ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗްގައި މަޑުކުރައްވައިގެން: ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގެ ޝަރީއަތް ވަނީ ފަސްކޮށްފައި --- ފޮޓޯ/މިހާރު
27 އެޕްރީލް 2023 - 13:38
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތާ ގުޅިގެން އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާތީ އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ދައުވާ ކުރާއިރު، އެ މައްސަލާގައި ސަން އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށާއި ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
އެ މައްސަލައިގެ އިފްތިތާހީ ބަޔާން ހުށަހަޅަން މިއަދު އަޑުއެހުމެއް ތާވަލް ކުރިޔަސް، ޔާމީނާއި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ޔާމީން ޖަލުގައި ބައްދަލު ކުރުމަށާއި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވަކީލުންގެ އެހީތެރިކަން ލިބުމަކީ އަސާސީ ހައްގެއް ކަން ފާހަގަ ކުރައްވައި، ޔާމީން ވިދާޅުވީ ޖަލުގައި އެކަށީގެންވާ ވަރަކަށް ވަކީލުންނާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އެކަމަށް ހުރަސް ނޭޅޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ބަންދުގައި ތިބޭ މީހުންނަށް ޖަލުގައި ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ޔާމީން އެދިވަޑައިގަންނަވާ ގޮތަށް އެ ފުރުސަތު ފަހިކޮށްދޭން ދައުލަތަށް އަންގާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވުމުން އިފްތިތާހީ ބަޔާން ހުށަހެޅުމުގެ ބައި މިއަދު ކުރިއަށް ނުގެންދަން ކޯޓުން ނިންމި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާތީ ގާޒީ ނަދީމް ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ އަޑުއެހުންތައް ލައިވް ނުކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށެވެ. އެއީ ލައިވްކޮށްފި ނަމަ ހެކިބަސް ހެދުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ނަމަވެސް ޔާމީން ވަނީ ގާޒީ އެ ނިންމުން ބަދަލު ކުރައްވައި، ހެކިބަސް ނެގުމުގެ މަރުހަލާ ލައިވްކުރަން އެދިވަޑައިގެންފަ އެވެ. އަދި އެ މަނިކުފާނަކީ އެތައް ހާސް ދިވެހިންގެ ފަރާތުން އަޑުއުފުލާ ބޭފުޅަކަށް ވާއިރު، ހެކިބަސް ނެގުމުގެ އަޑުއެހުން ލައިވްކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އެ ނިންމުން ފަހުން މުރާޖައާ ކުރެވިދާނެ ކަމަށެވެ.
ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރާއިރު، ވ. އާރަށު މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
28 April 2023
އެތައް ހާސް ދިވެހިންގެ ފަރާތުން އަޑުއުފުލާ ބޭފުޅަކަށް ވެގެން ހުރެވުނީ ފަސްއަހަރޭ، ދެން އެޔަށް ވުރެ މާގިނަ ދިވެހި ރައްޔިތުން ތިބޭފުޅާ އަށް އަޑުއުފުލިކަމުގެ ހެއްކަކީ 2018 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ، ދެން އެހެން ނޫނަސް ޖަލުގަ އޮވެގެން ކިތައްހާސް ރައްޔިތުންގެ ފަރާތުންތޯ އަޑު އުފުލޭނީ!
އަންދަލޫސިޔާ
27 April 2023
ލައިވްކުރަންވީ އޭރުން ކުރިހާ ވައްކަން ފަޅާއަރާނެ. ޔާމީނު އަބަދުވެސް ބުނަމުން އައީ ސާބިތެއް ނުވާނޭ. ވައްކަން ކުރިއަަސް ކޮބާހޭ މައްސަލައަކީ! މައްސަލައަކީ އެންމެ ބޮޑެތި ޙަރާމް ކަންތައްތެރޭ ވެރިން ކުރާ ވައްކަން ހިމެނޭކަން. އެކަމާހުރެ ވީ ދަރަނިތައް ނިކަމެތި ދިވެހި ރައްޔިތުން ދައްކަންޖެހޭކަން!
