ފަރެސްމާތޮޑާ އެއާޕޯޓުގެ އޭޕްރަން: އެ ރަށު ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ ރަށު ކައުންސިލުން ކަންބޮޑުވޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 އެޕްރީލް 2023 - 11:04
ގދ. ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ އެ ރަށު ކައުންސިލުން އެކަން ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އެކަން ކުރަމުން ދަނީ އެ ރަށު ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ ވެލި، އެއާޕޯޓް މަޝްރޫއުގެ ތެރެއިން ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށް، ވެލި ނުލިބިގެން ކަމަށް ބުނެ އެ މަސައްކަތް ނުފެށި އޮއްވަ އެވެ.
ފަރެސްމާތޮޑާގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ކުރި ސާވޭގައި، އެ ރަށުގެ އެތެރެވަރީގެ ދެ ތިލައަކުން ވެލި ނަގަން ބުނެފައި އޮއްވައި، ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް އެ ތަންތަނުން ވެލި ނަގައިގެން ގެންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި، ފަރެސްމާތޮޑާ ފަޅުން 45،000 ކޮޑިމީޓަރުގެ ވެލި ނަގައިގެން ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގާ މަޝްރޫއަށް ބޭނުންވާ ވެލި ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުގެ އެއްވެސް ހިސާބަކުން ކޮނެގެން ނަގަން އީޕީއޭ އިން ހުއްދަ ދީފައި ނުވާ ކަމަށާއި އެކަން ކުރަނީ ގަވާއިދާ ހިލާފަށް ކަމަށް ވެސް ކައުންސިލުން ތުހުމަތު ކުރެ އެވެ.
"...ގަވާއިދާ ހިލާފަށް ކޮންނަ ކޮނުން ކުށްވެރިކޮށް، ވަގުތުން ހުއްޓާލުމަށް ފަރެސްމާތޮޑާ ކައުންސިލުން ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑެންމާކްގެ ހޯގާޑް ކުންފުންޏާ އެވެ. އެއީ މިހާރު ރާއްޖޭގެ ރަށެއްގައި ހިންގާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ. ދިވެހި ސަރުކާރާއި ނެދަލަންޑް އަދި ކުވެއިތު ސަރުކާރުން ފަންޑުކޮށްގެން ހިންގާ އެ މަޝްރޫއުއަށް 422 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
އެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ބަނދަރުގެ އުތުރުން ފެށިގެން، ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ހަދަން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތޮޅޭބެ
24 April 2023
ކުޅަނދު މަދުމީހުންނަށް ވަރަށް ވަރު އަރާނެ އެހެންރަށްރަށަށް ކަމެއް ރަނގަޅު ވަންޏާ…..
ސްމޭޝް-ފުވައްމުލައް
24 April 2023
ތިޔައީ އަދި ރަނގަޅު ވާހަކައެއް ނޫން! "އެކަން ކުރަމުން ދަނީ އެ ރަށު ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ ވެލި،"- ފުވައްމުލަކުގައި ހަދާ ފުޓުބޯޅަ ދަޑުގެ ވެލިގެ މަސައްކަތް ނިމިފައިވާ ތާ ކިތަންމެ ދުވަހެއް! މިހާރުވަނީ ޓާފްވެސް އަޅާފައި....
މޮޔަބޯ
25 April 2023
އެޔަކު ނެތް ފުވައްމުލަކު ފުޓުބޮޅަ ދަނޑެކޭ...އޭގަ އެއޮތީ ފަރެސްމާތޮޑާ ފުޓުބޯޅަ ދަނޑޭ
ބޮޑުމީހާ
24 April 2023
ތިލަފަޅުތައް ހިއްކައި، ހުރިހާ ފަރުތަކާއި ދިރުންތައް މަރަމުން މިގޮވަނީ ތިމާވެށި ހިމާޔަތްކުރަން ކޮތަޅަށް 2ރ ދޭށޭ.
ޅޮލް
24 April 2023
ބައިއޯ ރޮކް ބީޗް އިރޯސަން ޓެކްނޮލޮޖީ ބޭނުން ކުރީމަ، ހަރަދު ކުޑަވެފަ، ލިބޭ ގެއްލުން ކުޑަވެގެންދޭ، އަދި ޕްރޮޖެކްޓް ވެސް އަވަސްވޭ.. ހޭލާ، 50 މިލިއަން ގެ ޕްރޮޖެކްޓެއް 430 މިލިއަނަށް މިނިންމަނީ
ބަރިންސް
24 April 2023
ތިމާވޭށި ފުޑަނީ ސަރުކާރުން. ކޮތަޅު ޓެކުސް ނަގަނީ ރައްޔިތުން ފެލާލައިގެން ސަރުކާރު ހިންގަން.
