ޚަބަރު / އެމްއޭސީއެލް

އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ހިދުމަތް ހޯދަނީ: އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް ވަނީ ހަދައިފައި.-- ފޮޓޯ: މިހާރު

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.

ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ވަނީ ޑިޖިޓަލް އައިޑީ ކާޑު ޓެސްޓުކުރުމުގެ ގޮތުން 500 އަށް ވުރެ ގިނަ މީހުންނަށް އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދީފަ އެވެ. ނަމަވެސް، އެ ހިދުމަތް އަދި އާންމުކޮށް ދުލެއް ނުކުރެ އެވެ.

ވެލާނާ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ނޫސްބަޔާނެއްގައި ބުނީ އެތެރޭގެ އުދުހުންތަކުގައި ފުރަން ދާ ދަތުރުވެރިން ޗެކިން ވުމަށް ޑިޖިޓަލް އައިޑީ ކާޑު މިހާރު ބޭނުން ކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ޑިފެންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައިވާ ގޮތަށް، އެތެރޭގެ އުދުހުންތަކުގައި ވެސް ފުރަން ދާ ފަސިންޖަރުން ޗެކިން ވުމަށް، ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުން ވެސް ބަލައިގަންނާނެ ކަމަށެވެ.

އެއާލައިން ޓިކެޓް ގަތުމަށާއި ޗެކިން ވުމަށާ އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށް ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން، މުއްދަތު ހަމަނުވާ އިތުރު ރަސްމީ ލިޔެކިޔުންތައް ވެސް ބަލައިގަންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ޕާސްޕޯޓް

• އައިޑީ ކާޑު

• ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު

• ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު

• އެއާޕޯޓް ސެކިއުރިޓީ ފާސް

• ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

ފްލައިމީގެ ބޯޓެއްގެ ތެރޭގައި ކްރޫއިން މަޑުކޮށްލައިގެން: އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް ވަނީ ހަދައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއޭސީއެލުން ބުނި ގޮތުގައި، ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. ސަރުކާރުން ގާއިމުކުރާ މިކަހަލަ ނިޒާމުތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

ސަރުކާރު ކުރިން ބުނެފައިވާ ގޮތުގައި، ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން ކޮންމެހެން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުން ނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން އޮތީ ޕްލޭންކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ފިޒިކަލް ލައިސަންސް ކާޑު ހެދުން ހުއްޓާލައި، ޑިޖިޓަލް ކާޑު ތައާރަފުކޮށްފަ އެވެ. އީފާސް އަދި ޕޮލިސް އެޕް މެދުވެރިކޮށް ޑިޖިޓަލް ލައިސަންސް ކާޑު ބަލައިލެވެ އެވެ.

12 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލްމމ

29 May 2023

އެމީހަކަށް ކުރެވުނު ކަމެއް ކުރަނީ. ޤައުމެއް ނެތި ހަލާކުވަނީ.

The name is already taken The name is available. Register?

ރޮބިސް ފައުޒީއްޔާ

29 May 2023

ތިޔަ އެންސީއައިޓީން ފެން އުފައްދާއި ވިއްކަން ނުފަށާތަ އަދި؟ އެންސީއައިޓީ ފެން..... ލަދުން ބޯހަލާކު

The name is already taken The name is available. Register?

ރިސައިކަލް

29 May 2023

އެންސީއައިޓީއަށް އަންނަ ކޮންމެ ވެރިޔަކުވެސް އެމީހެއްގެ އަމިއްލަ އެޖެންޑާއެވެ. ޤައުމީ ސިޔާސެތެއް ދުރު ވިސްނުމެއްނެތެވެ. އެންސީއައިޓީގެ ވެރިޔަކަށް ވާހިސާބުން މައިކްރޯސޮފްޓް ރީޖަނަލް އޮފީސް އަދި އެހެނިހެން ބޭރުގެ ވެންޑަރުންގެ ތައްޕާހުން ބޭރަށް ދަތުރުކުރުމާއި ފޮޓޯ ޓްވީޓް ކުރުމެވެ. މިމީހުންގެ ފަރާތުން ޤައުމަށް މުސްތަގުބަލުގެ ޖީލަށް ލިބޭ ފައިދާއެއްނެތެވެ. އެއްފަހަރު ޗައިނާ ފެކްޓްރީއެއްގެ ފޮޓޯ ޓްވީޓް ކުރާއިރު ހަމަ އެ އެކައުންޓުން ދަރިން މޮޅުވާހަކައެވެ.

