ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަން ކުރެއްވި ގާޒީ އާދަމް މުހައްމަދަށް މަގާމުގެ ފަތްކޮޅު ހަވާލުކުރަނީ: އެ ކޯޓުގެ އިސްގާޒީގެ މަގާމު މިއަދާ ހަމައަށް އޮތީ ހުސްކޮށް --- ފޮޓޯ/ޖޭއެސްސީ
09 މެއި 2023 - 13:59
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދު އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ނިމާލް ޖުނައިދު މިއަދު އައްޔަން ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުން އެ ދެ މަގާމު އޮތީ ހުސްކޮށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ އާދަމް މުހައްމަދު އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ ނިމާލް މިއަދު އައްޔަން ކުރެއްވީ އެ ދެ މަގާމަށް ކުރިމަތިލި ބޭފުޅުންނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާދޭ ކޮމެޓީން އިންޓަވިއު ކުރުމަށް ފަހު ދީފައިވާ ލަފައާ އެއްގޮތަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަންކުރި ގާޒީ ނިމާލަށް ފަތްކޮޅު ހަވާލުކުރަނީ --- ފޮޓޯ/ޖޭއެސްސީ
އެ ދެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ އަދަދެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. އެންމެ ފަހުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ އެންމެ ބޭފުޅެކެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ދާދި ފަހުން ހުޅުވާލުމުން އެއްވެސް ބޭފުޅަކު އެ މަގާމަށް ކުރިމަތި ނުލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
09 May 2023
މި ޖޭ ގެ ކަންކަމާހުރެ ކޯޓްތަކުގެ ފަނޑިޔާރުން ބޮޑުތަނުން ފޫހިވެފަ ވާކަން އެ ހާމަވީ! ޢެމީހުންނާ މެދު އޮތް ހިތްހަމަނުޖެހުން، ކޯތްތަކުގެ އެއްވެސް އެއްބައިވުމެއް ނެތް، ލާހޫރެނީ.
ޖޭއެސްސީ ޖުހާ
09 May 2023
ތިޔައިން ކޮންމެ މަޤާމަކަށް ކުރިމަތިލީ އެންމެ މީހެއް. ކުރިމަތި ލި ކުރިމަތިލާން ބުނެގެން. އެވާހަކަ ކޯޓްތެރޭގެ އަމިއްލައަށް ދެއްކީމަ ދެން ކީއްކުރަންތޯ އިތުރު މީހުންލަނީ. މި ޖޭއެސްސީ އައިފަހުން ނޯންނާނެ އެނޫންގޮތަކަށް އިސްޤާޟީއަކު އައްޔަންކޮށްފައެއް. ކުރިމިނަލް ކޯޓަށް ޝަކީލު އިސްޤާޟީކަމަށް އައްޔަންކުރި ފަހަރު ޝަކީލު އެކަނި، ޑްރަގް ކޯޓަށް ސައްތާރު އެކަނި، ފެމިލީކޯޓަށް މާހިރު އެކަނި، ކުޑަކުދިން ކޯޓަށް ސައީދުއެކަނި ކުރިމަތިލީވެސް. ޖުޑިޝަރީއސްލާހުވެއްޖެ.
ޡަމްޒަމް
09 May 2023
ﷲ ގެ ކުޅަދުންވަންތަކަން .ގާބިލް މީހަކު ކުރިމިނަލް ކޯޓުގަ ހުރެމެ ކުރިމަތިނުލާތިބުމީ ގައުމުގެ ކަންކަން ގޯސްކަމުގެ ސިގުނަލް އެއް
ސިއްރެއްތަ
10 May 2023
ކާކު އެއީ؟
ޖުޑީޝަރީދޯ
09 May 2023
ތަޖުރިބާކާރު ޤާބިލް ބޭފުޅުން އިސްޤާޟީ ކަމަށް ކޯޓުތަކުން ކުރިމަތި ނުލުން އެއީ ވަރަށް ސާފުކޮށް މިހާރު އޮތް ޖޭ.އެސް.ސީ ފެއިލް ވެފަައިވާކަން ހާމަވާ ބޮޑު ޙަޤީޤަތެއް
ހުސައިން އައްޑޫ
09 May 2023
ހަހަހަހަ. ބައްޔެއް ހުވާ. އެންމެ ބޮޑު ޖޯކު އެއީ ސިވިލް ކޯޓު
ފެއިލްޑް
09 May 2023
ކުރިމަތިލާނެ އިތުރު ބައެއް ނެތްކަން ފާހަގަކޮށްލިނަމަ ރަނގަޅުވީސް. ސިވިލް ކޯޓުގަ ތިބި ދުވަސްވީ ޤާޟީންނަށް މި ޗެލެންޖާ ކުރިމަތިލާން ނުކެރި ތިބެ އެންމެ ފަހުން އައި ޤާޟީ އެކަމާ ހަވާލުވާން ޖެހުމަކީ އެމީހުންގެ ފެއިލިއާ
ކިނާނާތު
09 May 2023
ތިޔަބުނާ ގާބިލުމީހާގެ ގާބިލުކަމަކީ ކޮބާބާ؟ ތަން ބޮއްސުންލައިފި