ފުލުހުންގެ އޮފިސަރެއް: ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ފުލުހަކު ވަނީ ހައްޔަރުކޮށްފައި
15 ޑިސެމްބަރ 2025 - 21:31
މާރާމާރީ ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ފުލުހަކު ހައްޔަރުކޮށްފި އެވެ.
މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މި ފަހަރު ހައްޔަރުކުރީ ފުލުސް އޮފިސަރެއް ކަމަށްވާ މ. ކޮޅުފުށި، ލިލީނައިޓް، މުހައްމަދު މައުސޫމް އެވެ.
މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ މައުސޫމްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ދެ ދުވަސް ދީފަ އެވެ.
މައުސޫމަށް ކުރާ ތުހުމަތުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އޭނާއާ މެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމެއް ވެސް ނުބުނެ އެވެ.
މާލޭގައި ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި މިދިޔަ ހަފުތާ ވެސް ފުލުހަކު ހައްޔަރުކުރި އެވެ.
އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ހިތަދޫ، އަސަރީވިލާ، އަލީ މަނިކު، 43، އެވެ.
އަލީ މަނިކު ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރުމާ އެކު މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާ އިން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަންޗޫ
16 December 2025
ތިކަލަ .. ފުލުހުންގެ ގަދަރާއި އިއްޒަތައްޓަކައި ވަގުތުން ކަނޑާލަން ޖެހޭ! ފުލުހުންގެ ކިބައިގަ ހުންނަށް ޖެހޭ އެއްވެސް އަޚްލާޤެއް ހުރި މީހަކޫ ތިވައްތަރަކަށް ނޫޅޭނެ!
ރީސެޓްދޯ
16 December 2025
ފުލުހުންގެ މުއައްސަސާ ރީސެޓް ކުރީމަ ހައްތާ ގޯސްދޯ މިވަނީ. ބޯހަލާކު
ރީދޫ މަގު
16 December 2025
އެހެންވީމާ ފުލުހުން އެ ތެރޭގައި އަލިމަގު އޮޕަރޭޝަން ހިންގައި ކަޅުމަގުގައި ތިބީން މުރާޖާ ކުރަން ޖެހޭ ދޯ؟
އަކަ
16 December 2025
ފުލުހުންނަށް ހުރަސްއެޅި ފުލުހަކު ފުލުހުން ހައްޔަރުކޮށްފި
ހާއިބްރީ
16 December 2025
ނެޝަނަލް ސާވިސް ކުދިންކޮޅު ވަނީމާ އަދި މިއަށްވުރެ ފޯރި ގަދަވާނެ ކަމަށް މިބަލަނީ.
އަލީ ފ.
16 December 2025
ސަރުކާރު ބަޖެޓުން ހަރަދު ކޮށްގެން މުސާރަދޭ އެއްމެން ކުންފުނި ތައްވެސް ހިމަނައިގެން، ރެންޑަމްކޮށް ޑަރަގް ޓެސްޓް ހަދަންފަށަން ވެއްޖެ ކަމަށް ފެނޭ.
ޕީއެސްސީ
16 December 2025
ކުރިން ފުލުހުންގެ ތެރޭގައި އެކަން ކުރަމުން އައި. އެމް.ސީ ހަމީދު ސީ.ޕީ ކަމަށް އަރައި ގެނައި ބަދަލެއްގައި، ޤަވާޢިދު ބަދަލުކޮށް އެކަން ކުރުން ހުއްޓާލީ. ފުލުހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މުވައްޒަފުން މަދެއް ނޫން.
ރާއްޖެ
15 December 2025
ފުލުހުން ސިފައިންގެއަށް ވައްދަން ޖެހޭނީ އަޚްލާގު ރަގަޅު މީހުން. އެކަމަކު އެކަހަލަ މީހުން މިހާރު ނެތީ.
މުލޭ
15 December 2025
ގޭންގުތަކުގެ މީހުން ފުލުހުންގެ ތެރެއަށް ވައްދައި އެތަން ހަލާކު ކޮށްފި.
ޔެސް ސޯ
15 December 2025
މިހަފުތާގެ ޕޮލިސް ޖަރީމާ ސީރީޒް ލޮލް
ކީކޭ ބުނާނީ
15 December 2025
ބޯހަލާކު.