އިންޑިއަން އޯޝަން ކޮންފަރެންސްގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ހާރިޖީ ސިޔާސަތުގައި ރާއްޖެއިން އެންމެ އިސްކަން ދެނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށް --- ފޮޓޯ/ރައީސް އޮފީސް
13 މެއި 2023 - 11:44
ހާރިޖީ ސިޔާސަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ، އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ އިޖުތިމާއީ އަދި އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުމަށް މި ސަރުކާރުން އިސްކަންދޭ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑަކީ މިހާރު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތައް ހިމެނޭ ސަރަހައްދު ކަމަށެވެ. އެހެންވެ އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަކީ އެންމެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގައި، ނައިބުރައީސް ފައިސަލް ނަސީމް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ --- ފޮޓޯ: ރައީސް އޮފީސް
"އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމްކުރުމަށް، ތިމާވެށި ރައްކާތެރި ކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަކީ ހުރިހާ ގައުމެއްގެ ޒިންމާއެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓެރަރިޒަމާއި ހިޔުމަން ޓްރެފިކިން އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައި ވަނީ އިންޑިއާ ކަނޑުގެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އިންޑިއަން އޯޝަން ކޮންފަރެންސްގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް
"އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އަދި ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަން ކުރުމަށް ރާއްޖެއިން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
"އަދި ސަރަހައްދުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ތަރައްގީގެ ފުރުސަތުތައް ބެހިގެން ދިއުމަށް ރާއްޖެއިން ސާބިތުކަމާ އެކު އޮންނާނެ."
އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި މައްސަލަތައް ހައްލުކޮށް އިހްތިރާމާއި އިތުބާރުގެ މައްޗަށް ގައުމުތަކުގެ ގުޅުންތައް ބިނާކޮށް ހަރުދަނާ ކުރުމަށް ނައިބު ރައީސް ރޭ ވަނީ ގޮވާލައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން
14 May 2023
ދެން ކަނޑުގައޮތް ޤަޢުމެއްވީމަތަ އިންޑިޔާގެ މިލިޓަރީ ޤާއިމުތިކުރަނީ. ނަޓްކަން ހައްދުފަހަނަ
ބުނީމާ
14 May 2023
ގައުމު ބާއްވާފަ ކަނޑަށް އިސްކަން ދިނުން ރަނގަޅެއް ނޫން. އިސްކަން ދޭންވާނީ ގައުމަށް. ދެން އެެހެން ދިމަދިމާއަށް.
ސޯޕު
14 May 2023
ރައީސަށް އިސްކަން ދެވުނީ މޮރިޝަސްގެ ކަނޑަށް. އެއީވެސް އެހެން ބައެއްގެ ސްޕޮންސާ އަކަށް ހެންހީވަނީ
ޑޮލްފިން
14 May 2023
ރާއްޖެ ކަނޑުގެ 30 މޭލު ހިސާބުވެސް ނުބެލެހެއްޓޭ ބަޔަކަށް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކޮބާކަން އޮޅުން ނުފިލާ ބަޔަކަށް އިންޑިއާ ކަނޑުގެ ހަމަޖެހުމާ އެހެނިހެން ގައުމުތަކުގެ ކަނޑުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރެވޭނެ މާބޮޑު ކަމެއް އޮތްހެނެއް ހީއެއްނުވޭ.
ްަައަލި
13 May 2023
ރައީސް ކަޑުގަ އުޅެންވީ
ރަނިލް
13 May 2023
ރައީސް އިސްކަން ދެއްވަން ޖެހެނީ ދިވެހި ކަނޑުގެ ހަމަޖެހުމައް. ދިވެހި ކަނޑަށް އިސްކަން ނުދީ އިންޑިޔާ ކަނޑަށް އިސްކަން ދީގެން ވެރިކަން ކުރާނަމަ ރައީސް ވެރިކަން އެކުރަނީ ހުވަޔާ އެއްގޮތަށްތޯ ބަލަން އެބަޖެހޭ.. ދެން ނައިބު ރައީސް ވެސް އެހެން އަމަލުކޮށް އެގޮތަށް ވިސްނާ އެކިތަންތާ އެހެން ވާހަކަ ދައްކާނަމަ އެކަން ތަހުގީގު ކުރެވެންޖެހޭ..
މުޑަހަންޖާ
13 May 2023
ކުރިޔަށް އޮތް 5 އަހަރު ގެ ރައީސްގެ ނާއިބަކަން ގެއްލޭނެ. އެހެންވީމާ މަސައްކަތް ކުރަންވީ ދެން އައްނަ 5 އަހަރު ރާއްޖޭގެ ރައީސްކަމަށް. ނާއިބްރައީސުންގެ ވަޒީފާއަކީ އަބަދުވެސް ރައީސްކަމަށް ފައްކާކުރާ މަގާމް. އެމަގާމް ގެއްލިއްޖެޔާ ތީ ފައިލްވާނެ މީހެއް.
ޢަލީ ކުރުސީ
13 May 2023
ރަގަޅު! އެކަމަށް ހޮވާފަ ހުރި ރައީސްއެއްވިއްޔަ!
ޝޮކްތެރަޕީ
13 May 2023
ޙަދިޔާ ދޮލަގު ލިބޭތީ މިމީހުންނަ އިންޑިޔާ ކަމުދަނީ.
ކޮރަލް
13 May 2023
ނައިބް ރައީސް ވެސް ހަގީގަތް ދޫކޮށް ރައީސް އަށް ސަނާ ކިޔަން ފަށައިފި އެވެ. މިމާ މީހަކަށް ހެދި ގާސިމް ގެ ޕާޓީ އާ ވެސް ދުރައް ދިޔައީ އެވެ. ދެން އެވަރުވީމަ ދައްކާ ވާހަކަ ވެސް މީހުން ގަބޫލު ނުކުރާނެ އެވެ.