުން މިމީހުން ޖަލުގަ ބައިތިއްބައިގެން ދައުލަތުގެ ފައިސާ އިތުރަށް ބޭކާރު ކުރަނީ.
ހަސަންކާރި
23 April 2023
އެހެންތާވާނީ ޔާމީނު އެކައުންޓުގައި އޭގެން ލާރި ހުރިމެ މޫނު ކުނިކޮށްގެން އިނދެ އޭގެންވެސް އެންމެ ލާރިއެއް ނުދޭން އުޅެންޏާ. މިވަރު މީހަކު މިއުޅެނީ ރައްޔިތުން ވޯޓުދޭށޭ ކިޔައިގެން.