The name is already taken The name is available. Register?

ކަސްއަނދުވާނި

29 May 2023

އެންސީއައިޓީގެ މެންޑޭޓް މިއިދާރާ އުފެއްދިފަހުން އެއްވެސް ވެރިޔަކު ނުކިޔާކަހަލައެވެ. ތިޔަތަނުން ބޮޑުމަހުގައި ޖަޕާނު މީހުންނާއި ގުޅިގެން ޓެގް ޖެހިޔަސް ތިޔަށްވުރެން ތިޔަ އިދާރާގެ މެންޑޭޓާއި ގުޅޭނެއެވެ. ސިޔާސީ މަޤާމު ލިބުނީމާއި އެކަކަށްވުރެ މޮޅުކަމެއް އަނެކަކުރަމުން ގޮސް އެއްމެފަހުން އަމަށުންވެސް އުޅޭ ހިސާބަށް ދިޔައީތޯއެވެ. އިކޮނޮމިކް މިނިސްޓްރީންވެސް ޑިޖިޓަލް އައިޑީ ހަދަންވެގެން މީހުން އެއްކޮށްގެންނެވެ. ގާނޫނު ނުދަންނަ އައިޑީއަކީ ފޭކް އައީޑީއެވެ.

The name is already taken The name is available. Register?

ކޮސްބޮލާ

29 May 2023

މިނޫނީ ޤައުމެއްގައި ސަރުކާރުގެ އެއްގުނަން އަނެއްގުނަނާއި ގުޅުމެއް ނެތް ޤައުމެއް އޮތްހެނެއް ހީއެއް ނުވެއެވެ. ބަލަގަ ރައްޔިތުންގެ އެއްވެސް ބާވަތެއްގެ އައިޑީއެއް ނެޝަނަލް ރަޖިސްޓްރޭޝަންއިން ނޫނީ ނެހެދޭނެކަމަށް ގާނޫނުގައި ދިވެހިބަހުން އެއޮތީއެވެ. ސަރުކާރުގެ ކުންފުނިތަކާއި އެއާލައިންތަކުން ޤާނޫނަކަށްވެސް ނުބަލަނީ؟؟ ނުވަތަ ނޭގެނީ؟؟ ތިޔަ ޑިޖިޓަލް އައިޑީއަކީ ސައްޚަ ލިޔުމަކަށްވާނަމަ ފޭސްބްކު ޓްވިޓާ ހޭންޑްލްވެސް ސައްޚަކަމަށް ބަލަމާ؟؟

The name is already taken The name is available. Register?

އައްސިދަ

29 May 2023

އެންސީއަޓީގެ ވެރިން ޓްވީޓްން ހެޑްލައިން ހަދަން އުޅޭއިރު ތިޔަކަމުގެ ޤާނޫނީ ބަރުދަނެއް ނެތްކަމާއި ތިޔަކަމުގެ ވަށައިގެން ހުރި ނުރައްކަލަށް ބަލާއިރު ތިޔަވާނީ ޑިޖިޓަލީ ރައްޔިތުންގެ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރުމަށެވެ. ކާކު ކޮން ހުއްދައެއް ދީގެންބާ މީހުންގެ ފެމެލީ ޓްރީއާއި، ޕޮލިސް ޕޯރޓަލް، އެންސްޕާ އަދި އާސަންދަ މަޢުލޫމާތު އެއްތަންކޮށްގެން މާސް ސާވެއަލަންސް ސިސްޓަމެއް ޑިޖިޓަލް އައިޑީގެ ނަމުގައި ހެދީ؟ ކޮބާތަ މިޤައުމުގައިތިބި ޤާނޫނީ ބޭފުޅުން؟

The name is already taken The name is available. Register?

