ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި މާރާމާރީ ހިނގި ކަމަށް ތުހުމަތުކުރެވޭ މީހާ.
25 މެއި 2023 - 09:46
މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި މާރާމާރީ ހިންގައި އަދި މުދަލަށް ގެއްލުންދިން މައްސަލާގައި ހައްޔަރުކުރި މީހާ އަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ވެސް ކުރާ ކަން އެނގިއްޖެ އެވެ.
އެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ، ދެތަނޑިމާގެ، އިބްރާހިމް ސަމީން، 34، ގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަސް ދީފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، ސަމީންގެ މައްޗަށް ތުހުމަތު ކުރަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ބިރުދައްކައި، މުދަލަށް ގެއްލުން ދިނުމާއި އަދި ޖިންސީ ގޯނާ ކުރުމެވެ.
ސަމީން ހައްޔަރު ކުރީ ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން، އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވުމުން މިދިޔަ އަންގާރަ ދުވަހު އެވެ.
މި މަހުގެ ދެ ވަނަ ދުވަހު ގުރޫޕަކާއެކު، ސަމީން އެ އެޕާޓްމަންޓަކަށް ވަދެ އެ ތަނުގައި ދިރިއުޅޭ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރުން ހަމަލާދީ، މާރާމާރީ ހިންގުމަށް ފަހު، އެޕާޓްމަންޓުގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑިމޮޕްރެކްސް ޕާރޓީ
27 May 2023
ބްރޯ މެންނަށް ހީވަނީ ބްރޯ މެން ތިބެނީ ދަގަނޑާއި ޕްލާސްޓިކުން ހައްދަވާފައޭ ، ބްރޯމެންގެ މައްޗަށް ގާނޫނެއް ގަވައިދެއް ނުހިނގާނެއޭ..
މަކަރޭ
25 May 2023
ދޫކޮއްލާ ސޯލިހައް ވޯޓެއް ލިބޭނީ އޭރައް ލޮލް
މަތިމަސް ކުމާރު
25 May 2023
ދޫކޮލާ ގެން ނުވާނެ، މީހުން ގެ ގޯތި ގެދޮރު ވަނީ ހިމާޔެކޮފަﷲ
ރަދީފްއޮފިޝަލް
25 May 2023
ލަދު ކޮބާ ބްރޯ؟؟ މީހުންނަށް ބިރު ދެއްކޭނެ ފެންވަރުގެ މީހުން ތިހެން ނޫޅޭނެ.ޖަލުގަ ބާއްވަބަލަ ސުވާލެއް ވެސް ނުކޮށް 2 އަހަރުވަންދެން.