ރަސްދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރެއަށް ނެރެފައި ހުއްޓާ ރޭ ފިލި ޝަހުބާން: އޭނާ މިރޭ ވަނީ ފެނިފައި.
06 މެއި 2023 - 19:54
އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ރޭ ފިލި މީހާ މިހާރު ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
އއ. ހިމަންދޫ ދަބުގޭ ހުސައިން ޝަހުބާން ފެނުނީ މިރޭ 6:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
"އޭނާގެ ހާލު ރަނގަޅު އަދި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،" ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ހުސައިން ޝަހްބާންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ޝެއާ ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންވަން."
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައިވާތީ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުރި ޝަހުބާން ފިލީ އެ ސްޓޭޝަންގެ ގޯތިތެރެ އަށް ނެރެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
ފެޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބަންދުގައި ބައިތިއްބަން ޖެހެނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހިންގާ ރިމާންޑް ޖަލުތަކުގަ އެވެ. އެކަމަކު އަތޮޅު ތެރޭގައި ކަރެކްޝަންސްގެ ޖަލުތައް ނުހުންނާތީ ގިނަ މީހުން ބައިތިއްބަނީ ޕޮލިސް ސްޓޭޝަންތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
07 May 2023
ހީ ވެންޓް ފޮ އަ ސްވިމް
އުދުހޭ
07 May 2023
އެސޮރު މޫދަށް ފޭބީ ދޯންޏެއްގެ ފެހިކަހާކަށް ނޫންބާ؟
ކީއްވެ ގޯތިތެރެއަށް ނެރުނީ
07 May 2023
އޭނާ ލައްވާ ގޯތި ތެރޭ ކުނިކަހަން ނެރުނީބާ. ނޫނީ ފިލަން ފުރުޞަތެއް ދޭން ކުރި ކަމެއްބާ
ގުރާ
07 May 2023
ގޯތިތެރޭގައި ހުރި ގަސްތައްކަނޑާ ސާފުކުރަން ނެރުނީ
ބީތާގެ
06 May 2023
އެމޭޒަން ޖަންގަލި ކަހަލަ ތަނެއް ނެތީމަ ކަނޑުގަ އުޅެން ރަނގަޅުދޯ!!
ޢަރުތަ
06 May 2023
ގައުމީ ބަތަލެއްދޯ.
ރަސްދޫއާދަނު
06 May 2023
ރަސްދޫ ހުރިހާ ފުލުހުން ތިބީ މަހިބަދޫގަ އޮންނަ ފުޓްސަލް މުބާރާތެއްގަ ރަސްދޫ ޕޮލިހުންގެ ނަމުގަ ޓީމެއް ހަދައިގެން ކުޅެންގޮސް.....ދެން ބުނާނީނގައުމަށްޓަކައި އުޅެ ބައެކޭ...އެވެރިންގެ ސައުގުވެރިކަން ހުރީ ކައިގެން ކުޅުމަށް