ާރައީސްއޮފީސް ސްޓާފެއް

29 May 2023

އެތެރޭ އަދި ބޭރުގެ އުދުހުމުގައިވެސް ޑިޖިޓަލް އައިޑީ ބޭނުންކުރެވިދާނެެއެވެ. ނަމަވެސް އެންސީއައިޓީއަށް މިޚްދުމަތް ނުދެވޭނެކަމަށް ޤާނޫނުގައި މިބުނަނީ ކީއްވެ؟ މިހާރު ނޫހުން ނެޝެނަލް ރެޖިސްޓްރޭޝަންގެ ގާނޫނަށް ރިފާރކޮށް ރަނގަޅު މަޢުލޫމާތު އެކުލެވޭ އާރޓިކަލްއެއް ލިޔެފިނަމަ، މިކަހަލަ ކަންތަކަށް ހައްލެއް ލިބުންގާތެވެ. ނޫސްވެރިން ނޫސްވެރިންގެ ޒިއްމާ ރަނގަޅުގޮތުގައި އުފުލައިފިނަމަ މިހެންހުންނަ ގިނަ މައްސަލަތަކަށް އެދެވޭނެ ހައްލު ލިބުންގާތެވެ.

The name is already taken The name is available. Register?

ވާނުވާ ގުރޫޕް

29 May 2023

އެންސީއައިޓީއަކީ ރާއްޖޭގެ އައިޓީ އިންޑަސްޓްރީގައި ވައިނުހުފި ވާވެފައި އޮތް ޖަމާޢަތެކެވެ. އިތުބާރެއް ނުހޯދުނު ތާގައި ތިޔަތަނުން އަބަދުވެސް އުޅޭނީ ކޮންމެވެސް ނުބެހޭކަމަކާއި އަޅައިގަނެގެން ނުނެއްޓިގެންނެވެ. ތިޔަތަނުގައި ތިބި ގިނަ މީހުންވަނީ ތަންދޫކޮށް ގޮސްފައެވެ. އަދިވެސް އެއްމެ ކުރީގައި 2000 އަހަރުތަކުގައި ސަރުކާރު އޮފީސްތަކަށް ދިން 100 އެމްބީޕީއެސް ކަނެކްޝަންދޭން އުޅޭއިރު ސަރުކާރު އޮފީސްތަކުގައި ހުރި އައިޕީ ފޯނުތަކުގައިވެސް 1 ގީބީޕީއެސްއެވެ.

The name is already taken The name is available. Register?

ގާނޫނަށް އަމަލުކުރަން ޖެހެނީ ރައްޔިތުން؟

29 May 2023

ޑިޖިޓަލް އައިޑީ ކާޑޭ ކިޔައިގެން އެންސީއައިޓީގެ ވެރިން ސިޔާސީ މަންފާނަގާއި އަމިއްލައަށް އިޝްތިހާރުވުމަށް ވުރެން މިކަމުގެ ހައްސާސަކަން ބޮޑެވެ. އަޅެ މިއީ ޤާނޫނެއް ގަވާއިދެއްވެސް ބަލާ ބަޔެއް ނޫންތަ؟ މިއުޅެނީ މީހުން ނޭގިގެން ވަކި ނުވެގެން ނޫނެވެ. ރަސްމީ ސިފައެއްގައި ރައްޔިތުން އުފަންވީއްސުރެން އެމީހަކު ނިޔާވަންދެން އެރައްޔިތެއްގެ މަޢުލޫމާތު ރައްކާކޮށް ލިޔެކިޔުން ތަށް ބެލެހެއްޓުމަކީ އެންސީއައިޓީއާއި ކާކު ކޮންއިރަކު ހަވާލުކުރި ޒިންމާއެއްތޯއެވެ؟

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

29 May 2023

އެންސީއައިޓީއަކަށް އައިޑީކާޑާއި ގުޅޭ އެއްވެސް ބާވަތެއްގެ ޚިދުމަތެއް ނުދެވޭނެއެވެ. ގާނޫނުން އެކަން މަތިކޮށްފައިވަނީ ނެޝަނަލް ރެޖިސްޓްރޭޝަންއާއި އެވެ. މިހެން ހަދަމުން ގޮސް މިފްކޯއިންވެސް އައިޑީ ކާޑް ޚިދުމަތްދޭން ފަހަކަށް ނުދާނެއެވެެ. ގާނޫނުތަކުގެ ބޭނުން ކެނަޑެނީއެވެ. އެންސީއައީޓީން ގާނޫނަކަށް ނުބަލައި މިފަދަކަންތަށް ކުރުމުގެ ސަބަބުން ދިވެހިން އެތެއް ނުރައްކަލަކަށް ހުށެހެޅި އަދި އެފަދަ ކުށްކުރި ބަޔަކަށް ފިޔަވަޅުނޭޅޭތަން އައުމަކީ ކައިރިކަމެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454