ޔާމީން: ފުއްގިރި މައްސަލާގައި އެމަނިކުފާނު ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެމަނިކުފާނު ހިންގެވީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި --- ފޮޓޯ/މިހާރު
03 މެއި 2023 - 13:01
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެ މަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު ގަބޫލުފުޅު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް އިތުރު ކްރިކް ރިޒާގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިފްތިތާހީ ބަޔާން ހުށަހަޅަމުން ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީނަށް ލިބިވަޑައިގަތް 1.1 މިލިއަން ޑޮލަރަކީ ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ޑޮލަރު ގަތުމަށް ހިންގެވި މުއާމަލާތެއް ކަމަށެވެ. ޑޮލަރަށްވާ ދިވެހި ރުފިޔާ ސިޔާމާ ހަވާލު ކުރެއްވިކަން ހެކިތަކުން ސާފުވާނެ ކަމަށާއި އެއީ ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލެއް ނޫންކަން ޔާމީންގެ ވަކީލުންގެ ވިދާޅުވި އެވެ.
އެ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށަހެޅުމެއް ހުށަހަޅަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ހުށަހެޅުންތައް މާދަމާ ހެނދުނު 10 ގެ ކުރިން ހުށަހަޅަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވި އެވެ.
އެކަމަށް އެއް ދުވަހުގެ ފުރުސަތެއް އިތުރަށް ދޭން ޔާމީންގެ ވަކީލުން އެދިވަޑައިގަތަސް، ގާޒީ ނިންމެވީ އިތުރު މުއްދަތެއް ނުދެވޭނެ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން މިއަދު ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖެއްސިޔަސް، މިހާރު ވަނީ ހެކިބަސް ނެގުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފަ އެވެ. އެ ދުވަހު ހާޒިރުކުރާ ހެކިންގެ ތެރޭގައި މެމްބަރު ސިޔާމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޔާމީން މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް އޮތީ ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓާކޫރޭ
04 May 2023
ރައީސަކަށް ހުރެ 1.1 މިލިއަން ޑޮލަރު ގަންނަން ޖެހުނު ސަބަބަކީ ކޮބާ؟ އަދި އެއަށްވާ އެތައް މިލިއަން ދިވެހި ރުފިޔާ ހޯއްދެވީ ކިހިނެތް؟ “ސިޔާސީ ފައިސާ” ނަމަ ކީއްވެ ޑޮަލަރަށް ބަދަލުކުރަނީ؟؟ ސިޔާސީ ފައިސާ ކީއްވެ ޕާޓީ އެކައުންޓަށް ނުލަނީ؟؟
ދޮގުވ
04 May 2023
ދޮގުހަދާމީހާ އެކަންފޮރުވަން އެތައްދޮގުތަކެއް ހަދަމުން ދާނެކަމުގެ މިސާލު މިފެނންނީ ޕާޓީ ހިންގަންދިން ލާރި ކަމުގާވެސް ބުނި ހެޔޮ އެދޭފަރާތުން ދޭ އެއްޗެއްކަން ބުނި
ބަލަންޖެހޭ
04 May 2023
ކީއްވެ ޔާމީނަށް ޑޮލަރު ގަނެވެންވީ ޔާމީނަކީ ޑޮލަރު ގަނެ ވިއްކަން ހުއްދަ އޮތް މީހެއް ނޫން
ހަސޯ
04 May 2023
ރައިސް ޔާމީނު ވިއްކަފާނަންތޯ 10 ޑޮލަރ.
ބިރުވެރިވަގު
04 May 2023
ވެރިކަމުގައި ހުރެ ކަލޭ ކުރިހާވެސް ކަމަކީ ޑޮލަރު ގަތުން ދޯ. ދެން ޖަލުގައި އޮވެ އެ ގުނަން ވީނުން، އެކަން އެއީ ރަގަޅަށް ނުވެ އޮތަކަމެއްކަން އަހަރަމެންނަސް އެގެޔޭ.
ވަގުކަލޭގެ1
04 May 2023
މިއީ އަޅެ ފެޑްރަލް ރިޒާވަށް މާކެޓް އޮޕަރޭޝަންތައް ހިންގައިދޭ އެޖެންޓުތަ.
އަތުންގުނީ1
04 May 2023
މިފަހަރުވެސް އެއްކަލަ ގުނާ ގޮތަށް ޑޮލަރު ގުނާ ކަލެގެ ގެންނައްޗޭ ހެކިބަަސްދޭން. ވަރަށް މަޖާ އެސޮރު.
އަލީހަމީދު
04 May 2023
އެސޮރު ދެން ނާންނާނެ އެސޮރު މިހާރު ހުރީ މުއިއްޒާއެކު.
ޢަރުތަ
04 May 2023
މިބޭފޫޅާ ވެރިކަމުގަ ހުރެގެން ހާދަވަރަކަށޭ ޑޮލަރު މިގަތީ އުތަ، އަނެއްކާ ވިޔާފާރިއެއްވެސް ކުރައްވާ ބޭފުޅެއްނޫން، ކުދިން ކުއްޔަށް އުޅޭ ތަނަށް ކުލިވެސް ދެއްކެން ނެތްކަމަށް ބުނުއްވި ބޭފުޅާ، 1.1 މިލިއަން ޑޮލަރު ގަންނަން ހާދަ ފައިސާއެއް ދޭނެޔޭ އުތަ، ގައުމެގެ ވެރިކަމުގައި ހުރެގެން މިހާ ގިނައަދަދަކަށް ޑޮލަރުގެ ވިޔަފާރި ކުރެއްވީ ކީއްވެކަން ރައްޔިތުންނަށް ސާފުވާން އެބަޖެހޭ.
ދޮންބޭ
04 May 2023
ބޭރަށް ދާން އަހަރެމެން އެތައް މަހަކުން ލާރިކޮޅެއް އެއްކޮށްލައިގެން ޑޮލަރު ގަންނަން، އެކަމަކު މިލިޔަނުން، ބިލިޔަނުން ޑޮލަރު ގަންނަން އެވަރަށް ފައިސާ ހޯދީ ކޮންތާކުން؟
ދުމަށި
03 May 2023
ނޫނޭވާ އަހަރެމެންގެ ބޮލަކީ ކިރުފެލީހުނިތޯ. އެކަށީގެންވާ އަދަދެއްގެ ފައިސާ ޔާމީނު އަތުގަ ހުރުމުން އަކުރެއް ފިއްޔެއް އޮޅިފަ އޮތުމުން ޔާމީނަކީ އިނޮސެންޓު މީހެއްކަމަށް ކަނޑައަޅާފާނެ. އެކަމަކު ދިމާއަށް ފެންނަން ހުއްޓާ ދިވެހިން އެހެން ގޮތަކަށް އެދޭނެތޯ. ރައީސް ކަމުގަ ހުރެގެން ޑޮލަރު ވިޔަފާރިތޯ ހިންގެވީ!؟
އަހުމިއްޓޭ
04 May 2023
ލައްބަ. ތިބޭޅާވެސް ތާއީދުކުރައްވާ ސިޔާސީ ލީޑަރެއް މިކަހަލަވާހަކަދެއްކީމަ ގަބޫލުކުރާނެ.
ޙފސހހ
03 May 2023
ޑޮލަރުއައްޕަ ޑޮލަރުތައް ގަނެގެން ކީއްބާކުރަނީ
އަންޑޭ
04 May 2023
ރައްޔިތުން ތިބީ ކިއުހަދައިގެން ޑޮލަރު ނުލިބިގެން!