ބެލެންސް
28 April 2023
ހަމަ ތިގޮތަށް އބ ގެ މައްސަލަ ބަލަން ނު ގޮވަނީ ކީއްވެ؟ ވެންޓިލޭޓަރު ވައްކަން ކޮބާ؟؟
އަންތަރީސްވޭ
27 April 2023
އެތައްހާސް ރައްޔިތުންގެ ސޯޓޭ! ވަކި މީހެއްގެ އެކައުންޓަށް ވަން މިލިޔަން ޑޮލަރަކާއި ރައްޔިތުންނަކާއި ކީއްތަ!
މޫވްމަންޓް
27 April 2023
ޗާގޯސްއަށް ކަނޑު ވިއްކާލި މައްސަލަ ބެލެންޖެހޭނެ
ސުނާރު
27 April 2023
ސާބަސް ފުއްގިރާނެވަރަކަށް ގިރަން ފުރުސަތުދެއްވާފަ ބަހައްޓާ!
ނީލަމް
27 April 2023
މަރުހަބާ ރައްޔިތުންނޭ ކިޔާމީ ހެޔޮހިތުން ރައީސް އިބޫ އަށް ކިޔާ މީ ރައްޔިތުން ނިކުމެ ޔާމީން ބަލިކޮށްފިއޭ އަދި ޖަޒީރާ ރައީސެއް ހޮވައިދީފިޔޭ މިކަމުގައި ބެރުޖަހާ ލަވަ ކިޔަން ވާނެޔޭ ނެށުމުގައި ހީ ހަދާ އަތް ޖަހަން ވާނެޔޭ #މަތީ ތަޢުލީމު ގެ އިންޤިލާބީ ރައީސް #އިބޫ 2023 #އެއްބުރުން
ބުރާސްފަތި
28 April 2023
ލައިކް ތަކަށް ބަލައިލުމުން ވެސް ފެންނަނީ ވަރަށް 2023 އެއްބުރުން ކާމިޔާބު ކުރާ މަންޒަރު
އީވާން ޖަމީލް
27 April 2023
އިބޫ 2023 #ނަލަ ޖަޒީރާ ދިވެހިރާއްޖެ #އޯގާތެރި ސަރުކާރު
ދޮން
27 April 2023
ޔާމިން އެބައެދޭ ލައިވްކުރަން ، ދިވެހިރައްޔިތުން ބޭނުންވޭ ތިޗަރުކޭސް ބަލަން ދެން ގަޓެއް ހުރިއްޔާ ލައިވްކޮށްލާ ހަދާލަން ވީނު. ވެރިކަމުގައި ތިބީ ޑިމޮކްރަސީގެ ބައްޕަ ދެން ކޮން ކަމެއްތޯ ސިއްރުކުރަނީ . ވަރަށް ގިނަ ކަންތައް ވަނީ ސިއްރުކުރެވިފައި 1. ތިލަފަޅު އިންޑިޔާ އެއްބަސްވުން 2. ތިލަމާލެ ބުރިޖް ކުރެހުން 3. ބަދަލު ދިން މީހުންގެ ލިސްޓް 4.އަމީނީ މަގު އެއްބަސްވުން. 5 ހަނިމާދޫ އެއަރ ޕޯޓް އެއްބަސްވުން .. 2023 ފަޅާ އަރާނެ.
ޞަގަޓް
28 April 2023
ފަޅައެއް ނާރާނެ. ދެންވެރިކަން ބަދަލުވެއްޖެއްޔާ އެމީހުންވެސް ބަގުޑިބައްދައިގެން ސަލާމަތީ ނުރައްކަލުގެ ނިވާފަތުގައި ތިކަމެއްނުކުރާނެ. ހެލިކޮޕްޓަރަށްވީހެންވާނީ. އެގެނައިފަހުން ތިންވެރިކަން ކުރެވިއްޖެ. ވީކަމެއްހަރާމް. ޢެބަޔަކު ވެރިކަން ގެއްލުނީމާ އެދެންކަންތަކާ ޖެހުނީ. ހެލިކޮޕްޓަރު ބޭރުނުކުރެވިގެން ނޭވާވެސް ނުލޭވޭނެ.