ހާމިދު ޝާހިދު
24 April 2023
ރައީސް ޔާމީނު އޮންނާނެ "މަހާ ޖައްރާފު" އެއް ހޯއްދަވާ ދެއްވާފައި. ސިކުނޑިއެއް ހުރިނަމަ، އޭގެ ދަތްގަނޑު ކަނޑުގެ ކޮންމެ ހިސާބަކުން އުފުލިފައި ހުރި ތިލައެއްނަމަވެސް ވައްޓާލީމާ ރަށެއް ހިތްކޭވަރަށް ވެލި ލިބޭނެ. ފަރެސް މާތޮޑާގެ ވެލިކޮޅެއް ނޫން ފުވައްމުލަކަށް ގެންދާނީކީ! ކަންކުރަން ނޭންގުނީމާ މައްސަލަ މިޖެހެނީ. ޝޯޓު ކަޓެއް ނަގާލާފައި، ފަރެސްމާތޮޑާގެ އެއަރޕޯޓް ހިތްކަން ވެލިނެގި ދަނޑިވަޅު އޭގެން ބައެއް ފުވައްމުލަކަށް! ކީކޭ ދެން ބުނާނީ!
އަލީ ރަމީޒު
24 April 2023
މައްސަލައަކީ ކޮބައިތޯ، މީ ހަމަ ދިވެހިރާއްޖެ، ފަރެސް މާތޮޑާގަވެސް ހަމަ ދިވެހި ރައްޔިތުން ފުވައްމުލަކުގަވެސް ދިވެހި ރައްޔިތުން ދެތަނަށްވެސް ތަރައްގީއަށް ކުރަންހުރި ކަމެއްވިއްޔާ ކުރަނީ ސަރުކާރުން. ފުވައްމުލަކުގެ ނާޒުކީ ހާލަތު އެންމެނަށްވެސް އެގޭ. ޔާމީނުއިރުގަ ގެނައި މަހާ ޖައްރާފުން ވެސް އަދި އެހެން ޖައްރާފަކުން ވިއަސް ފުވައްމުކަުގެ ކައިރި އެއްވެސް ހިސާބަކުން ވެލި ނެގުމަކީ ކުރެވޭނެ ކަމެއް ނުން.
Draw
24 April 2023
ތިޔަ ފެންނަނީ ތިމާވެށި ހިމާޔަތްކުރާގޮތް. ކޮތަޅު އަގުބޮޑުކުރީ ރައްޔިތުން ފެލައިގެން ހަމަފައިސާހޯދަން. ތިމާވެށި ރައްކާތެރިކުރާކަށްނޫން
ޢަރުތަ
25 April 2023
ކާކުތަ ބުނީ ބޮޑުއަގުގަ ކޮތަޅުގަންނާށޭ، ބާޒާރުކުރަން ގެއިން އަޅާނެ އެއްޗިހި ހިފައިގެން ދާންވީނު، އިއްޒަތްތެރި ވެގެން ފާޓުފުޅާކަމުން އެވަރުކަމެއްވެސް ކުރާކަށް ނުކެރެ، ހުރިހާ އެއްޗެއް ހިލޭ ބޭނުންވާ ބައެއް ނޫޅޭނެ ދިވެހިންނޫނީ، ކޮންމެ ގެއަކަށް ސަރުކާރުން އެބަޖެހޭ މެންދުރަށް ތަށިބަރިއެއްވެސް ފޮނުވަން.
ކޮތަޅު އިބްރާހިމް
24 April 2023
ނާހަމަ ތެދެއް؟ ހިންނަވަރު އިބުރާހިމްގެ ސަރުކާރުން ތިކަހަލަ ވިޔާނުދާ ކަމެއް ނުކުރާނެ. އަނެއްކާ ކޮންކްރީޓުގެ އެއްވެސް ކަމެއް ތަރައްގީއަކަށް ނުބަލާ މީހެއް އިބުރާހިމުއަކީ.
ވިގަނިި
24 April 2023
މިވަރުބޮޑު ޕުރޮޖެކްޓެއް ހިންގާއިރު ތިމާވެއްޓަށްވެސް ކޮންމެވެސް ލޮޓިއެއްނުދީ ކިހިނެއް ނިންމާލާނީ؟
ޢަރުތަ
25 April 2023
ދިވެހިންނަށް ހަޖަމު ނުވާކަމަކީ އެއީ، ހުރިހާ މޮޅެއް ވާންޖެހޭނެ، ސަރުކާރުން ދޭންޖެހޭނީ އެންމެމަތީ ފެންވަރުގެ ފްލެޓްއަޅާފަ އެޕާޓްމެންޓް ވަރަށް ކުޑަ އަގަކަށް، ނޫނީ ހިލޭ......